ނާސްތާ ޕްރޮގްރާމް ހުއްޓާލަން އުޅޭކަމަށް ދެކެވޭ ވާހަކަ އެޑިއުކޭޝަނުން ދޮގުކޮށްފި

Loading

Facebook
Twitter
WhatsApp

 

އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންނަށް ކުރިއަށްގެންދާ ނާސްތާ ޕްރޮގްރާމް ހުއްޓާލުމަށް އުޅޭކަމަށް ބައެއް ނޫސްތަކުން ހަބަރުފަތުރާފައި ވަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން އެކަން ދޮގުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްގީގެ އޮފިޝަލަކު ވިދާޅުވީ ސްކޫލުތަކުގައި ކުރިއަށްގެންދަމުންދާ ނާސްތާ ޕްރޮގްރާމް ހުއްޓާލުމަށް އެމިނިސްޓްރީން ނިންމާފައިނުވާކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ. ވިދާޅުވީ މި ކަމާގުޅޭ އިތުރުތަފްސީލް އެޑިއުކޭޝަނުން ވަރަށް އަވަހަށް ހިއްސާކުރާނެކަމަށެވެ. ނަމަވެސް އެއީ ކޮން އިރެއްގަ ކަމެއް ވެސް އޭނާ ވިދާޅެއް ނުވެއެވެ.

މިކަމާގުޅިގެން ބައެއް އޮންލައިން ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފެށޭ ދިރާސީ އަހަރު ކުދިންނަށް ނާސްތާ ޕްރޮގްރާމް ނުހިންގަން ނިންމައި އެޑިއުކޭޝަނުންވަނީ އެކަން ސުކޫލު ތަކަށް ވެސް އަންގާފައެވެ.

ދުޅަހެޔޮ ސިއްޙަތެއްގެ މަތީގައި ދަރިވަރުންނަށް ތިބެވޭނެ ޕްރޮގްރާމެއްގެ ގޮތުން ހެނދުނު ދަންފަޅީގައި ކިޔަވާ ދަރިވަރުންނަށް ނާސްތާ ޕްރޮގްރާމް ފެށީ 2019 އަހަރުގެ ޖޫން 11 ގައެވެ.

ނާސްތާ ޕްރޮގްރާމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް