ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކޮށް ހަރުކަށިފިކުރުގެ ހަރަކާތްތައް ހުއްޓުވުމަށް ނަޝީދު ގޮވާލައްވައިފި

Loading

Facebook
Twitter
WhatsApp

 

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ދީނީ ހަރުކަށި ފިކުރުގެ މީހުންގެ ހަރަކާތްތައް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ރައީސް ނަޝީދު މިއަދު ފޮނުއްވި މެސެޖުތަކެއްގައި ވިދާޅުވީ ދީނީ ހަރުކަށި ފިކުރުގެ މީހުންގެ ހަރަކާތްތައް ހުއްޓުވުމަށްޓަކައި ހޯމް މިނިސްޓްރީ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ބެއްލެވުމުގެ ދަށަށް ގެންގޮސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށެވެ.

ނަޝީދު ވިދާޅުވީ ހަރުކަށި ފިކުރަށް ބޯލަނބާ މީހުންނާއި އެ ފިކުރަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކާ މީހުން ރާއްޖޭގައި ގިނަވަމުންދާ ކަމަށާ، އެކަމުގެ ހައްލަކީ ހޯމް މިނިސްޓްރީން ރައީސް ސޯލިހްގެ ބެއްލެވުމުގެ ދަށަށް ގެންގޮސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށެވެ.

ކުއްލިނުރައްކަލުގެ ހާލަތު އިއުލާން ކުރުއެކަމުގެ ސަބަބުން ޓޫރިޒަމަށް އަސަރު ކުރި ނަމަވެސް ފަހުން ރަނގަޅު ވާނެ ކަމުގައިވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.

އަދި ނަޝީދުވަނީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އަރިހުގައި އެ މެސެޖުތައް ރައީސް ސާލިހަށް ދެއްކެވުމަށް ވެސް އެދިވަޑައިގެންފަ އެވެ. މި ގްރޫޕުގައި ރައީސް ސާލިހް ވެސް އިންނަވައެވެ. ރައީސް ސާލިހާއި މެންބަރު މުހައްމަދު ރަޝީދަކީ ޅިޔަނުންނެވެ.

 

Loading

One Response

  1. ނަސީދަކަސް ޔާމީނަކަސް އަނިޔާވެރިކަން އިސްކުރާނަމަ ރަތްޔަތުން އެކަން ހުއްޓުވާނެ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް