ރައީސް ޔާމީނަށް އެކަނި ދައުވާ ކުރުމަކީ ދައުލަތް މާބޮޑަށް އޮރިޔާން ވާނެކަމެއް: ނަޝީދު

    އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި  ރައީސް އަބްދުއްލާ ޔާމީން އަބްދުލްގައްޔޫމަށް އެކަނި ދައުވާ ކުރުމަށްވުރެ ބޮޑަށް ”ދައުލަތް އޮރިޔާން“ ވާނެ ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މި މޭރުމުން ވާހަކަ ދެއްކެވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވެވި މެސެޖެއްގައެވެ. އެ މެސެޖް ނަޝީދު ފޮނުއްވެވީ މަހުލޫފްގެ މައްސަލާގައި ރިޔާސީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދާއި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ […]

ބ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ހިދުމަތް ދިނުމަށް ތައްޔާރުވަނީ

  ބ.އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ހިދުމަތް ދިނުމަށް ކުރަންޖެހޭ ތައްޔާރީތައް ވާން ފަށައިފިއެވެ. އެ ހޮސްޕިޓަލުން ބުނީ ޑަޔަލިސިސް ހިދުމަށް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާ މިއީ އެ ހޮސްޕިޓަލުގެ ހިދުމަތް މިހާރަށް ވުރެ ފުޅާކޮށް ރައްޔިތުންނަށް އެންމެ މުހިއްމު އެންމެ ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޯދައި ދިނުމަށް ނިންމާފައިވާ ހިދުމަތެއްކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލަށް އަލަށް އިތުރުކުރާ ބަޔާއެކު ޑަޔަލިސިސްގެ ހިދުމަތް ލިބޭނެކަމަށް ވެސް އެހޮސްޕިޓަލުން ބުނެއެވެ. އަތޮޅު […]

ދިވެހި އުފެއްދުންތައް ރިސޯޓް ފިހާރައިގައި ވިއްކުމުގެ ފުރުސަތު ހުޅުވާލައިފި

  ކުޑަވިލިގިލި ރިސޯޓްގައި ހުޅުވުމަށް ހަމަޖެހިފައިވާ ފިހާރައެއްގައި ދިވެހި އުފެއްދުންތައް ވިއްކަން ބެހެއްޓުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން ހުޅުވާލައިފިއެވެ. ބީސީސީން ބުނީ މިއީ ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަގްސަދުގައި ހުޅުވައިފައިވާ ފުރުސަތެއް ކަމަށެވެ. އަދި އޭގެ އިތުރުން އެފަދަ ފަރާތްތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ގާއިމު ކުރުމުގެ ގޮތުން ބީސީސީ އިން ކުރަމުންދާ މަސައްކަތެއްކަމަށް ވެސް […]

ބިލެއްފަހީގެ ބަނދަރަށް ބޭނުންވާ ބޮޑު ހިލައިގެ ޝިޕްމަންޓް ގެންގޮސްސި

ށ. ބިލެތްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމަންޓް އެރަށަށް ގެންގޮސްސިއެވެ. އެމްޓީސީސީން ބުނީ މިއީ ބިލެތްފަހި ބަނަދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ކަމަށެވެ. އެމްޓީސީސީން ބުނީ ބިލެތްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުއަކީ 28.42 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށާ މި މަޝްރޫއުގެ ދަށުން 24,125 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވާ […]

ދަރަވަނދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

  ބ. ދަރަވަންދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފަށައި ބާރު ސްޕީޑްގައި ކްރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ. އާރްޑީސީން ބުނީ ދަރަވަންދޫ ފްޓްބޯޅަދަނޑުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް ތަނުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާކަމަށެވެ. އެގޮތުން ކުރިއަށްދާ މަސައްކަތުގެ ތެރެއިން މިހާރު ކުރަމުން އަންނަނީ ފެން ހިންދާ ނިޒާމް ގާއިމު ކުރުމާއި، ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ކަމަށް ވެސް އޭރުޑީސީން ބުނެއެވެ. ޖުމްލަ 2.2 ރުފިޔާ ހަރަދުކޮށްގެން […]

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު އާންމުކުރިކަމުގެ ތުހުމަތު ދާންދޫގެ ކައުންސިލް ރައީސަށް

ގއ. ދާންދޫގައި ފުލުހުން ކުރިއަށް ގެންދަން އުޅުނު މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ގުޅުންހުރި މައުލޫމާތުތަކެއް އެރަށު ކައުންސިލް ރައީސް މުހައްމަދު އާސިފްގެ މަށްޗަށް ކޮށް އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސިއެވެ.   ފުލުހުން ބުނީ ދާންދޫގައި ފުލުހުންގެ ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު ލީކްކޮށްލި ކަމުގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުން އެރަށުގެ ހަތަރު މީހެއްގެ ފޯން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގެ އިތުރު ތަފްސީލް ފުލހުން ހާމަކޮށްފައި ނުވެއެވެ. […]

ޓެކްސީ ޑްރައިވަރަށް ހަމަލާދިން އިންޑިއާ މީހާގެ ބަންދަށް 10 ދުވަސް

  ދިވެހި ޓެކްސީ ޑްރައިވަރަކަށް ހަމަލާދިން އިންޑިއާ މީހާގެ ބަންދަށް ދިހަ ދުވަސް ޖަހައިފިއެވެ. ފުލުހުން ބުނީ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަކަށް ހަމާލާ ދިންކަމުގެ ރިޕޯޓް ފުލުހުންނަށް ރޭ 12:30 ލިބުނު ކަމަށާ އެ ހަމަލާ އަކީ  ފުރާނައަށް ނުރައްކާވާފަދަ އަމަލެއްކަމަށެވެ. ހިންގި ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިފައިވާކަމަށާ އޭނާގެ ބަންދަށް މިހާރު 10 ދުވަސް ޖަހާފައިވާކަމަށެވެ. ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ އިންޑިއާގެ ފިރިހެނެއްކަމަށާ، އެ މީހާ ފުލުހުންގެ ބެލުމުގެ […]

ސްކޫލުތައް ހުޅުވުމާއި ގުޅިގެން ރީކޯ މޫސަގެ ތައުރީފް ރައީސް ސާލިހަށް

    ދަރިވަރުން ސްކޫލްތަކަށް ހާޒިރު ކޮށްގެން ދިރާސީ އާއަހަރުގެ ކިޔެވުން މިއަދު ފެށުމާއި ގުޅިގެން ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު، ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ. ރީކޯ މޫސަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިއްހީ ހިދުމަތްތެރިންގެ ބުރަ މަސައްކަތުން ދަރިވަރުންނާއި ޓީޗަރުންނާއި އަދި ބެލެނިވެރިންގެ އުއްމީދުތަކަށް މިއަދު ދިރުން ގެނެސްދީފި ކަމަށާ، މިއަދު މި ފެންނަނީ އެންމެންނާ ގުޅިގެން ރައީސް ސާލިހު […]

ބިދޭސީންގެ ލައިސްންސްގެ ސައްހަކަން ކަށަވަރުކުރަނީ އޮންލައިންކޮށާއި އެމްބަސީގެ ލިއުމަކުން

  އިމްތިހާން ހެދުމަކާ ނުލައި ރާއްޖޭގެ ލައިސަންސް ބިދޭސިންނަށް ދޫކުރަން ނިންމާފައިވާއިރު ބިދޭސީންގެ ލައިސަންސްގެ ސައްހަކަން ކަށަވަރުކުރަނީ އޮންލައިންކޮށާއި އަދި އެމްބަސީން ދޭ ލިޔުމަކުންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ. ބިދޭސީންނަށް ލައިސަންސް ދޫކުރުމާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އާންމުކުރި އުސޫލުގައި ބުނީ ބިދޭސީ ލައިސަންސްގެ ސައްހަކަން ކަށަވަރުކުރާނީ އޮންލައިންކޮށް ކަމަށާއި އޮންލައިންކޮށް ސައްހަކަން ކަށަވަރު ނުކުރެވޭ ލައިސަންސްގެ ސައްހަކަން ކަށަވަރުކުރަން އެމްބަސީގެ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާހާއި […]

ދިވެހި ހަތް ފުލުހަކު އިންޑިއާ ފުލުހުންގެ ޓްރެއިނިން ނިންމާލައިފި

  އިންޑިއަން ޕޮލިސް ސަރވިސް ޓްރެއިނިންގެ 71 އަދި 72 ވަނަ ޓްރެއިނިން ކޯހުން ހަތް ފުލުހަކު ތަމްރީނު ހާސިލުކޮށްފިއެވެ. އައިޕީއެސް ޓްރެއިނިންއަކީ އިންޑިއާގެ އެކި ސްޓޭޓްތަކުން ހޮވޭ ފަރާތްތަކަށް މަރުކަޒީކޮށް ހިންގޭ ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމްގައި ތަހުގީގު ކުރުމާއި، ފޮރެންސިކް ސައިންސްގެ އިތުރުން ކްރިމިނޮލޮޖީއާއި ގާނޫނުތަކާ އަދި އެނޫންވެސް ފުލުހުންގެ މަސައްކަތާ ގުޅޭ ބައިތަކުން ކިޔަވައިދީ ތަމްރީނުދެއެވެ.   އައިޕީއެސް ޓްރެއިނިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެދުނު، އިންޑިއާގެ ހައިދަރުއާބާދުގައި […]