ސްކޫލުތައް ހުޅުވުމާއި ގުޅިގެން ރީކޯ މޫސަގެ ތައުރީފް ރައީސް ސާލިހަށް

Loading

Facebook
Twitter
WhatsApp

 

 

ދަރިވަރުން ސްކޫލްތަކަށް ހާޒިރު ކޮށްގެން ދިރާސީ އާއަހަރުގެ ކިޔެވުން މިއަދު ފެށުމާއި ގުޅިގެން ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު، ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.

ރީކޯ މޫސަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިއްހީ ހިދުމަތްތެރިންގެ ބުރަ މަސައްކަތުން ދަރިވަރުންނާއި ޓީޗަރުންނާއި އަދި ބެލެނިވެރިންގެ އުއްމީދުތަކަށް މިއަދު ދިރުން ގެނެސްދީފި ކަމަށާ، މިއަދު މި ފެންނަނީ އެންމެންނާ ގުޅިގެން ރައީސް ސާލިހު ކޮށްދެއްވި ބުރަ މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ.

“ ދަރިވަރުންނާ ޓީޗަރުންނަށް އަދި ބެލެނިވެރިންގެ އުންމީދުތަކަށް ދިރުންގެނެސްދެއްވީ ސިއްހީ ދާއިރާގެ ހިދުމަތްތެރިންނާ ރައްޔިތުން ގުޅިގެން ކޮވިޑް ވަބާއިން މިންޖްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކޮށްދެއްވި ބުރަ މަސައްކަތްތަކުގެ ނަތީޖާ މިއަދު މި ފެންނަނީ“ ރައީސް ސާލިހަށް ޓެގް ގުރައްވައި ރީކޯ ޓްވީޓް ކޮށްފައި ވެއެވެ.

އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ރީކޯމޫސަ ފަހަކަށް އައިސް ފާހަގަ ކުރެވިފައިވަނީ ރައީސް މުހައްމަދު ނަޝީދަށް ވަރަށްބޮޑަށް ފާޑު ވިދާޅުވާ އަދި ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި  އެމަނިކުފާނުގެ ސަރުކާރަށް ވަރަށްބޮޑަށް ތައުރީފް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

ރީކޯ ރައީސަށް ތައުރީފް ކޮށްފައިވާއިރު ދިރާސީ އާ އަހރު ފަށާފައި މިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ދޮޅުއަހަރަށް ވުރެ ގިނަ ދުވަސްވަންދެން ގިނަ ސުކޫލުތަކެއްގައި އޮންލައިންކޮށް ކިޔަވައިދިނުމަށްފަހުއެވެ

ސުކޫލުތަކަށް ދަރިވަރުން ހާޒިރުކޮށްގެން މިއަދު ކިޔަވައިދޭން ފަށާފައި ވާއިރު އާންމު ހާލަތުގައި ކިޔެވުން ކުރިއަށްގެންދަން ރައްޔިތުންގެ އެއްބާރުލުން ވަރަށްބޮޑަށް ބޭނުންވާ ކަމަށް ރައީސް ސާލިހު މިއަދު ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފަށާފައި މި ވަނީ 92،000 ދަރިވަރުންނާއެކުއެވެ.  މިއީ ރާއްޖޭގެ ތައުލީމީ ހަޔާތުގައި ދިރާސީ އަހަރުގެ ކިޔެވުން، އަހަރެއްގެ މެދުތެރެއިން ފެށި ފުރަތަމަފަހަރުއެވެ.

 

 

Loading

One Response

  1. މޫސަވެސް ހަމަ ދައުލަތުގެ ލޫޓުވުމުން ބައިހޯދަންވެގެން ޖަހާހާ ލަދުކުޑަ ސަކަރާތް. އޭރު އެމްޑީޕީވަރެއް ނެތެ. އެގޮތަށް އުޅެ ތިލަފުށި ޕްރޮޖެކްޓް ހެވީލޯޑަށް ނެގީ. ދެން ޔާމީނާގުޅި ލ. އަތޮޅުން 3 ރަށް އަދި ހަދަން ލޯން. ލޯން ދަރައިނުދެއްކި އޮއްވާ ނަޝީދާ އަންނިގެ ކޯޅުމުގެ ތެރަށްވަދެ އިބޫއަށް ބައިޢަތުހިފައިގެން އެ ދެރަނި އެކަޓްވާލީ. ދެން އަންނަވެރިޔަކަށް ދެން ސަނާކިޔާނީ. މިއީ ސިޔާސީ ރަންޑީންގެ މިސާލެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް