ބިދޭސީންގެ ލައިސްންސްގެ ސައްހަކަން ކަށަވަރުކުރަނީ އޮންލައިންކޮށާއި އެމްބަސީގެ ލިއުމަކުން

Loading

Facebook
Twitter
WhatsApp

 

އިމްތިހާން ހެދުމަކާ ނުލައި ރާއްޖޭގެ ލައިސަންސް ބިދޭސިންނަށް ދޫކުރަން ނިންމާފައިވާއިރު ބިދޭސީންގެ ލައިސަންސްގެ ސައްހަކަން ކަށަވަރުކުރަނީ އޮންލައިންކޮށާއި އަދި އެމްބަސީން ދޭ ލިޔުމަކުންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ބިދޭސީންނަށް ލައިސަންސް ދޫކުރުމާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އާންމުކުރި އުސޫލުގައި ބުނީ ބިދޭސީ ލައިސަންސްގެ ސައްހަކަން ކަށަވަރުކުރާނީ އޮންލައިންކޮށް ކަމަށާއި އޮންލައިންކޮށް ސައްހަކަން ކަށަވަރު ނުކުރެވޭ ލައިސަންސްގެ ސައްހަކަން ކަށަވަރުކުރަން އެމްބަސީގެ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާހާއި އެކު ޓްރާސްޕޯޓް މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސެންސެއް އޮތް މީހުންނަށް އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުމަށް ޓްރާސްޕޯޓް މިނިސްޓްރީއަށް އިހްތިޔާރު ދީފައިވެ އެވެ.

އެއާއެކު ޓްރާސްޕޯޓް މިނިސްޓްރީން ވަނީ 25 ގައުމެއްގެ މީހުންނަށް އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސަންސް ދޫކުރުމަށް ނިންމައި އެގައުމުތައް އާންމުކޮށްފައެވެ.

އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސަންސް ދޫކުރާނެ ގައުމުތަކަކީ އޭޝިއާ ސަރައްދުން ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން، ސްރީލަންކާ، ބްރޫނާއީ، ކެމްބޯޑިއާ، އިންޑޮނޭޝިއާ، ލާއޯސް، މެލޭޝިއާ، މިޔަންމާ، ޕިލިޕީސް، ސިންގަޕޫރު، ތައިލެންޑް، ވިއެޓްނާމް، އަދި ޖަޕާން އެވެ. މީގެ އިތުރުން  އިނގިރޭސިވިލާތް، އެމެރިކާ، ޗައިނާ، ޔުނައިޓެޑް އެރެބް އެމިރެޓްސް، ސްވިޒަލޭންޑް، ސައުދީ އަރަބިއްޔާ، ބެލްޖިއަމް، އަދި ޖަރުމަންގެ ރައްޔިތުންނަށް ވެސް އިމްތިހާނަކާ ނުލައި ލައިސަންސް ދޫކުރަން ވަނީ ނިންމާފައެވެ.

 

ބިދޭސީންނަށް ލައިސަންސް ދޫކުރުމާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އާންމުކުރި އުސޫލުގައި ބުނެފައިވަނީ ރާއްޖޭގެ ލައިސަންސަށް އެދެން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދެންޖެހޭނީ ރާއްޖެއިން ހުއްދަ ކުރާ ގައުމުތަކުން ހޯދާފައިވާ ލައިސަންސާއި، ޕާސްޕޯޓް ކޮޕީއާއި، ވޯކް ޕާމިޓާ އެކުއެވެ.

އަދި ލައިސަންސް ދޫކުރަން 250 ރުފިޔާގެ ފީއެއް ނަގާނެ ކަމަށްވެސް ޓްރާންސްޕޯޓްން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް