ދިވެހި އުފެއްދުންތައް ރިސޯޓް ފިހާރައިގައި ވިއްކުމުގެ ފުރުސަތު ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

 

ކުޑަވިލިގިލި ރިސޯޓްގައި ހުޅުވުމަށް ހަމަޖެހިފައިވާ ފިހާރައެއްގައި ދިވެހި އުފެއްދުންތައް ވިއްކަން ބެހެއްޓުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން ހުޅުވާލައިފިއެވެ.

ބީސީސީން ބުނީ މިއީ ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަގްސަދުގައި ހުޅުވައިފައިވާ ފުރުސަތެއް ކަމަށެވެ. އަދި އޭގެ އިތުރުން އެފަދަ ފަރާތްތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ގާއިމު ކުރުމުގެ ގޮތުން ބީސީސީ އިން ކުރަމުންދާ މަސައްކަތެއްކަމަށް ވެސް ބީސީސީން ބުނެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 19 އޮގަސްޓް 2020ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން އެޕްލިކޭޝަން ހުށަހެޅަން ޖެހެއެވެ.

ބީސީސީން ބުނީ މިކަމަށް އެދި އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިއުންތައް، މ.ކަނީރުވިލާގައި ހުންނަ ބީސީސީ އޮފީހަށް ހުށަހެޅޭނެ ކަމަށެެވެ. މީގެ އިތުރުން އޮންލައިކްކޮށް ޕްރޮޕޯސަލް ހުށަހަޅާނަމަަ [email protected]  އަށް އީމެއިލް ކުރުމަށް ބީސީސީން އެދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް