ދިވެހި ހަތް ފުލުހަކު އިންޑިއާ ފުލުހުންގެ ޓްރެއިނިން ނިންމާލައިފި

Loading

Facebook
Twitter
WhatsApp

 

އިންޑިއަން ޕޮލިސް ސަރވިސް ޓްރެއިނިންގެ 71 އަދި 72 ވަނަ ޓްރެއިނިން ކޯހުން ހަތް ފުލުހަކު ތަމްރީނު ހާސިލުކޮށްފިއެވެ.

އައިޕީއެސް ޓްރެއިނިންއަކީ އިންޑިއާގެ އެކި ސްޓޭޓްތަކުން ހޮވޭ ފަރާތްތަކަށް މަރުކަޒީކޮށް ހިންގޭ ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމްގައި ތަހުގީގު ކުރުމާއި، ފޮރެންސިކް ސައިންސްގެ އިތުރުން ކްރިމިނޮލޮޖީއާއި ގާނޫނުތަކާ އަދި އެނޫންވެސް ފުލުހުންގެ މަސައްކަތާ ގުޅޭ ބައިތަކުން ކިޔަވައިދީ ތަމްރީނުދެއެވެ.

 

އައިޕީއެސް ޓްރެއިނިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެދުނު، އިންޑިއާގެ ހައިދަރުއާބާދުގައި ހުންނަ ސަރުދާރު ވައްލަބާއި ޕަޓޭލް ނެޝަނަލް ޕޮލިސް އެކަޑަމީގައެވެ.

ފުލުހުން ބުނީ މިއަދު ކޯސްނިންމި ހަތް ފުލުހުންގެ ތެރެއިން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ނާޒިމްވަނީ ޓްރޮފީ ފޮރ އަންއާމްޑް ކޮމްބެޓް އަދި ރޮކް ކްލައިމްބިންގ އިން ވަނަ ހޯދައި ޓްރޮފީ ހާސިލުކޮށްފައިވާކަމަށެވެ.

މިއަދު ކޯސްނިންމި ހަތް ފުލުހުންނަކީ މިހާތަނަށް ފޭސް 2 ފުރިހަމަ ކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބުނު ދެ ބެޗުގެ ދިވެހި ދަރިވަރުންނެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު 1998 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދިވެހިރާއްޖެއަށް ދަނީ ލިބެމުންނެވެ.

އެގޮތުން، މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފްވެސް ވަނީ 2004 ވަނަ އަހަރު މި ތަމްރީނު ފުރިހަމަކޮށްފައެވެ. މީގެ އިތުރުންވެސް ދިވެހި ފުލުހުންގެ ހިދުމަތުގެ އިސް ސަފުގައި ތިބި ވަރަށް ގިނަ ފުލުހުންވެސްވަނި މި ތަމްރީނު ހަދާފައެވެ.

ފުލުހުން ބުނީ އައިޕީއެސް ޓްރެއިނިންގެ 73 ވަނަ ބެޗުގައި މިހާރުވެސް ހަތަރު ފުލުހަކު ދަނީ ތަމްރީނު ހަދަމުންނެވެ. އަދި މި އަހަރު އިތުރު ފުލުހުން ފޮނުވުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް