ބިލެއްފަހީގެ ބަނދަރަށް ބޭނުންވާ ބޮޑު ހިލައިގެ ޝިޕްމަންޓް ގެންގޮސްސި

Loading

Facebook
Twitter
WhatsApp

ށ. ބިލެތްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމަންޓް އެރަށަށް ގެންގޮސްސިއެވެ.

އެމްޓީސީސީން ބުނީ މިއީ ބިލެތްފަހި ބަނަދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ކަމަށެވެ.

އެމްޓީސީސީން ބުނީ ބިލެތްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުއަކީ 28.42 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށާ މި މަޝްރޫއުގެ ދަށުން 24,125 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި 98 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލައ 1,150 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓ ހެދުމުގެ އިތުރުން  މަގުބައްތި ހަރުކުރުން ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންނާދެކަމަށްވެސްއެމްޓީސީސީންބުނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް