ބ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ހިދުމަތް ދިނުމަށް ތައްޔާރުވަނީ

Loading

Facebook
Twitter
WhatsApp

 

ބ.އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ހިދުމަތް ދިނުމަށް ކުރަންޖެހޭ ތައްޔާރީތައް ވާން ފަށައިފިއެވެ.

އެ ހޮސްޕިޓަލުން ބުނީ ޑަޔަލިސިސް ހިދުމަށް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާ މިއީ އެ ހޮސްޕިޓަލުގެ ހިދުމަތް މިހާރަށް ވުރެ ފުޅާކޮށް ރައްޔިތުންނަށް އެންމެ މުހިއްމު އެންމެ ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޯދައި ދިނުމަށް ނިންމާފައިވާ ހިދުމަތެއްކަމަށެވެ.

އެގޮތުން އެ ހޮސްޕިޓަލަށް އަލަށް އިތުރުކުރާ ބަޔާއެކު ޑަޔަލިސިސްގެ ހިދުމަތް ލިބޭނެކަމަށް ވެސް އެހޮސްޕިޓަލުން ބުނެއެވެ.

އަތޮޅު ހޮސްޕިޓަލުން ބުނީ ޑަޔަލިސިސްގެ ހިދުމަތަށް ބޭނުންވާ ހުރިހާ މެޝިނަރީއެއް މިހާރު އެހޮސްޕިޓަލަށް ލިބިފައިވާ ކަމަށާ މިއަހަރުތެރޭގައި މިހިދުމަތް ފޯރުކޮށްދިނުމަށް ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ބ އަތޮޅަކީ އާބާދީގައި 14500 މީހުން ހިމެނޭ 13 ރަށެއްގައި މީހުން ދިރިއުޅޭ އަތޮޅެކެވެ. މި އަތޮޅުގެ އަތޮޅު ހޮސްޕިޓަލު ވެފައިވަނީ އަތޮޅުން ސިއްހީ ހިދުމަތް ހޯދުމަށް އެންމެ ބޮޑަށް މީހުންބަރޯސާ ވެފައިވާ ހޮސްޕިޓަލަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް