ދަރަވަނދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

Loading

Facebook
Twitter
WhatsApp

 

ބ. ދަރަވަންދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފަށައި ބާރު ސްޕީޑްގައި ކްރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

އާރްޑީސީން ބުނީ ދަރަވަންދޫ ފްޓްބޯޅަދަނޑުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް ތަނުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާކަމަށެވެ.

އެގޮތުން ކުރިއަށްދާ މަސައްކަތުގެ ތެރެއިން މިހާރު ކުރަމުން އަންނަނީ ފެން ހިންދާ ނިޒާމް ގާއިމު ކުރުމާއި، ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ކަމަށް ވެސް އޭރުޑީސީން ބުނެއެވެ.

ޖުމްލަ 2.2 ރުފިޔާ ހަރަދުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައި ވަނީ މި އަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހު އެވެ.

އާރުޑީސީން ބުނީ މި ފުޓުބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތުގެ 24 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ.

މީގެ އިތުރުން ފެންހިންދާ ނިޒާމް ގާއިމު ކުރުމުގެ 80 އިންސައްތަ މަސައްކަތް މިހާރު ނިމިފައވާއިރު، ވެލިފުރޮޅާ ބިންގަނޑު ހަރު ކުރުމުގެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ނިންމާލެވިފައި ކަމަށް ވެސް އާރްޑީސީން ބުނެއެވެ.

ޔޫތު މިނިސްޓްރީން މިދިޔަ މާޗު މަހުގައި ވަނީ ދަރަވަންދޫ އާއި އެ އަތޮޅުގެ އިތުރު ދެ ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރު ކުރުމުގެ މަޝްރޫއުތަކެއް އާރްޑީސީއާ ހަވާލުކޮށްފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް