ކައުންސިލްތަކަށް ބިންތަކުގެ ބާރު ދީފިނަމަ އަޅުގަނޑުމެންނަށް އޮތް ބޮޑު ރިސްކަކަށް ވެދާނެ“ ގާސިމް

ރާއްޖޭގެ އެކިސަރަހައްދުތަކުގައި ހުރި ފަޅުރަށްތަކާއި ބިންތަކުގެ ބާރު އެސަރަހައްދެއްގެ ކައުންސިލްތަކަށް ދީފިކަމުގައިވާނަމަ ބޮޑު ރިސްކަކަށް ވެދާނެކަމަށް މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވިދާޅުވެއްޖެއެވެ. ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ހުށަހެޅުއްވި ބިލަށް މަޖިލީހުގައި މިއަދު ކުރި ބަހުސްގައި ގާސިމް ވިދާޅުވީ ކައުންސިލްތަކުގެ ތިބި ބޭފުޅުންގެ ކެޕޭސިޓީ ބަލާއިރު އެގޮތަށް އެކަން ކޮށްފިނަމަ ރިސްކަކަށް ވެދާނެކަމަށެވެ. “ އަޅުގަނޑު ގަބޫލު […]
ޕީޕީއެމް ޓީމާއި ބައްދަލުކުރި ފެނަކައިގެ މުއައްޒަފުންތަކެއް ގޭގައި މަޑުކުރުމަށް އަންގައިފި

ޕީޕީއެމުން މިހާރު ގދ. ރަށްތަކަށް ކުރަމުންދާ ދަތުރުގައި އެ އަތޮޅު ފަރެސްމާތޮޑާއަށް ކުރި ދަތުރުގައި އެޕާޓީގެ ޓީމާއި ބައްދަލުކުރި ފެނަކައިގެ މުއައްޒަފުންތަކެއް ގޭގައި ތިބުމަށް ފެނަކައިން އަންގައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މުއައްޒަފުންނަކީ ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގައި ހަދަމުންދާ އެރަށު އާ އިންޖީނުގޭ އިމާރަތްކުރާ ސައިޓްގައި މަސައްކަތަށްކުރަމުން ދިޔަ ޕީޕީއެމަށް ނިސްބަތްވާ މީހުންނެވެ. އެގޮތުން ނުވަ ވަރަކަށް މުވައްޒަފުން ފުރަތަމަ ގޭގައި މަޑުކުރަން އެންގި ކަމަށް ވެއެވެ. ނަމަވެސް ފަހުން ތިން މީހަކު ފިޔަވައި […]
ނަޝީދަށް މަރުގެ އިންޒާރުދިން މައްސަލައިގައި ހައްޔަރުކުރި މީހާ ޖަލައްލާން ހުކުމް ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން މައްސަލައެއްގައި އިއްޔެ ހައްޔަރުކުރި މީހާ ކޯޓުގެ ހުރުމަތް ކެނޑައިގެން ޖަލަށް ލާން ހުކުމް ކޮށްފި އެވެ. ފުލުހުން ބުނީ އެމީހާ އަކީ 40 އަހަރުގެ ދިވެހި ފިރިހެއްނެއްކަމަށާ އޭނާ ހައްޔަރުކޮށްފައިވަނީ ރ. މީދޫން ކަމަށެވެ. ފުލުހުން ބުނީ މިހާގެ ބަންދާމެދު ގޮތެއް ނިންމަން ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށާއި އޭގެ އަދަބެއްގެ ގޮތުން […]
ރާއްޖެތެރެ މީހުންނަށް ހައްގުވާނީ އަވާމެންދުރު

ރާއްޖެތެރެ މީހުންނަކީ ކޮބައި ހެއްޔެވެ. ދިވެހި ބަހުގެ ރަދީފުގައި “ ރާއްޖެތެރެ“ މި ބަހުގެ މާނަ އަކީ ”ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށުގެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތައް“ މިހެންނެވެ. މި ބަހަކީ ދިވެހި ރަދީފުގައި ކިތަންމެ ރީތިކޮށް ނަލަކޮށް ލިޔެވިފައިވާ ބަހެއް ނަމަވެސް ކުރީ ޒަމާނުގައި މި ބަސް ބޭނުންކުރަމުން އައީ މާލެ ނޫން ރަށްރަށުން މާލެ އަންނަ މީހުން ނިކަމެތި ކޮށްލުމުގެ ގޮތުންނެވެ. އެ ދެބައި މީހުންގެ މެދުގައި ފަރަގެއް އެކުލަވައިލުމުގެ ގޮތުންނެވެ. […]
އިމާރާތެއްގެ މަތިން އަންހެނަނަކު ވެއްޓިއްޖެ

މާލޭގެ އިމާރާތެއްގެ މަތިން އަންހެނަކު ވެއްޓި އަނިޔާވެއްޖެ އެވެ. މި ހާދިސާ އާ ގުޅިގެން ފުލުހުން ބުނީ އިމާރާތެއްގެ މަތިން މީހަކު ވެއްޓުނު ހާދިސާގެ ރިޕޯޓް މިއަދު ހަވީރު ހަތަރެއް ޖެހި އިރު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. މައުލޫމާތު ލިބޭގޮތުގައި މި އަންހެން މީހާ ވެއްޓުނީ ހަދަމުންމުންދާ އިމާރާތަކުންނެވެ. އަނިޔާވި މީހާ އަށް މިހާރު ގެންދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. އޭނާ އަށް ލިބިފައިވާ އަނިޔާ އާ ބެހޭ މައުލޫމާތު އަދި އެގޭގޮތެއް ނުވެއެވެ. […]
ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ. ފުލުހުން މިއަދު ބުނީ ރައީސް ނަޝީދުގެ ހަށިކޮޅަށް ގެއްލުން ދޭނެ ކަމަށް ސޯޝަލް މީޑިއާގައި ބުނި މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެމީހާ އަކީ 40 އަހަރުގެ ދިވެހި ފިރިހެއްނެއްކަމަށާ އޭނާ ހައްޔަރުކޮށްފައިވަނީ ރ. މީދޫން ކަމަށެވެ. ސޯޝަލް މީޑިއާގައި އިސްމާއީލް ޔާފިސް ބިން ހާލިދު ކިޔާ […]
ވެކްސިން ދެ ޑޯޒަށް ފަހު ބޫސްޓާ ޑޯޒެއް ޖެހުން މުހިންމު: މިނިސްޓަރު ނަސީމް

ކޮވިޑް- 19 އިން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒު ޖެހުމަށްފަހު ބޫސްޓާ ޑޯޒެއް ޖެހުން މުހިންމު ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ވިދާޅުވެއްޖެ އެވެ. ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް މިއަދު ހަދިޔާކުރި 112،000 ޑޯޒުގެ އެސްޓްރަޒެނެކާ ވެކްސިނާ ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ފުޅު ދައްކަމުން ނޫސް ވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަސީމް ވިދާޅުވީ ބޫސްޓާ ޑޯޒެއް ޖެހުން މުހިއްމު ކަމަށެވެ. ނަމަވެއް ބޫސްޓާ ޑޯޒެއް ޖެހުމާ […]
މަހިބަދޫގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި

އދ. މަހިބަދޫގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކަލެކްޝަން ސެންޓަރެއް މިއަދު ހުޅުވައިފިއެވެ. މަހިބަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ކަލެކްޝަން ސެންޓަރ ހުޅުވައިދެއްވީ އދ. އަތޮޅު ކައުންސިލުގެ ރައީސް، ޢަލީ ނަސީރުއެވެ. ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން ބުނީ މަހިބަދޫގައި ކަލެކްޝަން ސެންޓަރުގެ ސަބަބުން މަހިބަދޫ އަށާއި އެ އަތޮޅުގައި ދިރިއުޅޭ ފަރާތްތަކަށް މީރާގެ ހިދުމަތް ވީހާވެސް ގާތުން ފަސޭހަކަމާ އެކު ލިބޭނޭ މަގު ފަހިވެގެން ދާނެ ކަމަށެވެ. އަތޮޅުތަކުގައި ގާއިމްކޮށްފައިވާ މީރާގެ އޮފީސްތަކުން، […]
އެމްޑީޕީގެ ފަޑިޔާރުންގެ މަޖިލީހު މެންބަރު ކަމަށް ކުރިމަތި ލުމަށް ހުޅުވާލައިފި

އެމްޑީޕީގެ ފަނޑިޔާރުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ. އެމްޑީޕީން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިފަނީ ފަނޑިޔާރުންގެ މަޖިލީހުގެ ނުވަ މެންބަރުން ހުސްވެފައިވާކަމަށެވެ. އިސްތިއުނާފްގެ ފަނޑިޔާރުން މަޖިލީހުގެ ރައީސްގެ ޝަރުތަކީ، ޕާޓީގެ މެންބަރެއްކަމުގައި ވުމުގެ އިތުރުން މަދުވެގެން 2 އަހަރު ދުވަހުގެ ގާނޫނީ ތަޖުރިބާހުރި ގާނޫނީ ވަކީލެއްކަމުގައިވުމާއެކު އުމުރުން 35 އަހަރު ވެފައިވާ މީހަކު ކަމުގައި ވުމެވެ. އިސްތިއުނާފްގެ ފަނޑިޔާރު މަޖިލީހުގެ މެންބަރުންގެ ޝަރުތެއްގެ ގޮތުގައި އެ ޕާޓީން އިއުލާން ކޮށްފައިވަނީ ޕާޓީގެ […]
ކޮއްކޮގެ ސްކޫލު ޓެބްލެޓް ވިއްކި މައްސަލައިގައި އަންހެނަކު ޖަލަށް ލާން ހުކުމް ކޮށްފި

ކޮއްކޮއަށް އެޑިއުކޭޝަން މިނިސްޓްރީއިން ދީފައިވާ ޓެބްލެޓް ވަގަށް ނަގައި އެ ވިއްކައިލި މައްސަލައެއްގައި އަންހެނަކު ޖަލަށް ލާން ހުކުމް ކޮށްފި އެވެ. ކްރިމިނަލް ކޯޓުން ވަނީ ލ. ގަމަށް ނިސްބަތްވާ މި އަންހެން މީހާގެ މަށްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ދައުލަތުން އެ އަންހެން މީހާގެ މަށްޗަށް ކޮށްފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މަށްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މަށްޗަށް ކޮށްފައިވާ ހުކުމުގައި […]