ޕީޕީއެމް ޓީމާއި ބައްދަލުކުރި ފެނަކައިގެ މުއައްޒަފުންތަކެއް ގޭގައި މަޑުކުރުމަށް އަންގައިފި

283

 

ޕީޕީއެމުން މިހާރު ގދ. ރަށްތަކަށް ކުރަމުންދާ ދަތުރުގައި އެ އަތޮޅު ފަރެސްމާތޮޑާއަށް ކުރި ދަތުރުގައި އެޕާޓީގެ ޓީމާއި ބައްދަލުކުރި ފެނަކައިގެ މުއައްޒަފުންތަކެއް ގޭގައި ތިބުމަށް ފެނަކައިން އަންގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މުއައްޒަފުންނަކީ ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގައި ހަދަމުންދާ އެރަށު އާ އިންޖީނުގޭ އިމާރަތްކުރާ ސައިޓްގައި މަސައްކަތަށްކުރަމުން ދިޔަ ޕީޕީއެމަށް ނިސްބަތްވާ މީހުންނެވެ. އެގޮތުން ނުވަ ވަރަކަށް މުވައްޒަފުން ފުރަތަމަ ގޭގައި މަޑުކުރަން އެންގި ކަމަށް ވެއެވެ. ނަމަވެސް ފަހުން ތިން މީހަކު ފިޔަވައި ދެންތިބި މީހުން ވަޒީފާ އަށް ނުކުންނަން އެންގިކަމަށް ވެއެވެ.

މިކަމާ ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމުން ފަރެސްމާތޮޑާއަށް ކުރި ޒިޔާރަތުގައި އެރަށު ބަނދަރުމަތިން ސަލާން ކޮށްލި ކަމަށްޓަކާ ފެނަކައިގެ މުއައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

” ގދ. އަށް ކުރަމުންދާ ދަތުރުގައި ފަރެސްމާތޮޑާއަށް ޒިޔާރަތްކުރި ދުވަހު ބަނދަރުން ސަލާން ކޮށްލި ކަމަށްޓަކާ އަޅުގަނޑުގެ އަޚް ނަދީމުއާއެކު އެތަށް ޒުވާނުންނެއްވަނީ ފެނަކައިގެ ވަޒިފާއިން ވަކިކޮށްފަ” ޝިޔާމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ޕީޕީއެމުން ފަރެސް މާތޮޑާއަށް ކުރި ޒިޔާރަތުގައި އެރަށު އެއާޕޯޓް އަޅާ ސަރަހައްދަށް ވެސް ވަނީ ޒިޔާރަތްކޮށްފައެވެ.

މި މައްސަލާގައި ފެނަކައާ ގުޅިގެން ފެނަކައިން ބުނީ މީޑީއާތަކަށް މި ކަމާ ބެހޭ މައުލޫމާތު އަދި ފަހުން ހާމަކުރާނެ ކަމަށެވެ.

1 ހިޔާލު

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ