މަހިބަދޫގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި

Loading

Facebook
Twitter
WhatsApp

 

އދ. މަހިބަދޫގައި  މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކަލެކްޝަން ސެންޓަރެއް މިއަދު ހުޅުވައިފިއެވެ.

މަހިބަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ކަލެކްޝަން ސެންޓަރ ހުޅުވައިދެއްވީ އދ. އަތޮޅު ކައުންސިލުގެ ރައީސް، ޢަލީ ނަސީރުއެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން ބުނީ މަހިބަދޫގައި ކަލެކްޝަން ސެންޓަރުގެ ސަބަބުން މަހިބަދޫ އަށާއި އެ އަތޮޅުގައި ދިރިއުޅޭ ފަރާތްތަކަށް މީރާގެ ހިދުމަތް ވީހާވެސް ގާތުން ފަސޭހަކަމާ އެކު ލިބޭނޭ މަގު ފަހިވެގެން ދާނެ ކަމަށެވެ.

އަތޮޅުތަކުގައި ގާއިމްކޮށްފައިވާ މީރާގެ އޮފީސްތަކުން، މާލޭގައިވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބޭނެކަމަށް މީރާއިން މައުލޫމާތުދެއެވެ.

އެގޮތުން ވިޔަފާރިތައް މީރާގައި ރަޖިސްޓްރީ ކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކުހުގެ ފައިސާއާ މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް މީރާ އިން ބުނެ އެވެ.
މީރާއިން ވަނީ 18 އަތޮޅެއްގައި އެއިދާރާގެ 19 އޮފީހެއް ގާއިމުކޮށްފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް