އިމާރާތެއްގެ މަތިން އަންހެނަނަކު ވެއްޓިއްޖެ

Loading

Facebook
Twitter
WhatsApp

 

މާލޭގެ އިމާރާތެއްގެ މަތިން އަންހެނަކު ވެއްޓި އަނިޔާވެއްޖެ އެވެ.

މި ހާދިސާ އާ ގުޅިގެން ފުލުހުން ބުނީ އިމާރާތެއްގެ މަތިން މީހަކު ވެއްޓުނު ހާދިސާގެ ރިޕޯޓް މިއަދު ހަވީރު ހަތަރެއް ޖެހި އިރު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި މި އަންހެން މީހާ ވެއްޓުނީ ހަދަމުންމުންދާ އިމާރާތަކުންނެވެ.

އަނިޔާވި މީހާ އަށް މިހާރު ގެންދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. އޭނާ އަށް ލިބިފައިވާ އަނިޔާ އާ ބެހޭ މައުލޫމާތު އަދި އެގޭގޮތެއް ނުވެއެވެ.

ނަމަވެސް އެ އަންހެން މީހާ ވެއްޓުނުތާ އިރުކޮޅެއްގެ ތެރޭގައި އެސަރަހައްދަށް ދިޔަ މީހަކު ބުނީ އޭނާ ވެއްޓުނު ތަނުގައި ގިނަ އަދަދެއްގެ ލޭހުރި ކަމަށެވެ. އަދި އެސަރަހައްދުގައި ތިބިމީހުންނާ ހަވާލާދީ އެމީހާ ބުނީ އެއަންހެންމީހާގެ ފައި ބިންދައިގެން ގޮސްފައިވާ ކަމަށް ބެލެވޭކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް