ނަޝީދަށް މަރުގެ އިންޒާރުދިން މައްސަލައިގައި ހައްޔަރުކުރި މީހާ ޖަލައްލާން ހުކުމް ކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން މައްސަލައެއްގައި އިއްޔެ ހައްޔަރުކުރި މީހާ ކޯޓުގެ ހުރުމަތް ކެނޑައިގެން ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

ފުލުހުން ބުނީ އެމީހާ އަކީ  40 އަހަރުގެ ދިވެހި ފިރިހެއްނެއްކަމަށާ އޭނާ ހައްޔަރުކޮށްފައިވަނީ ރ. މީދޫން ކަމަށެވެ.

ފުލުހުން ބުނީ މިހާގެ ބަންދާމެދު ގޮތެއް ނިންމަން ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށާއި އޭގެ އަދަބެއްގެ ގޮތުން 15 ދުވަހުގެ ޖަލުގެ ހުކުމެއް ގާޒީ އިއްވާފައިވާ ކަމަށެވެ. އަދި އެ މީހާގެ ބަންދަށް ވެސް 15 ދުވަހުގެ މުއްދަތު ޖަހައިދިން ކަމަށެވެ.

ސޯޝަލް މީޑިއާގައި އިސްމާއީލް ޔާފިސް ބިން ހާލިދު ކިޔާ މީހަކު ކުރި ކޮމެއްންޓެއްގައި ބުނެފައިވަނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދި ގޮތް ހަދާނެ ކަމަށް ބުނެ ނަޝީދަށް އިންޒާރު ދީފަ އެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަހު ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާހޯދެވުމަށް އެމަނިކުފާނު މިހާރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.

ނަޝީދަށް ހަމަލާ ދިން މީހުން ހައްޔަރުކޮށް ތަހުގީގު ހިންގަމުންދާއިރު އެމަނިކުފާނު މަޖިލީހަށް ފޮނުވި ސީޓީއެއްގައި ބުނެފައިވަނީ ހަމަލާގެ ތަހުގީގު ނިމި، އެކަން ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި، ހައްޔަރުގައި ބޭތިއްބުމުގެ ކުރީގައި އެމަނިކުފާނު ރާއްޖެ އައުމަކީ އާއިލާއާއި ހެއުއެދޭ އެތައް ބަޔަކާއި އަދި އެމަނިކުފާނުވެސް ޖެހިލުންވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް