އެމްޑީޕީގެ ފަޑިޔާރުންގެ މަޖިލީހު މެންބަރު ކަމަށް ކުރިމަތި ލުމަށް ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

 

އެމްޑީޕީގެ ފަނޑިޔާރުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ.

އެމްޑީޕީން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިފަނީ ފަނޑިޔާރުންގެ މަޖިލީހުގެ ނުވަ މެންބަރުން ހުސްވެފައިވާކަމަށެވެ.

އިސްތިއުނާފްގެ ފަނޑިޔާރުން މަޖިލީހުގެ ރައީސްގެ ޝަރުތަކީ، ޕާޓީގެ މެންބަރެއްކަމުގައި ވުމުގެ އިތުރުން މަދުވެގެން 2 އަހަރު ދުވަހުގެ ގާނޫނީ ތަޖުރިބާހުރި ގާނޫނީ ވަކީލެއްކަމުގައިވުމާއެކު އުމުރުން 35 އަހަރު ވެފައިވާ މީހަކު ކަމުގައި ވުމެވެ.

އިސްތިއުނާފްގެ ފަނޑިޔާރު މަޖިލީހުގެ މެންބަރުންގެ ޝަރުތެއްގެ ގޮތުގައި އެ ޕާޓީން އިއުލާން ކޮށްފައިވަނީ ޕާޓީގެ މެންބަރެއް ކަމުގައިވުމާއި ގައުމީ މަޖިލީހުގެ މެންބަރަކު ކަމުގައި ނުވުމެވެ.

މެންބަރުކަމަށް ކުރިމަތިލުމަށް މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައި ކަމަށް އެމްޑީޕީން ބުނެއެވެ.
އަދި މެންބަރުކަމަށް ހުށަހަޅުމަށް ޕާޓީގެ ސެކްރެޓޭރިއެޓް މައި އޮފީހަށް ލިޔެކިޔުން ހުށަހަޅައިގެން ނާއި އީމެއިލް [email protected] އަށް ލިޔެކިޔުން އީމެއިލް ކޮށްގެން ހުށަހެޅޭނެ ކަމަށްވެސް އެޕާޓީން ބުނެއެވެ.

މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީއާއެކު އެމީހެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، އެމީހެއްގެ ވަނަވަރު އެނގޭނޭ ލިޔުމަކާއި، ގައުމީ މަޖިލީހުގެ ދެ މެންބަރެއްގެ ތާއީދު އޮތްކަން އެނގޭނޭ ލިޔުމެއްވެސް ހުށަހަޅަން ޖެހެއެވެ.

އެމްޑީޕީން ބުނީ މެންބަރުކަމަށް އެދި ހުށަހެޅުމާއި ގުޅޭ މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9.00 ން މެންދުރު 2.00 އާއި ހަމައަށް އެޕާޓީގެ އޮފީސް ނަންބަރު 3340044 ގުޅުމުން މައުލޫމާތު ލިބޭނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް