ކޮއްކޮގެ ސްކޫލު ޓެބްލެޓް ވިއްކި މައްސަލައިގައި އަންހެނަކު ޖަލަށް ލާން ހުކުމް ކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ކޮއްކޮއަށް އެޑިއުކޭޝަން މިނިސްޓްރީއިން ދީފައިވާ ޓެބްލެޓް ވަގަށް ނަގައި އެ ވިއްކައިލި މައްސަލައެއްގައި އަންހެނަކު ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ވަނީ ލ. ގަމަށް ނިސްބަތްވާ މި އަންހެން މީހާގެ މަށްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ދައުލަތުން އެ އަންހެން މީހާގެ މަށްޗަށް ކޮށްފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މަށްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއެވެ.

އޭނާގެ މަށްޗަށް ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ޓެބްލެޓް ވަގަށްނެގުމަށްފަހު ވިއްކާލައިފައިވާކަން އެ އަންހެންމީހާގެ އިއުތިރާފުން ސާބިތުވާކަމަށެވެ.

ގާނޫނުގެ ދަށުން އެ ކުށަށް ކަނޑައެޅޭނެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް ކުށަށް އިއުތިރާފްވެފައި ވާތީ އާއި ތަހުގީގަށް އެއްބާރުލުހުން ދީފައިވާތީ އޭނާގެ މައްޗަށް އިއްވާފައި ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހިނގައިދިޔަ މިހާދސާގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކޯޓަށް ހުށަހަޅާފައިވަނީ މި އަހަރުގެ މާޗް މަހުގައެވެ. މައްސަލަ ނިންމައި ހުކުމް އިއްވާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.
ލ. ގަމަށް ނިސްބަތްވާ މި އަންހެން މީހާ އޭނާގެ ކޮއްކޮ ކިޔަވަން ގެންގުޅުނު ޓެބްލެޓް ވަގަށްނެގުމަށްފަހު ވިއްކައިލީ 300ރ. އަށެވެ.

މި މައްސަލައިގައި ޓެބްލެޓް ގަތް މީހާއަށް އެއީ ސްކޫލު ޓެބްލެޓެއްކަން ނޭންގޭ ކަމަށާއި އެއިން ބްލޫޓޫތު ފަދަ އެއްޗެހި ބޭނުން ނުކުރެވޭތީ ޓެބްލެޓް ބޭނުންނުކުރާ ކަމަށް ތަހުގީގު މަރުހަލާގައި ބުނެފައި ވެއެވެ.
ފަހުން އެ އަންހެން މީހާ ޓެބްލެޓް ބޭނުންވާ ކަމަށް ބުނުމުން އަނބުރާ ޓެބްލެޓް އޭނާ އާއި ހަވާލުކުރި ކަމަށް ގަތް މީހާ ބުންޏެވެ.

މި މައްސަލާގައި ޖަލު ހުކުމް އައި އަންހެން މީހާގެ މަންމަ ތަހުގީގުގައި ބުނެފައިވަނީ ޓެބްލެޓް އަނބުރާ ކުއްޖާއަށް ލިބިފައިވާއިރު އެޔަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އެ ވަގަށް ގެންދިޔަ އޭނާގެ ދަރީގެ މަށްޗަށް ދައުވާ ކުރަން ބޭނުންވާކަމަށް ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް