ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ރައީސް ނަޝީދުގެ ހަށިކޮޅަށް ގެއްލުން ދޭނެ ކަމަށް ސޯޝަލް މީޑިއާގައި ބުނި މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެމީހާ އަކީ  40 އަހަރުގެ ދިވެހި ފިރިހެއްނެއްކަމަށާ އޭނާ ހައްޔަރުކޮށްފައިވަނީ ރ. މީދޫން ކަމަށެވެ.
ސޯޝަލް މީޑިއާގައި އިސްމާއީލް ޔާފިސް ބިން ހާލިދު ކިޔާ މީހަކު ކުރި ކޮމެއްންޓެއްގައި ބުނެފައިވަނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދި ގޮތް ހަދާނެ ކަމަށް ބުނެ ނަޝީދަށް އިންޒާރު ދީފަ އެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަހު ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާހޯދެވުމަށް އެމަނިކުފާނު މިހާރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.

ނަޝީދަށް ހަމަލާ ދިން މީހުން ހައްޔަރުކޮށް ތަހުގީގު ހިންގަމުންދާއިރު އެމަނިކުފާނު މަޖިލީހަށް ފޮނުވި ސީޓީއެއްގައި ބުނެފައިވަނީ ހަމަލާގެ ތަހުގީގު ނިމި، އެކަން ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި، ހައްޔަރުގައި ބޭތިއްބުމުގެ ކުރީގައި އެމަނިކުފާނު ރާއްޖެ އައުމަކީ އާއިލާއާއި ހެއުއެދޭ އެތައް ބަޔަކާއި އަދި އެމަނިކުފާނުވެސް ޖެހިލުންވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ފުލުހުން ބުނީ ޓެރަރިޒަމަށް ހިތްވަރު ލިބޭގޮތަށް، ތަންތަނަށާއި، މީހުންނަށް ގެއްލުން ދޭނެކަމަށް ބުނެ ސޯޝަލް މީޑިއާ އަދިވެސް އެހެނިގެން ގޮތްގޮތުންދޭ އިންޒާރުތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅަމުން ގެންދާ މައްސަލަތަކެއްކަމަށެވެ.

ޓެރަރިޒަމަށް ތާއީދުކޮށް، ނުވަތަ އެފަދަ ކަންކަމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ކޮމެންޓުކޮށް ވާހަކަދެއްކުމަކީ ޖިނާއީ ކުށެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް