ލޯބިގިލި ހުޅުވަނީ

    ބޮޑެތި މީހުންނަށް ހާއްސަކޮށްގެން މާލެ އަތޮޅުގައި ހުޅުވާ އާ ރިސޯޓް އޮބްލޫ ސެލެކްޓް ލޯބިގިލި އަންނަ ބުރާސްފަތި ދުވަހު ހުޅުވަންނިންމައިފިއެވެ. އެޓްމޮސްފިއާ ހޮޓެލް އެންޑް ރިސޯޓުގެ ލަގްޒަރީ ބްރޭންޑުގެ މި ރިސޯޓްގެ “ ލޯބިގިލި“ ނަން ދީފައިވަނީ ދިވެހިން “ ލޯބި“ އަދި ”ގިލި“ އެއީ “ ރަށް“ މާނަކޮށްފައެވެ. ލޯބިގިލިއަކީ އެ ނަމާ އެއްގޮތަށް ލޯބިވެރިންނަށް ހާއްސަ ރިސޯޓެކެވެ. މި ރިސޯޓް ފަރުމާކޮށްފައިވަނީ ރޮމޭންޓިކް އިހުސާސް ގެނައުވައިދޭ ގޮތަކަށެވެ. މި ރިސޯޓު ހުޅުވުމުގެ […]

ހިޔާ ފްލެޓް ސަރަހައްދަށް އަޅާ ގާކުނި ނެގުން ހުއްޓާލަނީ

  ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރަތްކޮސްފައިވާ ހިޔާ ފްލެޓް ތަކުން ނެރޭ ގާކުނިތައް އެ ސަރަހައްދުން ނެގުމުގެ މަސައްކަތް ހުއްޓާލަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.   އެ ކުނިތަށް ނެގުމުގެ މަސައްކަތްކުރިއަށްގެންދާ އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކުންފުނިން ދެމުން އަންނަ އެ ހިދުމަތް ދޭނީ މި މަހުގެ ނިޔަލަށް ކަމަށެވެ.   އަދި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހިޔާ ފްލެޓް ސަރަހައްދުން އުކާލުމަށް […]

ކުރެންދޫގައި 50 ހައުންސިން ޔުނިޓް އަޅަނީ

  ޅ. ކުރެންދޫގައި 50 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން އިއުލާންކޮށްފިއެވެ. ހައުސިން މިނިސްޓްރީން ބުނީ ޑިޒައިން އެންޑް ބިޑް އުސޫލުން އިމާރަތްކުރުމަށް ހަމަޖެހިފައިވާ މި ހައުސިން ޔުނިޓްގެ ބީލަމުގައި ބައިވެރިވެވޭނީ ”އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު“ ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށާ، މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 255,000ރ ނުވަތަ އެއަދަދާއި އެއްވަރު އަދަދަކަށް […]

ބޮޑު ތާއީދަކާއެކު ފައްޔާޒު ބޭނުންވެލެއްވިގޮތަށް އިންތިހާބު ފަސްކުރަން ނިންމައިފި

    އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ބޭނުންވެލެއްވިގޮތަށް ޗެއާޕާސަން ހޮވުމުގެ އިންތިހާބު ބާއްވަން ނިންމާފައި އޮތް ތާރީހު ފަސްކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފި އެވެ.   އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވަން ހަމަޖައްސާފައި އޮތީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ. އިންތިހާބު ބާއްވާ ތާރީހު ރޯދަ މަހަށް ދިމާވާތީ މިނިސްޓަރު ފައްޔާޒުގެ ޓީމުން އެދެނީ އެހެން ތާރީހަކު އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ޗެއާޕާސަންކަމަށް ދެން ވާދަކުރައްވާ މާފަންނު […]

ރޯދަމަހުގެ ރަސްމީ ގަޑިތައް ކަޑައަޅައިފި

    ކުރިއަށް އޮތް ރޯދަ މަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން ބުނީ ރޯފަމަހުގެ އިތުރުން ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުވެސް ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 09:00 އިން މެންދުރު 01:00 ކަމަށެވެ. އަދި މި ގަޑިތަކަށް ފައްތައިގެން ސަރުކާރު އިދާރާތަކުގެ މަސައްކަތްތައް ރޭވުމަށްވެސް ރައީސް އޮފީހުން ވަނީ އަންގާވާފައެވެ. ރޯދަ މަހުގެ ރަސްމީ ވަގުތު އަބަދުވެސް […]

ހުއްދަނެތި ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީފި

    ޓްރާންސްޕޯޓް މިނިސްޓްރީގެ ހުއްދަ ނެތި ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ މިނިސްޓްރީން ދީފި އެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލާއި، ތަކެތީގެ އަގަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ދަތުރުތަކުގެ އަގުތައް ބޮޑުކުރުމަށް 14 ޓެކްސީ ސެންޓަރަކުން ރޭ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. އަދި މި ނިންމުމަށް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އަމަލު ކުރާނެކަމަށް ވަނީ ބުނެފައެވެ. އެކަމާގުޅިގެން […]

ނޫނު އަތޮޅުތެރޭގައި އިސްރާފުކުރާ ސާމާނު މަދުކޮށް އަލުން ބޭނުންކުރުމުގެ ޕްލޭން ހިންގުމަށް އެއްބަސްވުމުގައި ސޮއިކޮށްފި 

    ނޫނު އަތޮޅު ތެރޭގައި އިސްރާފުވެ ބާކީވެ އުކާލެވޭ ތަކެއްޗާ ސާމާނު މަދުކޮށް، އަލުން އިގްތިސާދުތެރެއަށް އަނބުރާ ގެނެސް ބޭނުންކުރުން އިތުރުކުރުމަށް އަތޮޅު ކައުންސިލުން ކަނޑައަޅާފައިވާ ޕްލޭނު ހިންގުމުގައި ސްޓްރެޓިޖިކް ޕާޓްނަރެއްގޮތުގައި މަސައްކަތްކުރުމަށް ސޮނެވާ ނަމޫނާއިން މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގް (އެމްއޯޔޫ) އެއްގައި އަތޮޅު ކައުންސިލާއެކު ސޮއިކޮށްފިއެވެ.   މި އެމްއޯޔޫގައި ސޮއިކުރުމަށް މިއަދު ނޫނު އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އަތޮޅުކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލް ރައީސް މުހައްމަދު ބަޝީރު […]

ދުނިޔޭގެ ފެންވަރުގައި ތެޔޮ ޓެސްޓްކުރާ ލެބޯޓްރީއެއް ރާއްޖޭގައި ހުޅުވައިފި

  ދުނިޔޭގެ ފެންވަރުގައި ތެޔޮ ޓެސްޓްކުރާ ލެބޯޓްރީއެއް އެސްޓީއޯއިން ރާއްޖޭގައި ހުޅުވައިފިއެވެ. ޕްރޮޑަކްޓް ޓެސްޓިންގްގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ޖީއީއޯ ކެމް މިޑްލްއީސްޓް ކުންފުނިން އޮޕަރޭޓްކުރާގޮތަށް ހުޅުވި މި ލެބޯޓްރީ ގާއިމް ކޮށްފައިވަނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައެވެ. އެސްޓީއޯއިން ބުނީ މިލެބޯޓްރީގެ ސަބަބުން ދޫކުރާ ރާއްޖެ އެތެރެކުރާ ތެޔޮ ރާއްޖޭގައި ޓެސްޓުކޮށް، އޭގެ ކޮލިޓީ ދެނެގަނެވޭނެ ކަމަށެވެ. އަދި ރާއްޖެ އެތެރެކުރެވޭ ތެޔޮ ވަގުތުން ޓެސްޓުކުރުމަށް މަގުފަހިވެ މިހާރު ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ޓެސްޓުކުރާ ފަރާތްތަކަށް […]

އަހަރުތަކެއް ކުރިން ފެށިގެން އައިއެސްއަށް މަސައްކަތްކުރާކަމަށް ތުހުމަތުކޮށް ދިވެއްސަކު ހައްޔަރުކޮށްފި

  ހަރުކަށިފިކުރު ފަތުރާ އަދި ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް މަޝްހޫރުވެފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް)އަށް ވާގިވެރިވެ ގިނަ އަހަރުތަކެއްވަންދެން މަސައްކަތްކުރާ ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.   މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ހޫދު މުހައްމަދު ޒާހިރު ނަމަކަށްކިޔާ އުމުރުން 30 އަހަރުގެ މީހެކެވެ. ވިލިމާލޭގައި ދިރިއުޅޭ ހޫދު ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ. އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ވިލިމާލޭގެ ގެ ފާސްކޮށް ގިނަ އަދަދެއްގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.   އައިއެސްގެ އިސް […]

ހުރިހާ ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފަށަނީ

  ޑައިލިސިސްގެ ހިދުމަތް ނުފެށިހުރި ހުރިހާ ހޮސްޕިޓަލެއްގައި ވެސް މިއަހަރުތެރޭގައި އެ ހިދުމަތް ފެށޭނެ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ. ގދ. ތިނަދޫގައި އަޅަން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ނުފެށި ލަސްވާތީ އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމަށް ނަސީމް މިއަދު މަޖިލީހަށް ހާޒިރުކޮށްފައިވާއިރު އެ ފުރުސަތުގައި މެންބަރަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ، ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ބައެއް ހޮސްޕިޓަލްތަކުގައި ޑައިލިސިސްގެ ހިދުމަތް ފެށޭނެކަމަށާ އަދި […]