ދުނިޔޭގެ ފެންވަރުގައި ތެޔޮ ޓެސްޓްކުރާ ލެބޯޓްރީއެއް ރާއްޖޭގައި ހުޅުވައިފި

Loading

Facebook
Twitter
WhatsApp

 

ދުނިޔޭގެ ފެންވަރުގައި ތެޔޮ ޓެސްޓްކުރާ ލެބޯޓްރީއެއް އެސްޓީއޯއިން ރާއްޖޭގައި ހުޅުވައިފިއެވެ.

ޕްރޮޑަކްޓް ޓެސްޓިންގްގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ޖީއީއޯ ކެމް މިޑްލްއީސްޓް ކުންފުނިން އޮޕަރޭޓްކުރާގޮތަށް ހުޅުވި މި ލެބޯޓްރީ ގާއިމް ކޮށްފައިވަނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައެވެ.

އެސްޓީއޯއިން ބުނީ މިލެބޯޓްރީގެ ސަބަބުން ދޫކުރާ ރާއްޖެ އެތެރެކުރާ ތެޔޮ ރާއްޖޭގައި ޓެސްޓުކޮށް، އޭގެ ކޮލިޓީ ދެނެގަނެވޭނެ ކަމަށެވެ.

އަދި ރާއްޖެ އެތެރެކުރެވޭ ތެޔޮ ވަގުތުން ޓެސްޓުކުރުމަށް މަގުފަހިވެ މިހާރު ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ޓެސްޓުކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށާ އަދި ހާއްސަ ގޮތެއްގައި އޭވިއޭޝަން ދާއިރާގައި ބޭނުންކުރާ ޖެޓް ފިއުލް ޝިޕްމަންޓް ރާއްޖެ ގެންނަ ކޮންމެ ފަހަރަކު ރި-ޓެސްޓުކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ސާމްޕަލްތައް ފޮނުވަމުން އަންނަ ފޮނުވުމަށް ނިމުމަކަށް ގެނެވޭނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

އެސްޓީއޯއިން ބުނީ މި ލެބޯޓްރީ އަކީ ކޮލިޓީ ޓެސްޓިންގައި އިންޑިޕެންޑެންސީ އަދި ކްރެޑިބިލިޓީ ހިފަހައްޓައިދޭނެ ލެބޯޓްރީއަކަށް ވެގެން ދާނެކަމަށާ މިލެބޯޓަރީން ރާއްޖެ އެތެރެކުރާ ޕެޓްރޯލްއާއި ޑީސަލްގެ ކީ ޕެރަމީޓަރސްތައްވެސް ޓެސްޓްކުރެވޭނެ ކަމަށެވެ. އަދި މިލެބޯޓްރީ މެނޭޖްކޮށް ޓެސްޓް ސެޓްފިކެޓްތައް ދޫކުރާނީ ސީދާ ޖިއޯކެމް މިޑްލް އީސްޓްގެ ފަރާތުން ކަމަށް ވެސް އެސްޓީއޯއިން ހާމަކުރެއެވެ.

މިފަދަ ލެބޯޓަރީއެއް އެސްޓީއޯއިން ހަރަދުކޮށްގެން ރާއްޖޭގައި ހުޅުވުމަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށް އެސްޓީއޯއިން ދެކެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް