އިންތި ވަކި މީހަކަށް ވަޒީފާއެއް ހޯދުމަށް މަސައްކަތް ނުކުރާކަމަށް ވިދާޅުވުމުން ހޫނުފެނަށް

އިންތި ވަކި މީހަކަށް ވަޒީފާއެއް ހޯދުމަށް މަސައްކަތް ނުކުރާކަމަށް ވިދާޅުވުމުން ހޫނުފެނަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވަކި މީހަކަށް ވަޒީފާ ހޯދުމަށް މަސައްކަތް ކުރި މީހެއް ނޫންކަމށް ވިދާޅުވެ ވާހަކަފުޅު ދެއްކެވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުން އޭނާ އަށް އަމާޒުވެއްޖެއެވެ. ސަރުކާރުން ވަޒީފާ ހޯދަން އޭނާ އެދިވަޑައިގެންފައި ނުވާނެކަމަށް ވިދާޅުވެ އިންތި ވާހަކަފުޅު ދައްކަވާފައިވަނީ ޗެއާޕާސަން ކަމުގެ އިންތިހާބުގެ ކެންޕޭން […]
ވަކީލުކަމުގެ ވަގުތީ ހުއްދަ ދޫކުރެވިފައިވާ ފަރާތްތަކުގެ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ހިފަހައްޓަނީ

ގާނޫނީ ވަކީލުކަމުގެ ވަގުތީ ހުއްދަ ދޫކުރެވިފައިވާ ފަރާތްތަކުން ގާނޫނީ ވަކީލްކަމުގެ ލައިސެންސް ހޯދުމަށް ހަދަން ޖެހޭ ބާ ކައުންސިލްގެ އިމްތިހާނުގައި ބައިވެރިނުވާނަމަ، ގާނޫނީ ވަކީލު ކަމުގެ ހުއްދަ ހިފަހައްޓޭނެ ކަމަށް ބާ ކައުންސިލުން ބުނެފިއެވެ. ބާ ކައުސިލުން ބުނީ 2020 ވަނަ އަހަރު އެ ކައުންސިލުން ކުރިއަށް ގެންދިޔަ ސްޕެޝަލް ލައިސަންސިންގ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެ ގާނޫނީ ވަކީލުކަމުގެ ވަގުތީ ހުއްދަ ދޫކުރެވިފައިވާ ފަރާތްތަކުން ޖޫން 25 ވަނަ ދުވަހު ބާއްވާ ބާ އިމްތިހާނުގައި ބައިވެރިނުވާނަމަ، އެފަރާތްތަކަށް […]
އައްޑޫ ސިޓީން ފްލެޓަށް އެދުނުފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފި

އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި އިމާރާތްކޮށްފައިވާ ފްލެޓްތައް އދުނު ފަރާތްތަކުގެ ދާއިމީ ލިސްޓް އައްޑޫ ސިޓީ ކައުންސިލް އިން އިއުލާންކޮށްފިއެވެ. ސިޓީ ކައުންސިލުން ބުނީ އާންމު ކޮށްފައިވާ ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓަކީ ހިތަދޫ އަވަށުގައި އިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން A,B,C ކެޓަގަރީގެ ބާކީހުރި 28 ފްލެޓަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ދާއިމީ ލިސްޓް ކަމަށެވެ. ސިޓީ ކައުންސިލުން ބުނީ ސަރުކާރުގެ ”ގެދޮރުވެރިކުރުން“ ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި އިމާރާތްކޮށްފައިވާ 264 ފްލެޓްގެ […]
ވިލިމާލެ ދާއިރާގެ ޑަބްލިއުޑީސީ މެންބަރު ހޮވުން އަވަސްކޮށްފި

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮންނަ ތާރީހު އިލެކްޝަންސް ކޮމިޝަނުން އަވަސްކޮށްފިއެވެ. މި ބައި އިލެކްޝަންގެ ވޯޓްލަން ކުރިން ނިންމާފައިއޮތީ އަންނަ މަހުގެ 16 ވާ ހޯމަ ދުވަހުއެވެ. އެކޮމިޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ ތާރީހު އަވަސްކުރަން ނިންމީ، ބައި-އިލެކްޝަން ބާއްވާ ދުވަހަކީ ރަސްމީ ދުވަހަކަށް ވުމުން ގިނަ އަދަދެއްގެ ރައްޔިތުންނަށް ވޯޓުލާން ދިޔުމަށް ދަތިތަކެއް ދިމާވެދާނެތީ އަދި ވޯޓުލާ މަރުކަޒުތައް ގާއިމްކުރުމަށް ބޭނުންވާ […]
ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ

ށ. ކޮމަންޑޫގައި ހައުސިން ޔުނިޓް އަޅައި ދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ. ފިނޭންސް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން، ޑިޒައިން އެންޑް ބިލްޑް އުސޫލުން ށ. ކޮމަންޑޫގައި 30 ހައުސިންގ ޔުނިޓްސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވަކާމަށެވެ. މިމަޝްރޫއަށް ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް މެއި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތުވަނީ ހުޅުވާލާފައެވެ. މި ބީލަމުގައި […]
ޓެރަރިޒަމް އަމަލު ހިންގާ ކަމަށް ތުހުމަތުކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދު

ހަރުކަށި ފިކުރު ފަތުރަން މަސައްކަތް ކުރާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއތައް ތާއީދުކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ޖަމާއަތުގެ ފިކުރު ތަކަށް ހިތްވަރުދޭކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ. ހޫދު ބަންދުކުރުމަށް އަމުރުކުރީ ބަންދު މުރާޖައާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ދައުލަތުން އެކަމަށް އެދުމުންނެވެ. ދައުލަތުން ބުނެފައި ވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި އެކައުންޓްތަކުން އައިއެސް ޖަމާއަތައް ތާއީދުކޮށް، […]
އިސް މީހެއްގެ ގޮތުގައި ޓެރަރިޒަމް އަމަލު ހިންގާ ކަމަށް ތުހުމަތުކުރެވޭ މީހާއަށް ދައުވާކޮށްފި

ހަރުކަށި ފިކުރު ފަތުރަން މަސައްކަތް ކުރާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއތައް ތާއީދުކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ޖަމާއަތުގެ ފިކުރު ތަކަށް ހިތްވަރުދޭކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު ގެ މައްޗަށް ދައުވާކޮށްފި އެވެ. ހޫދު ހައްޔަރުކޮށްފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ދެ ގައުމެއްގެ އިދާރާއަކާއި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ޖެނުއަރީ މަހު ހަ ވަނަ ދުވަހުއެވެ. ޕީޖީ […]
ހިޔާ ފްލެޓް ސަރަހައްދުގައި ބޭސް ވިއްކާ ފިހާރައެއް ހުޅުވައިފި

ހުޅުމާލޭ ދަވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓް ސަރަހައްދުގައި ބޭސް ފިހާރައެއް ހުޅުވައިފިއެވެ. އިސްއެރި-2 ނަމުގައި ހުޅުވި މި ފާމަސީ ހުންނަނީ ޓަވަރު 5ގައެވެ. ގިނަ އަދަދެއްގެ ބަޔަކު މިހާރު ދިރިއުޅެމުންދާ ހިޔާ ފްލެޓް ސަރަހައްދުގައި އިތުރު ފާމަސީތައް ހުޅުވަން ވަނީ ނިންމާފައެވެ. ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހިޔާ ފްލެޓް ސަރަހައްދުގައި ތިން ފާމަސީ އާއި ތިން ކްލިނިކް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެޗް5ގައި ހަދާ ކްލިނިކަކާއި ފާމަސީއާއި […]
ކުޅިވަރު ބަލަން ދާ މީހުން މަދުވުމުން ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

ކުޅިވަރު މުބާރާތްތައް ބަލަން ދާ މީހުން މަދުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަފުޅު ދައްކަވައިފިއެވެ. ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވީ ރ. މާކުރަތުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނުނިމި ލަސްވާ މައްސަލައިގައި އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން މިއަދުގެ ޖަލްސާ އަށް މަހުލޫފް ވަޑައިގެން ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. މިއަހަރަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެންމެ ބޮޑު ކުޅިވަރު މުބާރާތް […]
ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލައިފި.

ހުޅުމާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މަރާލައިފިއެވެ. މައލޫމާތު ލިބިފައިވާގޮތުގައި ހުޅުމާލޭ ފުރަމަ ފިޔަވަހީގައި ހުންނަ ހާންޖީ ރެސްޓޯރަންޓްގައި މިއަދު ހަވީރު މާރާމާރީ އެއް ހިނގާފައިވަނީ ޕާކިސްތާނު މީހަކާއި ބަންގްލަދޭޝް މީހަކާ ދެމެދު އެވެ. މިހާދިސާގައި މަރުވީ އެ ރެސްޓޯރެންޓްގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ބަންގްލަދޭސް މީހާއެވެ. ފުލުހުން ބުނީ މި މާރާމާރީ އާއި ގުޅިގެން ޒަހަމްވި މީހާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށިކަމަށެވެ. ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ޒަހަމް ތަކަކާއެކު މިއަދު ހަވީރު […]