ވިލިމާލެ ދާއިރާގެ ޑަބްލިއުޑީސީ މެންބަރު ހޮވުން އަވަސްކޮށްފި

Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp
ވިލިމާލެ ދާއިރާގެ ޑަބްލިއުޑީސީ މެންބަރު ހޮވުން އަވަސްކޮށްފި

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮންނަ ތާރީހު އިލެކްޝަންސް ކޮމިޝަނުން އަވަސްކޮށްފިއެވެ.

މި ބައި އިލެކްޝަންގެ ވޯޓްލަން ކުރިން ނިންމާފައިއޮތީ އަންނަ މަހުގެ 16 ވާ ހޯމަ ދުވަހުއެވެ.

އެކޮމިޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ ތާރީހު އަވަސްކުރަން ނިންމީ، ބައި-އިލެކްޝަން ބާއްވާ ދުވަހަކީ ރަސްމީ ދުވަހަކަށް ވުމުން ގިނަ އަދަދެއްގެ ރައްޔިތުންނަށް ވޯޓުލާން ދިޔުމަށް ދަތިތަކެއް ދިމާވެދާނެތީ އަދި ވޯޓުލާ މަރުކަޒުތައް ގާއިމްކުރުމަށް ބޭނުންވާ ތަން ލިބުމުގައި ދަތިތަކެއް ދިމާވެފައިވާތީ ކަމަށެވެ.

 ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުނެގުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ މަހު 14 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށް ވެސް އިލެކްޝަނުން ބުނެއެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ކަނޑައެޅި ތާރީހަކީވެސް މެއި 14 ވަނަ ދުވަހެވެ. އެހެންނަމަވެސް އޭރު ކޮމިޝަނުން އެތާރީޚު ބަދަލުކުރީ ކުރިން އިންތިޚާބު ބާއްވަން ހަމަޖެއްސި ދުވަހު އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު އޮންނާތީ އެ ދުވަހު އެ އިންތިހާބު ބާއްވައިފި ނަމަ އިންތިހާބު ބޭއްވުމަށް އިދާރީގޮތުން ދަތިތަކެއް ކުރިމަތި ވެދާނެކަމަށް ފެންނާތީ ކަމަށް ބުނެއެވެ.
ހުސްވެފައިވާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ވަގުތު ހަމަވިއިރު ކުރިމަތިލީ އިދިކޮޅު ޕީޕީއެމްއާއި، އެމްއެންޕީންނެވެ. ޕީޕީއެމްގެ ފަރާތުން މިއިންތިޚާބުގައި ވާދަކުރަނީ ފާތިމަތު ނާޒިމާއެވެ. އެމްއެންޕީން ވާދަކުރަނީ އާމިނަތު ޝީޒާއެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީ ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ނިޔާވުމުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށެވެ.

ފަހުގެ އަޕްޑޭޓް