އައްޑޫ ސިޓީން ފްލެޓަށް އެދުނުފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފި

Loading

Facebook
Twitter
WhatsApp

އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި އިމާރާތްކޮށްފައިވާ ފްލެޓްތައް އދުނު ފަރާތްތަކުގެ ދާއިމީ ލިސްޓް އައްޑޫ ސިޓީ ކައުންސިލް އިން އިއުލާންކޮށްފިއެވެ.

ސިޓީ ކައުންސިލުން ބުނީ  އާންމު ކޮށްފައިވާ ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓަކީ ހިތަދޫ އަވަށުގައި އިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން A,B,C ކެޓަގަރީގެ ބާކީހުރި 28 ފްލެޓަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ދާއިމީ ލިސްޓް ކަމަށެވެ.

 ސިޓީ ކައުންސިލުން ބުނީ ސަރުކާރުގެ ”ގެދޮރުވެރިކުރުން“ ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި އިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން، A,B,C ކެޓަގަރީގެ ބާކީހުރި 28 ފްލެޓަށް އެދި 768 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އަދި ފްލެޓަށް އެދުނު ފަރާތްތަކުގެ ތެރެއިން ފްލެޓްތައް ލިބުނު ފަރާތްތައް ކަޑައަޅާފައިވަނީ ފްލެޓް ދޫކުރުމަށްޓަކައި އަމަލުކުރަމުންދާނީ ޢާންމުކުރެވިފައިވާ އުސޫލާއި އެއްގޮތަށް ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

ކައުންސިލުން  ބުނީ މި ފްލެޓްތަކަށ އެދުނު ފަރާތްތަކުގެ ދާއިމީލިސްޓް ގެޒެޓްގެ އިތުރުން އެއިދާރާގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް