ވަކީލުކަމުގެ ވަގުތީ ހުއްދަ ދޫކުރެވިފައިވާ ފަރާތްތަކުގެ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ހިފަހައްޓަނީ

Loading

Facebook
Twitter
WhatsApp

ގާނޫނީ ވަކީލުކަމުގެ ވަގުތީ ހުއްދަ ދޫކުރެވިފައިވާ ފަރާތްތަކުން ގާނޫނީ ވަކީލްކަމުގެ ލައިސެންސް ހޯދުމަށް ހަދަން ޖެހޭ ބާ ކައުންސިލްގެ އިމްތިހާނުގައި ބައިވެރިނުވާނަމަ، ގާނޫނީ ވަކީލު ކަމުގެ ހުއްދަ ހިފަހައްޓޭނެ ކަމަށް ބާ ކައުންސިލުން ބުނެފިއެވެ.

ބާ ކައުސިލުން ބުނީ 2020 ވަނަ އަހަރު އެ ކައުންސިލުން ކުރިއަށް ގެންދިޔަ ސްޕެޝަލް ލައިސަންސިންގ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެ ގާނޫނީ ވަކީލުކަމުގެ ވަގުތީ ހުއްދަ ދޫކުރެވިފައިވާ ފަރާތްތަކުން ޖޫން 25  ވަނަ ދުވަހު ބާއްވާ ބާ އިމްތިހާނުގައި ބައިވެރިނުވާނަމަ، އެފަރާތްތަކަށް ދޫކުރެވިފައިވާ ހުއްދަ ގާނޫނީ ފަންނުގެ ގާނޫނަށް ގެނެވުނު 1 ވަނަ އިސްލާހުގެ ދަށުން ވަގުތީ ގޮތުން ހިފެހެއްޓޭނެކަމަށެވެ.

މީގެ ދެ އަހަރުކުރިން އަމަލުކުރަން ފެށި ގާނޫނީ ފަންނުގެ ގާނޫނު ބުނާގޮތުން ބާ އިމްތިހާން ފުރިހަމަކުރުމުން ނޫނީ ގާނޫނީ ވަކީލު ކަމުގެ ހުއްދައެއް ނުލިބެ އެވެ. ނަމަވެސް އިމްތިހާނަށް ގިނަ ދުވަސްތަކެއް ވަމުންދާތީ ގާނޫނު އިސްލާހުކޮށް ނިންމީ ބާ ކައުންސިލުން ކުރިއަށް ގެންދާ ވަކި ތަމްރީނެއް ފުރިހަމަ ކުރުމަށް ފަހު ހުއްދަ ދިނުމަށެވެ.

އަދި  ވަކީލުކަމުގެ ހާއްސަ ތަމްރީނެއް ހެދުމަފަހު ވަކީލުކަމުގެ ވަގުތީ ލައިސަންސެއް ގިނަ އަދަދެއްގެ ފަރާތްތަކަށް އޭރު ވަނީ ދީފައިވެ އެވެ.

އެފަރާތްރަކަށާ އަދި ގާނީ ވަކީލުކަމުގެ ހުއްދަ ހޯދަން ބޭނުނުވާ އެހެން ފަރާތްތަކަށް ހުޅުވާލައިގެން ޖޫންގައި ބާއްވާ ބާ އިމްތިހާނަށް ރިޖިސްޓްރީ ވުމަށް މިހާރު ބާ ކައުންސިލުން ވަނީ ހުޅުވާލައިފައެވެ.

ބާ ކައުންސިލުން ބުނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބާ އިމްތިހާނުގައި ރަޖިސްޓާވުމަށް ހުޅުވާލެވުނު ފުރުސަތުގައި މަގުބޫލު ސަބަބެއް އޮވެގެން ރަޖިސްޓާ ކުރެވިފައިނުވާ ފަރާތްތަކުން އިމްތިހާނުގައި ރަޖިސްޓްރީވުމަށް ފަހު ފުރުސަތެއް ދިނުމަށް ވެސް ކައުސިލުން ނިންމާފައިވާކަމަށެވެ.

 އެއްވެސް މަގުބޫލު ހާލަތެއް މެދުވެރިގެން މި އިމްތިޙާނަށް ރަޖިސްޓާ ކުރެވިފައިނުވާ ފަރާތްތަކުން، އަންނަ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރަޖިސްޓްރީ ވާންޖެހހޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

ބާ ކައުންސިލުން ބުނީ ބާ އިމްތިހާނުގައި ރަޖިސްޓަރީވީކަމަށް ބަލާނީ އެކައުސިލުން ކަޑައަޅާފައިވާ ކަންކަން ފުރިހަމަވެ، ކެންޑިޑޭޓު ނަންބަރު އިމްތިހާނުގައި ބައިވެރިވާ ފަރާތަށް ލިބުމުން ކަމަށެވެ.

އެގޮތުން ރަޖިސްޓަރީވުމަށްޓަކައި ކަޑައަޅާފައިވާ ކަންކަންކަމުގެތެރޭގައި ހިމެނެނީ އެކައުންސިލުން ކަނޑައަޅާފައިވާ ލިންކެއް މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް ހުށަހެޅުމާއިއެކު، ލިންކު މެދުވެރިކޮށް ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް ހުށަހެޅުމެވެ.

އޭގެ ތެރޭގައި ގާނޫނީ ރޮނގުން ފުރިހަމަ ކޮށްފައިވާ ފުރަތަމަ ޑިގްރީގެ ސެޓްފިކެޓްގެ އެކްރެޑިޓް ކޮށްފައިވާ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކޮށްފައިވާކަން އެނގޭގޮތަށް އެ ކޯހެއް ފުރިހަމަކުރި މަރުކަޒަކުން ދޫކޮށްފައިވާ ސްޓޭމްޕް ޖެހި ލިޔުން ލާންޖެހެއެވެ.

އަދި  ޑިގްރީ ކޯހުގެ ފުލް ޓްރާންސްކްރިޕްޓް ޑައުންލޯޑް ކުރާ ޓްރާންސްކްރިޕްޓެއްނަމަ މަރުކަޒުގެ ސްޓޭމްޕް އޮންނަންވާނެ ކަމަށް ވެސް ބާ ކައުންސިލުން ބުނެއެވެ.

ބާ އިމްތިހާނުގެ ފީ ދައްކަންޖެހޭނީ އެޕްލިކޭޝަން ހުށަހެޅުމަށްފަހު ރެޖިސްޓްރޭޝަނަށް ބޭނުންވާ ކަންކަން ފުރިހަމަވީކަން ކެންޑިޑޭޓަށް ބާ ކައުންސިލުން އަންގައި، ފީ ދައްކަންވީ ގޮތުގެ އިރުޝާދުތައް ލިބުމުން ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް