ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 8 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 8 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 4 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި އަނެއް 4 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި މިއަދަކީ ޖޫން މަހުގެ 02 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. ޖޫން މަހުގެ 02 ވަނަ ދުވަހު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ ދެމީހުންނެވެ. މިއަދު އަށް […]

ދެވަނަ ޓާމުގައި ސްކޫލްތަކުގައި ކިޔަވައިދިނުން ކުރިއަށްދާނެ ގޮތުގެ ސާކިއުލާއެއް ނެރެފި!

ކޮވިޑް-19 އާ ގުޅިގެން ދެވަނަ ޓާމުގައި ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ކަންކަން ކުރިއަށްދާނެ ގޮތުގެ ސާކިއުލާއެއް އެޑިއުކޭޝަން މިނިސްޓްރީން ނެރެފިއެވެ. ކޮވިޑް19 ފެތުރެން ފެށުމާއެކު ރާއްޖޭގެ ސްކޫލްތައް ބަންދުކުރިއެވެ.އެއާއެކު އޮންލައިންކޮށް ކިޔަވައިދޭން ހުރިހާ ސްކޫލެއްގައިވެސް ފެށުނެވެ. ނަމަވެސް ފަހުން ވަނީ ކޮވިޑް ނުފެތުރޭ ރަށްރަށުގައި އެރަށްރަށު ސްކޫލްތަކަށް ގޮސް ކިޔަވައިދިނުމުގެ ކަންކަން ފަށާފައެވެ. އޭގެ ފަހުން މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ރަނގަޅުވުމާއެކު މާލޭގައިވެސް ވަނީ މަތީ ގްރޭޑްތަކަށް ސްކޫލްތަކުގައި ކިޔަވާދޭން ފަށާފައެވެ. ދެވަނަ ޓާމްގެ ކިޔެވުން އަންނަ […]

ރ.ވާދޫ މީހުން ރެދަން ބަލާތާ އެއްތައް އަހަރެއް!

މި ދުވަސްވަރު އެންމެ ގަދަޔަށް ދެކެވެނީ ހުޅުމާލޭ ބީޗުން ރެދަން ފެނިގެން އެވާހަކަ އެވެ. ރެދަންލުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. މި ގޮތުން ރާއްޖޭގައި ރެދަން ލުމުގަައި އެންމެ މަޝްހޫރުވެފައިވަނީ ރ. ވާދޫ އެވެ. ރ. ވާދޫގައި ރެދަންލާން ފެށީ މި ފަހަކުން ނޫނެވެ. މީގެ އެތައް އަހަރެއް ކުރިން ފެށިގެން ކޮންމެ އަހަރަކުވެސް އެ ރަށުގެ ގޮނޑުދޮށުން މި ހިތްގައިމުކަން ފެނެއެވެ. މިދުވަސްވަރު އެ ރަށުގައި ވެސް ރެދަންލާއިރު މިއީ މި އަހަރު އެ […]

ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 19 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 19 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން އެހެން ރަށްތަކުން މިއަދު ފައްސިވި 9 މީހުންގެ ތެރެއިން 6 ފައްސިވީ މީހުން ދިރިއުޅޭ ރަށްތަކުންނެވެ. ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން 2 އަދި އިންޑަސްޓްރިއަލް ރަށަކުން އެކަކު މިއަދު ފައްސިވިއެވެ. އަދި އަނެއް 10 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 13493 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، […]

ޕިކްޕޯސްޓުގެ ސްޓޭޝަނެއް ގްރޭޓާ މާލޭ ބަސް ޓާމިނަލްގައި!

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އިން އެކުންފުނީގެ ސެލްފް ސާވިސް ޑެލިވަރީ ސްޓޭޝަން ކަމަށްވާ ”ޕިކްޕޯސްޓު“ގެ ސްޓޭޝަނެއް ގްރޭޓާ މާލޭ ބަސް ޓާމިނަލްގައި ހުޅުވައިފި އެވެ. ​މޯލްޑިވްސް ޕޯސްޓް އިން ބުނިގޮތުގައި އެޙިދުމަތަކީ އިތުބާރާއެކު ޕޯސްޓަލް ޕެކޭޖް ރައްދުކުރުމަށްޓަކައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ސްޓޭޝަންތަކެއް ކަމަށެވެ. އަލަށް ޤާއިމް ކުރި މިޕިކްޕޯސްޓު ސްޓޭޝަން އާއެކު ޖުމުލަ 4 ސްޓޭޝަން އެއް މިހާރު ވަނީ ގާއިމް ކޮށްފައި ކަމަށް ޕޯސްޓް އިން ބުނެއެވެ. އެއީ ވެލާނާގެ، ޕޯސްޓް އޮފީސް، ހުޅުމާލޭގެ […]

މާލޭގައި އިއުލާނުކުރި ކާފިއު އުވާލައިފި!

ރޭގަނޑު 0000 އިން ފެށިގެން ފަތިހު 0400 އާ ހަމައަށް ​މާލޭ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު އުވާލައިފި އެވެ. އެޗްޕީއޭ އިން ރޭގަ ކުރި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލޭގައި ރޭގަނޑު 12 އިން ފަތިހު 4 އަކަށް އޮތް ކާފިއު އުވާލަން ނިންމާފައިވާ ކަމަށެވެ. އަދި ހަމަ މިއާއެކު އެޗްޕީއޭއިން ރޭ ކުރި އިއުލާނުގައި ވިދާޅުވެފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން، މި ހިނދުން ފެށިގެން،ހެލްތު […]

ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 26 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު  26 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 8 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 14 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 13444 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 553 އެކްޓިވް ކޭސް ހިމެނޭއިރު، 47 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިބަލީގައި  ރާއްޖެ އިން މިހާތަނަށް 48 މީހަކު […]

އެމްއެމްސީގެ ރައީސަކަށް ޝަހުބާން އަދި ނައިބު ރައީސަކަށް ސަގީފް!

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ކަމަށް ސަންގު ޓީވީގެ ނިއުސް ހެޑް ޝަހުބާން ފަހުމީ އަދި ނައިބު ރައީސްކަަށް ތިލަދުންގެ ޗީފް އެޑިޓަރު ހުސައިން ސަގީފް އައްޔަން ކޮށްފިއެވެ. ​އެމްއެމްސީގެ އިންތިހާބު ކުރިއަށް ގެންގޮސްފައިވަނީ އެ ކޮމިޝަންގެ 6 ވަނަ ދައުރަށް ހޮވުނު މެންބަރުންނާ އެކު ބޭއްވި ޖަލްސާގައެވެ.މީގެ އިތުރުން އެޖަލްސާ އަކީ އެ ކޮމިޝަންގެ 6 ވަނަ ދައުރުގެ މެންބަރުންނާ އެކު ބޭއްވި ފުރަތަމަ ޖަލްސާއެވެ. ރައީސްކަމަށް ހޮވުނު ޝަހުބާންގެ އިތުރުން އެ […]

ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 13 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 13 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 4 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 7 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 13392 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 577 އެކްޓިވް ކޭސް ހިމެނޭއިރު، 61 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. މިބަލީގައި ރާއްޖެ އިން މިހާތަނަށް 48 މީހަކު ނިޔާވެފައި ވާއިރު […]

ކޮވިޑް19 ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލައިދޭން ހުށަހަޅައިފި!

ކޮވިޑް-19 ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލައިދޭނެކަމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ލަންކާ ސަރުކާރަށް އަންގާފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން މައުލޫމާތު ދީފިއެވެ. ކޮވިޑްގައި މަރުވާ މީހުން ރާއްޖޭގައި ވަޅުލައިދިނުމަށް ލަންކާ ސަރުކާރުން އެދިފައި މިވަނީ އެގައުމުގައި ކޮވިޑު ބަލީގައި މަރުވާ މުސްލިމުން، އެމީހުންގެ އާއިލާގެ ނުގަބޫލުގައި އަންދަމުންދާ މައްސަލަ ބޮޑުވެފައިވައިވާ ދުވަސްވަރެއްގައެވެ. ކޮވިޑް ބަލީގައި މަރުވާ މީހުން އެންދުމަށް ލަންކާއިން ނިންމުމާ ގުޅިގެން މުސްލިމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކާއި ހިޔާލު ތަފާތުވުންތައް އުފެދި […]