ދެވަނަ ޓާމުގައި ސްކޫލްތަކުގައި ކިޔަވައިދިނުން ކުރިއަށްދާނެ ގޮތުގެ ސާކިއުލާއެއް ނެރެފި!

Loading

Facebook
Twitter
WhatsApp

ކޮވިޑް-19 އާ ގުޅިގެން ދެވަނަ ޓާމުގައި ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ކަންކަން ކުރިއަށްދާނެ ގޮތުގެ ސާކިއުލާއެއް އެޑިއުކޭޝަން މިނިސްޓްރީން ނެރެފިއެވެ.

ކޮވިޑް19 ފެތުރެން ފެށުމާއެކު ރާއްޖޭގެ ސްކޫލްތައް ބަންދުކުރިއެވެ.އެއާއެކު އޮންލައިންކޮށް ކިޔަވައިދޭން ހުރިހާ ސްކޫލެއްގައިވެސް ފެށުނެވެ. ނަމަވެސް ފަހުން ވަނީ ކޮވިޑް ނުފެތުރޭ ރަށްރަށުގައި އެރަށްރަށު ސްކޫލްތަކަށް ގޮސް ކިޔަވައިދިނުމުގެ ކަންކަން ފަށާފައެވެ. އޭގެ ފަހުން މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ރަނގަޅުވުމާއެކު މާލޭގައިވެސް ވަނީ މަތީ ގްރޭޑްތަކަށް ސްކޫލްތަކުގައި ކިޔަވާދޭން ފަށާފައެވެ.

ދެވަނަ ޓާމްގެ ކިޔެވުން އަންނަ ޖެނުއަރީ މަހު 10 ވަނަ ދުވަހު ފަށާއިރު އެ ޓާމް ޖޫން 24 އަށް ނިމޭނެއެވެ. އެއަށްފަހު ދެން ފަށާނީ ދިރާސީ އާ އަހަރެވެ.​

އަންނަ އަހަރު ސްކޫލްތައް ހުޅުވާއިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތައް ތިން ގޮތަކަށް ކެޓެގަރީކޮށްފައި ވެއެވެ. މިގޮތަށް ކެޓަގަރީ ކޮށްފައި ވަނީ ސްކޫލްތަކުގައި ކިޔަވާ ދޭ ދަރިވަރުންގެ އަދަދަށް ބަލާފައެވެ. އެގޮތުން އެއް ދަންފަޅިއަކަށް ކިޔަވައިދެވޭނެ ސްކޫލްތަކުން ގައިދުރުކަން ބަހައްޓައިގެން ހަފްތާއަކު ފަސް ދުވަހު ކިޔަވާދިނުމުގެ ކަންކަން ކުރިއަށްގެންދެވޭނެ ކަަމަށް ބުނެފައި ވެއެވެ.

އަދި ދެ ދަންފަޅިއަކަށް ކިޔަވައިދެވޭނެ ސްކޫލްތަކުންވެސް ގައިދުރުކަން ބަހައްޓައިގެން ހަފްތާއަކު ފަސް ދުވަހު ކިޔަވާދިނުމުގެ ކަންކަން ކުރިއަށްގެންދެވޭނެ ކަަމަށް ބުނެފައި ވެއެވެ.

ތިންވަނަ ކެޓަގަރީގައި ބުނެފައި ވަނީ، ދެ ދަންފަޅިއަކަށް ކިޔަވައިދޭ ސްކޫލްތަކުން ގައިދުރުކަން ބަހައްޓައިގެން ދެ ދުވަހުން އެއް ދުވަހު ސްކޫލަށް ހާޒިރުވެވިދާނެ ކަމަށެވެ. ނަމަވެސް އެ ދަރިވަރުންނަށް ދެ ހަފުތާއިން ޖުމްލަ ފަސް ދުވަހު ސްކޫލަށް ހާޒިރުވެވެން ޖެހޭ ކަމަށް ބަޔާންކޮށްފައިވާއިރު، އެ ސްކޫލުތަކުގައި އޮންލައިންކޮށް އަދި ސީދާ ސްކޫލަށް ގޮސްގެން ކިޔަވާދެވޭނެ ކަމަށް ބުނެފައި ވެއެވެ.

ޢަދީ މީގެ އިތުރުން އެ ސާކިއުލާގައި ބުނެފައި ވަނީ، އަންނަ އަހަރު ސްކޫލްތައް ހުޅުވާއިރު، ސްކޫލްތަކުގައި އޮންލައިން ކޮންނާއި، ސްކޫލަށް ގޮސްގެން ކިޔަވާދެވޭނެ ކަމަށެވެ. އަދި ކޮވިޑް-19 ފެތުރެމުންދާ ރަށެއްގެ ސްކޫލްތަކުގައި ކްލާސްތަކުގައި އެކަކު އަނެކަކާއި ގައިދުރުކަން ބަހައްޓައިގެން ކިޔަވައިދިނުމުގެ ކަންކަން ކުރިއަށްގެންދެވޭނެ ކަމަށް ބުނެފައި ވެއެވެ. އަދި އޮންލައިން ކްލާސްތަކާއި، ސްކޫލަށް ގޮސްގެން ކިޔަވާދެވޭނެ ގޮތެއް ނެތްނަމަ، ޓެލެކިލާސް މެދުވެރިކޮށް ކިޔަވާދެވޭނެ ގޮތް ހަމަޖައްސުމަށްވެސް އެ ސާކިއުލާގައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް