ރ.ވާދޫ މީހުން ރެދަން ބަލާތާ އެއްތައް އަހަރެއް!

Loading

Facebook
Twitter
WhatsApp

މި ދުވަސްވަރު އެންމެ ގަދަޔަށް ދެކެވެނީ ހުޅުމާލޭ ބީޗުން ރެދަން ފެނިގެން އެވާހަކަ އެވެ.

ރެދަންލުމަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. މި ގޮތުން ރާއްޖޭގައި ރެދަން ލުމުގަައި އެންމެ މަޝްހޫރުވެފައިވަނީ ރ. ވާދޫ އެވެ.

ރ. ވާދޫގައި ރެދަންލާން ފެށީ މި ފަހަކުން ނޫނެވެ. މީގެ އެތައް އަހަރެއް ކުރިން ފެށިގެން ކޮންމެ އަހަރަކުވެސް އެ ރަށުގެ ގޮނޑުދޮށުން މި ހިތްގައިމުކަން ފެނެއެވެ.

މިދުވަސްވަރު އެ ރަށުގައި ވެސް ރެދަންލާއިރު މިއީ މި އަހަރު އެ ރަށުން ރެދަން ފެންނަ ދެވަނަ ފަހަރެވެ.

ވާދޫއަކީ މި ކަމުގައި ބަނަލްއަގުވާމީ ސަމާލުކަން ލިބިފައިވަނީ ރަށެކެވެ.

މަގުބޫލް ބީބީސީ، ސީއެންއެން އަދި ބީބީސީއިން ވެސް މި ވާހަކަތައް ގެނެސްދިނެވެ.

ވާދޫގެ މި މަންޒަރު ބަލާލުމަށް ބޭރުގެ ފަތުރުވެރިންގެ އިތުރުން ސައިންސްވެރިން ވެސް ޒިޔާރަތް ކުރިއެވެ.

ވާދޫއަކީ ގޫގުލްއިން ”ސީ އޮފް ސްޓާރސް“ގެ ލަގަބު ދީފައިވާ މަޝްހޫރު ރަށެކެވެ.

ރެދަންލުމުގެ އިތުރުން ވެސް އެ ރަށަކީ ހިތްފަސޭހަ ކަމާއި ސާފުތާހިރުކަމާއި ކުށްމަދުކަމުގެ އިތުރުން ގުދުރަތީ ރީތިކަމުގައި ނަން ހިނގާ ރަށެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް