ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 8 ވޭދަނަ!

Loading

Facebook
Twitter
WhatsApp

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 8 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 4 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި އަނެއް 4 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

އަދި މިއަދަކީ ޖޫން މަހުގެ 02 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. ޖޫން މަހުގެ 02 ވަނަ ދުވަހު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ ދެމީހުންނެވެ.

މިއަދު އަށް މީހުން ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ 2613 މީހުން ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ.

އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 13501 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 517 އެކްޓިވް ކޭސް ހިމެނޭއިރު، 40 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިބަލީގައި ރާއްޖެ އިން މިހާތަނަށް 48 މީހަކު ނިޔާވެފައި ވާއިރު، 12929 މީހަކުވަނީ ބަލިން ފަސޭހަވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް