ކޮވިޑް-19 ވެކްސިން މިމަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ލިބޭނެ!

މިމަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކޮވިޑް-19 ވެކްސިން ލިބޭނެކަން ކަށަވަރު ވެއްޖެ ކަމަށް ދައުލަތުގެ މީޑިޔާ ޕީއެސްއެމް އިން ބުނެފިއެވެ. ޕީއެސްއެމް އިން ބުނީ ​ކޮވިޑް-19 ވެކްސިން ރާއްޖެ ގެނައުމުގެ މަސައްކަތުގެ އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކު 26 ވަނަ ދުވަހު ރާއްޖެއަށް ވެކްސިން ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ. ​ރާއްޖެ އަށް މިމަހު ވެކްސިން ގެންނާނެ ކަމަށް ބުނި ނަމަވެސް ގެންނާނީ ކިހައި އަދަދެއްގެ ވެކްސިނެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. […]

އުންމީދު ކުރަނީ އިންސާފުވެރި ހުކުމަކަށް: ޣައްސާން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ މައްސަލަ އާއި ގުޅިގެން 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިސްތިއުނާފު ސަރީއަތުގެ ހުކުމް އިއްވުން ފަސް ކުރި ނަމަވެސް، އިންސާފުވެރި ހުކުމެއް އިއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ. މިމައްސަލައިގެ ހުކުމް އިއްވުމަށް ކުރިން ކަނޑައެޅުނީ މިމަހުގެ 14 ވަނަ ދުވަހަށެވެ. ނަމަވެސް މިހާރު […]

މެލޭސިޔާގެ 8 ސްޓޭޓް އަކަށް އެމް.އޯ.ސީ (މޮމެންޓް ކޮންޓްރޯލް އޯޑަރ) ނެރެނީ!

މި ހަފްތާގެ ބުދަ ދުވަހުގެ ރެއިން ފެށިގެން ​މެލޭސިޔާގެ 8 ސްޓޭޓް އަކަށް އަނެއްކާވެސް އެމް.އޯ.ސީ (މޮމެންޓް ކޮންޓްރޯލް އޯޑަރ) ނެރޭނެ ކަމަށް އެޤައުމުގެ ބޮޑު ވަޒީރު ވަނީ ވިދާޅުވެފައެެވެ. އެޤައުމުގެ ބޮޑު ވަޒީރު މިހެން ވިދާޅުވެފައި ވަނީ މިއަދު ބޭއްވި ޙާއްސަ ޕްރެސް ކޮންފަރެންސެއްގައެވެ. މީގެ އިތުރުން އެޤައުމުގެ ބޮޑު ވަޒީރު މުހިއްދީން ޔާސިން ވިދާޅުވީ ހަލުވި ކަމާއެކު ކޮވިޑް19 ފެތުރެމުން އަންނާތީވެ އެޤައުމުގެ އެތޭރޭގެ އުދުހުންތައްވެސް އެމް.އޯ.ސީ ނެރުމާއެކު ބަންދުވާނެ ކަމަށެވެ. އަދި މިފަހަރުގެ […]

ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 25 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 25 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 10 ކޭސް ފެނިފައިވަނީ ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުންނެވެ. އަނެއް 15 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 14065 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 701 އެކްޓިވް ކޭސް ހިމެނޭއިރު، 47 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިބަލީގައި ރާއްޖެ އިން މިހާތަނަށް 49 […]

އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި!

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކެއް ހޯދަން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިއުލާނުކޮށްފައެވެ. 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ބާއްވަން އުޅުނު ލޯކަލް ކައުންސިލް އިންތިހާބު ކޮވިޑާ ގުޅިގެން ލަސްކުރުމަށް ފަހު، ދެން ބާއްވަން އުޅުނީ އަންނަ މާޗް މަހުގެ ހަ ވަނަ ދުވަހު އެވެ. ނަމަވެސް ފަހުން އިލެކްޝަން ކޮމިޝަނުން (އީސީ) އިން ވަނީ ކައުންސިލްތަކުގެ އިންތިހާބު އަންނަ އެޕްރީލް […]

ފުވައްމުލައް ސިޓީގައި މޫދަށް އެރި އުޅެނިކޮށް ގެއްލުނު ކުއްޖާ ނިޔާވެއްޖެ!

ފުވައްމުލައް ސިޓީގައި މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 17 އަހަރުގެ ފުވައްމުލަކު ޔޫރޯގެ، އަޙްމަދު ފައުޒާން ޙަސަން މޫދު އަޑީގައި އޮއްވާ ފެނިފައިވަނީ 17:50ކަން ހާއިރެވެ. ​ފައުޒާން ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 16:47 ހާއިރު އެވެ. އިތުރު ކުދިންތަކަކާއެކު މޫދަށް އެރި އުޅެނިކޮށް މި ކުއްޖާ ގެއްލުނީ ފުވައްމުލަކު ސިޓީގެ ”މާނޭރާ“ ސަރަހައްދަށެވެ. ​މިޒުވާނާ ނިޔާވެފައިވަނީ ފުވައްމުލަށް ސިޓީ ހޮސްޕިޓަލުގައި އަވަސް ފަރުވާ ދެމުންދަނި ކޮށެވެ. މޫދުއަޑިން ފެނުނު މިކުއްޖާއަށް […]

ރާއްޖެ އަށް 20,000 ވުރެން ގިނަ ފަތުރުވެރިން‏ އަހަރުގެ ފުރަތަމަ ހަފްތާގައި!

20,000 އަށް ވުރެ ގިނަ ފަތުރުވެރިން މި އަހަރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ރާއްޖެ އަތުވެއްޖެ އެވެ. އަހަރުގެ ފުރަތަމަ ހަފްތާގެ ހުރިހާ ދުވަހެއްގައިވެސް ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 2،945 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ.އެގޮތުން ފުރަތަމަ ހަފްތާގައި ޒިޔާރަތް ކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 20،612 އެވެ. އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން މި އަހަރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާއިންނެވެ. 5331 ފަތުރުވެރިން އެޤައުމުން […]

ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 37 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 37 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން އެހެން ރަށްތަކުން ފައްސިވި 8 މީހުންގެ ތެރެއިން އެކަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުން ވަނީ 7 މީހަކު ފައްސިވެފައެވެ. އަނެއް 26 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. ހަމަ މިއާއެކު ރާއްޖެ އިން ބޭރުން އައި 3 މީހަކުވެސް ވަނީ ފައްސިވެފައެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 13967 […]

​​އިންގްލޭންޑް އަނެއްކާވެސް ލޮކްޑައުން ކުރަން އެޤައުމުން ނިންމައިފި!

މުޅި އިންގްލޭންޑް އެއްކޮން 6 ހަފްތާ އަށް ބަންދުކުރަން އެޤައުމުގެ ސަރުކާރުން ނިންމާފައިވަނީ ކޮވިޑް19 ގެ އައު ވޭރިއެންޓް އެޤައުމުގައި ހަލުވި ކަމާއެކު ފެތުރެން ފެށުމާއި ގުޅިގެންނެވެ އަނެއްކާވެސް ލޮކްޑައުން ކުރަން އެޤައުމުން ނިންމައިފި!​ އިންގްލޭންޑްގެ ބޮޑު ވަޒީރު ވިދާޅުވީ ޤައުމު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި މިހާރުވެސް ހޮސްޕިޓަލް ތަކުގައި މިދިޔަ އަހަރު އެޕްރިލް ގައި ފުރަތަމަ ފަހަރަށް އެޤައުމު ޕީކް އަށް އެރި ވަރަށް ވުރެން %40 ގިނަ ބަލިމީހުންނަށް ހޮސްޕިޓަލް ތަކުގައި […]

ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 30 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 30 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 13 ކޭސް ފެނިފައިވަނީ ތަރައްޤީ ކުރަމުންދާ ރިސޯޓްތަކުންނެވެ. އަދި އަނެއް 17 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 13834 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި، 613 އެކްޓިވް ކޭސް ހިމެނޭއިރު، 29 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިބަލީގައި ރާއްޖެ އިން މިހާތަނަށް […]