ކޮވިޑް-19 ވެކްސިން މިމަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ލިބޭނެ!

25

މިމަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކޮވިޑް-19 ވެކްސިން ލިބޭނެކަން ކަށަވަރު ވެއްޖެ ކަމަށް ދައުލަތުގެ މީޑިޔާ ޕީއެސްއެމް އިން ބުނެފިއެވެ.

ޕީއެސްއެމް އިން ބުނީ ​ކޮވިޑް-19 ވެކްސިން ރާއްޖެ ގެނައުމުގެ މަސައްކަތުގެ އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކު 26 ވަނަ ދުވަހު ރާއްޖެއަށް ވެކްސިން ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

​ރާއްޖެ އަށް މިމަހު ވެކްސިން ގެންނާނެ ކަމަށް ބުނި ނަމަވެސް ގެންނާނީ ކިހައި އަދަދެއްގެ ވެކްސިނެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ސިންގަޕޫރުގެ އެސްޓްރާޒެނެކާއިން ​ރާއްޖެ އަށް ކޮވިޑް-19 ވެކްސިންގ ގަތުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭސްއިން މިދިޔަ މަހުގެ 31 ވަނަ ދުވަހު ވަނީ ވިދާޅުވެފައެވެ. މިކަމާގުޅޭ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ސަރުކާރުން ވިދާޅުވެފައިވެއެވެ.

1 ހިޔާލު

  1. ތިއީ އިންޑިއާއިން ހިލޭދޭ ވެކްސިންކޮޅޫ ސިންގަޕޯރު ކުންފުންޏަކުން ގަންނަކަމަށް ހަދާފަ ރައްޔަތުންގެ ޓެކްސް ފައިސާގަނޑެއް އަނެއްކާވެސް ހިލާލަނީބާއެވެ. ދެން ހެސްކިޔާފަ އެންމެންވެގެން ޚިޔާނާތްވާންފެށީމާ މިގޮތަށް ހިތްނުތަނަވަސްވާ ކޮހުންވެސް އުޅޭނެކަން ހަނދުމަކުރަށްވާށެވެ. އެޅިހާ ބަތަކަށް ރިހަ އެއް މިޒަމާނުގައި ނުވާނެއެވެ. ބަލާ ޗެކް ޖަހަންޖެހެއެެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ