ކޮވިޑް19: އިތުރު 143 މީހަކު ފައްސިވެއްޖެ!

މިއަދު ކޯވިޑް19 އަށް ފައްސިވެފައިވަނީ 143 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 104 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 8 މީހަކާއި ހަދަމުން ދާ ރަށަކުން 5 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 26 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 74,074 އަށް އަރައިފައެވެ. އޭގެ ތެރޭގައި 3,359 އެކްޓިވް ކޭސް ހިމެނޭއިރު 23 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ […]
މާލެ ސަރަޙައްދުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދެނީ!

އަންނަ ބުދަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދޭން ސަރުކާރުން ވަނީ ތައްޔާރުވެފައެވެ. އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު ވިދާޅުވީ މާތް ﷲގެ އިރާދަފުޅާއެކު މި ހަފްތާގެ ހުކުރު ނަމާދު ކުރެވިގެން ދާނީ މިސްކިތު ޖަމާޢަތުގައިކަމަށެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާކޮށް މިސްކިތްތައް ބަންދުކޮށްފައިވަނީ މެއި މަހުގެފަހުކޮޅުގައެވެ. އެއާ އެކު އެޅި އިތުރު ފިޔަވަޅުތަކަށް ފަހު، ފައްސިވަމުންދާ އަދަދުތައް މަދުވަމުން ދިޔުމާ […]
ޓެކްސީއަކުން ބަނގުރާ ދަޅުތަކެއް ހޯދައި ހުޅުމާލެއިން ބަޔަކު ހައްޔަރުކޮށްފި!

ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޓެކްސީއަކުން ބަނގުރާ ދަޅުތަކެއް ހޯދައި، ތިން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ އިދާރާއިން ބުނީ ހުޅުމާލެއިން ޓެކްސީއެއް ބަލައި ފާސްކޮށް ބަނގުރާ ދަޅުތަކަކާއި އެކު 3 މީހަކު ހައްޔަރު ކޮށްފައިވަނީ ރޭ 12:10 ހާއިރުކަމަށެވެ. އެ ޓެކްސީ ބަލައި ފާސް ކުރިއިރު 48 ދަޅު ބަނގުރާ ވަނީ ފެނިފަ އެވެ. މީގެ އިތުރުން ފުލުހުން ވިދާޅުވީ، މަސްތުވާތަކެއްޗާ އަދި ބަނގުރާއާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި، […]
ކޮވިޑް19: އިތުރު 172 މީހަކު ފައްސިވެއްޖެ!

މިއަދު ކޮވިޑް19 އަށް ފައްސިވެފައިވަނީ 172 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 96 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 10 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 66 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 72,466 އަށް އަރައިފައެވެ. އޭގެ ތެރޭގައި 4,362 އެކްޓިވް ކޭސް ހިމެނޭއިރު 41 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ އިން […]
މާލެ ސަރަހައްދުގައި ކާފިއު ވަގުތު ހަވީރު 6 އިން ފަތިހު 4 އަށް ކުޑަކޮށްފި!

ރައީސް އޮފީހުން ރޭ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑްގެ ނަންބަރުތަކަށް ބަލައި ބައެއް ލުއިތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގެ ކާފިއު ވަގުތު ހަވީރު 6:00 ފަތިހު 4:00 އަށް ކުޑަ ކޮށް ވިޔާފާރި ކުރުމުގައި އުޅުމަށް އިތުރު 2 ގަޑި އިރު ލިބޭގޮތަށް ނިންމާފިއެވެ. އެހެންކަމުން މިހާރު ކާފިއު އޮންނަ ވަގުތުން ދެގަޑިއިރު މިބަދަލުގެ ސަބަބުން މަދުވެގެން ދާނެއެވެ. އަދި ކާފިއު ގަޑި ފިޔަވައި […]
މިޝްކާއަށް ފަރުވާނުދީ ލަސްވެގެންދިޔައީ ސިއްޙީ ހިދުމަތް ފޯރުކޮށްދިނުމުގައި މިއީ އެމަޖެންސީ ހާލަތެއްކަން ކޯލު ސެންޓަރުންނާއި އެޗްއީއޯސީގައި މަސައްކަތް ކުރަމުންދާ މެޑިކަލް ރެސްޕޯންސް ޓީމް (ޑީއެމްއާރްޓީ) ބުނެފައި ނެތުމުން: ރިޕޯޓް

ކޮވިޑް ބަލީގައި ނިޔާވި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާއަށް ފަރުވާނުދީ ލަސްވެގެންދިޔައީ ސިއްޙީ ހިދުމަތް ފޯރުކޮށްދިނުމުގައި މިއީ އެމަޖެންސީ ހާލަތެއްކަން ކޯލު ސެންޓަރުންނާއި އެޗްއީއޯސީގައި މަސައްކަތް ކުރަމުންދާ މެޑިކަލް ރެސްޕޯންސް ޓީމް (ޑީއެމްއާރްޓީ) ބުނެފައި ނެތުމުން ކަމަށް އެ ހާދިސާގައި ހެލްތު މިނިސްޓްރިީން އެކުލަވާލި ކޭސް ރިޕޯޓުގައި ބުނެފި އެވެ. މީގެ އިތުރުން، އެޗްއީއޯސީގެ ކޯލް ސެންޓަރއިން ކޯލްތަކަށް ޖަވާބު ދެއްވި ފަރާތްތަކުން މިޝްކާގެ ހާލަތުގެ ސީރިއަސްކަމާއި ހާލަތަށް އައި ބަދަލު ދެނެގަނެވިފައި ނެތްކަމާއި އަދި […]
ކޮވިޑް19: ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އަތޮޅު ތެރޭ ރަށްތަކުން!

މިއަދު ކޯވިޑް19 އަށް ފައްސިވެފައިވަނީ 211 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 132 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 25 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 54 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 71,709 އަށް އަރައިފައެވެ. އޭގެ ތެރޭގައި 5,403 އެކްޓިވް ކޭސް ހިމެނޭއިރު 46 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ އިން […]
ކޮވިޑް19 ފެތުރުން ކޮންޓްރޯލުކުރުމަށް މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދީފި!

މާލެ ސަރަޙައްދުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމަށް އެޅިފައިވާ ފިޔަވަޅުތަކަށް 16 ޖޫން 2021 އިން ފެށިގެން ލުއިދިނުމަށް އެޗްޕީއޭ އިން ނިންމައިފިއެވެ. ލުއިދިނުމުގެ ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަޙައްދުގައި ޚިދުމަތްދެމުންދާ ބޯކޮށާ ތަންތަނާއި ސެލޫންތައް އެޕޮއިންޓްމަންޓު އުޞޫލުން ޚިދުމަތްދޭގޮތަށް ހުޅުވައިގެން ޚިދުމަތްދިނުން، ފަތިހު 4 ން ހެނދުނު 8 އަށް، ހަމަ އެކަނި ބޭރުގައި ކުރާ ކަސްރަތުތައް ކުރުމަށް ހުއްދަ ދިނުން، ހެނދުނު 8 ން ހަވީރު 4 އަށް އާންމުންނަށް ފިހާރަތަކަށް ވަދެވޭ ގޮތަށް ޙިދުމަތްދިނުމާއި […]
ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް މަސައްކަތުން އެކަހެރިކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމައިފި!

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވުމުން އެ އޮފީހުން ވަކި ގޮތެއް ނިންމަން ދެން މަހްލޫފް މަގާމުން އެކަހެރިވެ ހުންނެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަންގަވައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް މިއަދު ވިދާޅުވީ، މަހުލޫފަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާތީ، އޭނާއަށް ދައުވާ ކުރުމާ މެދު ޕީޖީ އޮފީހުން ގޮތެއް ނިންމަންދެން އޭނާ […]
ކޮވިޑް19: އިތުރު 552 މީހަކު ފައްސިވެއްޖެ!

މިއަދު ކޯވިޑް19 އަށް ފައްސިވެފައިވަނީ 552 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 249 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 31 މީހަކާއި އަލަށް ތަރައްޤީ ކުރަމުން އަންނަ ރަށަކުން މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 271 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 68,502 އަށް އަރައިފައެވެ. އޭގެ ތެރޭގައި 18,462 އެކްޓިވް ކޭސް ހިމެނޭއިރު 164 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން […]