ކޮވިޑް19: އިތުރު 143 މީހަކު ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

މިއަދު ކޯވިޑް19 އަށް ފައްސިވެފައިވަނީ 143 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 104 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 8 މީހަކާއި ހަދަމުން ދާ ރަށަކުން 5 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 26 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 74,074 އަށް އަރައިފައެވެ. އޭގެ ތެރޭގައި 3,359 އެކްޓިވް ކޭސް ހިމެނޭއިރު 23 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިހާތަނަށް ރާއްޖެ އިން 213 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 70,490 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް