ކޮވިޑް19: ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އަތޮޅު ތެރޭ ރަށްތަކުން!

135

މިއަދު ކޯވިޑް19 އަށް ފައްސިވެފައިވަނީ 211 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 132 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 25 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 54 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 71,709 އަށް އަރައިފައެވެ. އޭގެ ތެރޭގައި 5,403 އެކްޓިވް ކޭސް ހިމެނޭއިރު 46 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

މިހާތަނަށް ރާއްޖެ އިން 205 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 66,090 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ