ތުލުސްދޫއިން އަލުން ޓޫރިސްޓުންނަށް މަރުޙަބާ ކިޔައިފި

ގެސްޓު ހައުސްތަށް އަލުން ހުޅުވުމަކީ ލިބިލެއްވި ހިތް ހަމަޖެހުމެއް ކަމަށް ޝަހީމް ކޮވިޑް-19ގެ ސަބަބުން ގެސްޓު ހައުސްތައް ބަންދުކުރިތާ ގިނަ ދުވަސްތަކަކަށް ފަހު އަލުން ތުލުސްދޫ ޓޫރިސްޓުންނަށް ހުޅުވާލައިފި އެވެ. ތުލުސްދޫން އިއްޔެ ވަނީ އެ ރަށަށް ފުރަތަމަ އައި ދެ ޓޫރިސްޓުންނަށް މަރުހަބާ ކިޔައިފަ އެވެ.   ތުލުސްދޫއަކީ ލޯކަލް ޓޫރިޒަމްގައި ވަރަށް ބޮޑަށް ކުރިއަރާފައިވާ ރަށެކެވެ. އަދި ގިނަ ޢަދަދެއްގެ ގެސްޓްހައުސްތަކެއް ހުންނަ ރަށެކެވެ. ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ޓޫރިސްޓުންނަށް ބަންދު ކުރުމަށްފަހު […]

ފުރާންސުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން ހުއްޓާލަންޖެހޭ: އާދަމް ޝަރީފް

ފުރާންސުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޖޯކު ޖަހައިފައިވާތީ، އެޤައުމުގެ އުފެއްދުންތަށް ރާއްޖެ އެތެރެކުރުން ހުއްޓާލަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ބައެއް ޤައުމުތަކުން އިސްލާމްދީނަށާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރަމުންދާ ކަމަށާއި އެ ޤައުމުތަކާއި މެދު ދިވެހި ސަރުކާރުން އެއްވެސް ބަހެއް ނުބުނާ ކަމަށެވެ. އެއީ ދިވެހިން ބޭނުންވާނެ ގޮތެއް ނޫން […]

ނޮވެމްބަރ މަހުން ފެށިގެން ނުރަސްމީ ގަޑިތަކުގައި ކައިވެނިކޮށްދޭން ފަށަނީ

ކޮވިޑް19އާއި ގުޅިގެން ހަމައެކަނި ރަސްމީ ގަޑިތަކުގައި ކައިވެނި ކޮށްދޭގޮތަށް ހަމަޖައްސާފައި އޮތް އޮތުން ނިމުމަކަށް ގެނެސް ނުރަސްމީ ގަޑި ތަކުގައިވެސް ކައިވެނި ކޮށްދިނުމަށް ނިންމަވައިފިއެވެ. ފެމެލީ ކޯޓުން ބުނެފައިވަނީ މިފެށޭ ނޮވެމްބަރ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް ނުރަސްމީ ގަޑީގައިވެސް ކައިވެނި ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އޮގޮތަށް ނިންމަވާފައވަނީ މި އޮކްޓޯބަރ މަހުގެ 20ވަނަ ދުވަހު ބޭއްވުނު ފެމިލީ ކޯޓުގެ ޤާޒީންގެ ޢާންމު މަޖިލީހުންނެވެ. ފެމިލީ ކޯޓުން ވިދާޅުވެފައިވަނީ މިބަދަލު ގެނައީ ކޮވިޑް19ގެ ޙާލަތާއި […]

ޙާލަތު ގޯސްވެ ގްރީސްގައި ކާފިއު އިޢްލާނު ކޮށްފި

ކޮވިޑް-19 ފެތުރުން ހަލުވިވެ ޙާލަތު ގޯސްވުމާއި ގުޅިގެން ގްރީސްގައި ކާފިއު އިޢްލާނު ކޮށްފިއެވެ. ކޮވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކާފިއު ހިންގަން ނިންމާފައިވަނީ ގްރީސްގެ އެންމެ ނުރައްކާ ބޮޑުވެފައިވާ ސަރަޙައްދުތަކުގައި އެކަންޏެވެ. މި ސަރަޙައްދުތަކުގައި ކާފިއު ހިންގަން ނިންމާފައިވަނީ ރޭގަނޑުގެ ވަގުތުތަކުގައި އެކަންޏެވެ. ގްރީސްގައި ކާފިއުއާއި އެކު ފުރަބަންދުގެ ފިޔަވަޅުތައް ޤާއިމްކޮށްފައިވާކަން އިއުލާނުކުރައްވަމުން އެޤައުމުގެ ބޮޑުވަޒީރު، ކީރިއާކޯސް މިޓްސޮތާކިސް ވިދާޅުވެފައި ވަނީ، ނުރައްކާ އެންމެ ބޮޑު ސަރަޙައްދުތަކުގައި ހަރުކަށި […]

ހިޔާ ފްލެޓްތަށް މަރޗް މަހު ހަވާލުކުރަން މަސައްކަތް ކުރަނީ

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް އަންނަ މަރޗް މަހު ހަވާލުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހްމަދު ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވެފައިވަނީ 25 ބުރީގެ ޓަވަރުތަކުގައި މިހާރު ކުރަނީ ތަޅުން އެޅުމުގެ މަސައްކަތްކަމަށެވެ. އަދި އެއީ، ކުރަން ހުރި އެންމެ ފަހުގެ މަސައްކަތް ކަމަށާއި ކަރަންޓާއި ފެން ވައިރުކޮށް ފެބްރުއަރީގެ ނިޔަލަށް މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތާ އެކު ޕާކިން އާއި ލޭންޑް ސްކޭޕިންގެ މަސައްކަތް […]

މިނިސްޓަރ ނަސީމުގެ ޤާބިލު ކަމާއިމެދު ކުރީގެ މިނިސްޓަރ ދުންޔާ ސުވާލު އުފައްދަވައިފި

އިއްޔެ ހެލްތު މިނިސްޓަރގެ މަޤާމަށް އައްޔަނު ކުރެވުނު އަޙްމަދު ނަސީމުގެ ޤާބިލު ކަމާއިމެދު ކުރީގެ ފޮރިން މިންސްޓަރ، ކުރީގެ ރައީސް މައުމޫނުގެ ދަރިކަނބަލުން ސުވާލު އުފައްދަވައިފިއެވެ. ހެލްތް މިނިސްޓަރ ނަސީމުގެ ޤާބިލުކަމާއި މެދު ދުންޔާ ސުވާލު އުފައްދަވައި ފައިވަނީ އެކަމަނާ ކުރެއްވެވި ޓުވީޓެއްގައެވެ. މިކަމާއި ގުޅޭގޮތުން ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދުނިޔޭގައި ބޮޑު ބަލިމަޑުކަމެއް ފެތުރެމުންދާ މި ޙާލަތުގައި ކުއްލި ގޮތަކަށް ހެލްތު މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަތުމަށް މިނިސްޓަރ ނަސީމަކީ އެކަށީގެންވާ ބޭފުޅެއްކަމާއި މެދު ސުވާލު އުފެދޭ […]

ހެލްތު މިނިސްޓަރަކަށް އަޙްމަދު ނަސީމު ހަމަޖައްސަވައިފި

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ކަމުގައި ހުންނެވި އަޙްމަދު ނަސީމު ހެލްތު މިނިސްޓަރަކަށް ހަމަޖައްސަވައިފިއެވެ. ހެލްތް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ އަމީން އެ މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ނަސީމް، އެ މަގާމަށް ހަމަޖައްސާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި ނަސީމަށް އެ މަޤާމުގެ ފަތްކޮޅު އިއްޔެގެ ވަގުތެއްގައި އަރުވާފައިވާ ކަމަށްވެސް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވިއެވެ. ހެލްތް މިނިސްޓަރު ކަމުން އަމީން އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ އިތުބާރު ނެތްކަމުގެ […]

އެމެރިކާގެ ޙާރިޖީ ވަޒީރު މިމަހު ރާއްޖެ ވަޑައިގަންނަވަނީ

އެމެރިކާގެ ޙާރިޖީ ވަޒީރު މައިކަލް އާރް ޕޮމްޕެއޯ މިމަހު ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ. މައިކަލް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފއިވަނީ މި އޮކްޓޫބަރ މަހުގެ 28ވަނަ ދުވަހުއެވެ. ފޮރިން މިނިސްޓްރީ އިން ވިދާޅުވެފައިވަނީ ޕޮމްޕެއޯގެ މިދަތުރުފުޅުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ އަރިއަހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވަވާނެ ކަމަށެވެ. އަދި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި އެކު ރަސްމީ މަޝްވަރާތައް ބާއްވަވާކަމަށެވެ.   ފޮރިން މިނިސްޓްރީން ވިދާޅުވީ، […]

މާލޭގައި ހުއްދަ ނުނަގާ މުޒާހަރާ ކުރެވޭ ގޮތަށް ފާސްކޮށްފި

މާލޭގައި ހުއްދަ ނުނަގާ މުޒާހަރާ ކުރެވޭ ގޮތަށް، އެއްވެ އުޅުމުގެ ޤާނޫނު އިސްލާޙް ކުރަން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ. އެއްވެ އުޅުމާއި މުޒާހަރާ ކުރުން ހަނިކުރާ އިސްލާހު ކުރިން އޮތް ގޮތަށް ބަދަލު ކުރަން މަޖިލީހަށް ހުށަހެޅީ، ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރެވެ. މިދިޔަ އަހަރު ޖާބިރު އެ އިސްލާޙް ހުށަހެޅުއްވި ނަމަވެސް، އޭނާ ވަނީ އެ އިސްލާޙު އަނބުރާ ގެންދަވާފައެވެ. އެހެން ނަމަވެސް ކޮމިޓީ މަރުހަލާގައި […]

ބޮޑެތި ވިޔަފާރިތަކަށް 544މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

ކޮވިޑް19 އާ ގުޅިގެން ބީއެމްއެލް މެދުވެރިކޮށް 384 ވިޔަފާރިއަކަށް ޖުމްލަ 544.8 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކަށް 8 މިލިއަން ޑޮލަރު ވެސް ލޯނުގެ ގޮތުގައި ވަނީ ދޫކޮށްފަ އެވެ. ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ލޯނަށް އެދި 579 ވިޔަފާރިއަކުން ވަނީ މިހާތަނަށް ހުށައަޅައިފައިވާއިރު، މިހާތަނަށް 410 ވިޔަފާރިއަކަށް ލޯނު ދޫކުރަން އެޕްރޫވް ކޮށްފައިވާ ކަމަށް […]