އެމެރިކާގެ ޙާރިޖީ ވަޒީރު މިމަހު ރާއްޖެ ވަޑައިގަންނަވަނީ

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ޙާރިޖީ ވަޒީރު މައިކަލް އާރް ޕޮމްޕެއޯ މިމަހު ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

މައިކަލް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފއިވަނީ މި އޮކްޓޫބަރ މަހުގެ 28ވަނަ ދުވަހުއެވެ. ފޮރިން މިނިސްޓްރީ އިން ވިދާޅުވެފައިވަނީ ޕޮމްޕެއޯގެ މިދަތުރުފުޅުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ އަރިއަހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވަވާނެ ކަމަށެވެ. އަދި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި އެކު ރަސްމީ މަޝްވަރާތައް ބާއްވަވާކަމަށެވެ.

 

ފޮރިން މިނިސްޓްރީން ވިދާޅުވީ، މި މަޝްވަރާތަކުގައި ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ކުރިމަގުގައި ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާއި ބެހޭ ގޮތުން ދެބޭފުޅުން ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 1992 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކަރ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.

އެމެރިކާގެ ޙާރިޖީ ވަޒީރު ޕޮމްޕެއޯގެ ދަޢުވަތަކަށް މިނިސްޓަރ ޝާހިދު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހު އެމެރިކާގެ ވެރިރަށް ވޮޝިންޓަންއަށް ވަޑައިގެން ޕޮމްޕެއޯ އާ ބައްދަލުކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް