ތުލުސްދޫއިން އަލުން ޓޫރިސްޓުންނަށް މަރުޙަބާ ކިޔައިފި

Loading

Facebook
Twitter
WhatsApp

ގެސްޓު ހައުސްތަށް އަލުން ހުޅުވުމަކީ ލިބިލެއްވި ހިތް ހަމަޖެހުމެއް ކަމަށް ޝަހީމް ކޮވިޑް-19ގެ ސަބަބުން ގެސްޓު ހައުސްތައް ބަންދުކުރިތާ ގިނަ ދުވަސްތަކަކަށް ފަހު އަލުން ތުލުސްދޫ ޓޫރިސްޓުންނަށް ހުޅުވާލައިފި އެވެ. ތުލުސްދޫން އިއްޔެ ވަނީ އެ ރަށަށް ފުރަތަމަ އައި ދެ ޓޫރިސްޓުންނަށް މަރުހަބާ ކިޔައިފަ އެވެ.

 

ތުލުސްދޫއަކީ ލޯކަލް ޓޫރިޒަމްގައި ވަރަށް ބޮޑަށް ކުރިއަރާފައިވާ ރަށެކެވެ. އަދި ގިނަ ޢަދަދެއްގެ ގެސްޓްހައުސްތަކެއް ހުންނަ ރަށެކެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ޓޫރިސްޓުންނަށް ބަންދު ކުރުމަށްފަހު ބޯޑަރު ހުޅުވައި ރިސޯޓުތަށް އަލުން ހުޅުވައި ލުމަށް ހުއްދަ ދިނީ ޖުލައި މަހުގެ ތެރޭގައެވެ. އަދި މިހާރު ލޯކަލް ޓުޗަރިޒަމް އަށް ހުއްދަ ދެވި ގެސްޓު ހައުސްތަށް ހުޅުވާލުމަށް ވެސް މިވަނީ ހުއްދަ ދެއްވާފައެވެ.

އެގޮތުގެ މަތިން ތުލުސްދޫގެ ތިން ގެސްޓް ހައުސްއަކަށް ހުއްދަ ދީފައިވި ނަމަވެސް ޓޫރިސްޓުން އަދި އައީ އެންމެ ގެސްޓްހައުސް އަކަށެވެ.

ގިނަ ދުވަސްތަކަށް ފަހު ރަށް ޓޫރިސްޓުންނށް ހުޅުވައިލުމުން އެރަށަށް ޒިޔާރަތް ކުރި ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް އެ ރަށުގައި ކުޑަ ހަފުލާއެއް ވެސް ވަނީ ބާއްވާފަ އެވެ.

ތުލުސްދޫ ކައުންސިލް މެމްބަރު މުހައްމަދު ޝަހީމް ވިދާޅުވީ ރަށުގެ ގިނަ ޒުވާނުންގެ ދިރިއުޅުން ގުޅިފައިވަނީ ގެސްޓްހައުސްގެ ވިޔަފާރިއާ ކަމަށާއި އެހެންވެ، އެ ތަންތަން ބަންދުކޮށްފައި ހުރުމުން އެ މީހުންގެ ދިރިއުޅުމަށް ވެސް އަސަރުކޮށްފައިވާ ކަމަށެވެ. ގެސްޓްހައުސްގެ ވިޔަފާރި އަލުން ފެށުމަކީ އެންމެންނަށް ވެސް ލިބުނު ހިތްހަމަ ޖެހުމެއް ކަމަށް އޭނާގެ ވާހަކައިގައި ވިދާޅުވިއެވެ.

ޓޫރިސްޓުން ގޮވައިގެން ރާޅާ އަޅަން ގޮސް، މޫދަށް ގޮސް ހަދާނީ ޒުވާނުން ކަމަށާއި، މަސައްކަތެއް ނެތިފައި އެހެން ތިބެން ޖެހުމުން، ގޯސް އަތަކަށް ޒުވާނުން އަޅާފާނެ ކަމުގެ ބިރު އޮތް ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި އަލުން ވިދާޅުވިއެވެ.

ޓޫރިސްޓުން އައުމާ އެކު، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މިންގަނޑާއި އެއްގޮތަށް އެ ރަށުގައި މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައެވެ. އެގޮތުން މިހާރު އާއްމުންނަށް ބޭރަށް ނިކުމެވޭނީ މާސްކް އަޅައިގެންނެވެ.

ތުލުސްދޫގެ އިތުރުން ގިނަ ރަށްތަކެއްގައި މިހާރު އަންނަނީ ގެސްޓްހައުސްތައް ހުޅުވައި، ޓޫރިސްޓުންނަށް މަރުހަބާ ކިޔަމުންނެވެ. އެކަމަކު ޒިޔާރަތް ކުރާ މީހުންގެ އަދަދު އިތުރުވެ، ވިޔަފާރިތަކަށް ކުރިއެރުމެއް އަންނާނީ ޑިސެމްބަރުމަހުގެ ތެރޭގައި ކަމަށް ކަމާބެހޭ ތަޖުރިބާކާރުން ލަފާ ކުރައްވައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް