ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ފަސް ރަށަކަށް އެހީވަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ”އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑު“ ން ފަސް ރަށަކަށް އެހީވާން ނިންމައިފި އެވެ. ބީއެމްއެލް އިން ބުނީ، އެ ފަންޑުގެ އެހީތެރިކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅި ރަށްރަށުގެ ތެރެއިން ފަސް ރަށެއް ކަނޑައަޅާފައިވާ ކަމަށެވެ. މިއަހަރުގެ ދެވަނަ ކުއާޓަރގައި ހޮވުނު އެންމެ ރަނގަޅު ފަސް ޕްރޮޖެކްޓަކީ: ހދ. ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްގީކުރުން – ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ށ. ޅައިމަގު ގައި ޕިކްނިކް ސަރަހައްދެއް ތަރައްގީކުރުން – ޅައިމަގު […]
ޖާބިރުގެ އާ ރިސޯޓްގެ ބައެއް އާއްމުންނަށް ހިލޭ ހުޅުވާލަނީ

މަޝްހޫރު ވިޔަފާރި ވެރިޔާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަލަށް ތަރައްގީކުރަމުން އަންނަ ވ. ބޮޑުމޮހޮރާގެ ވަކި ސަރަހައްދެއް މިއަދުން ފެށިގެން އާންމުންނަށް ދެވޭނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. އެރަށުގައި ހުންނަވައިގެން ސޯޝަލް މީޑިއާގައި އިއްޔެ އާންމު ކުރެއްވި ވީޑިއޯ އެއްގައި ޖާބިރު ވިދާޅުވީ ބޮޑުމޮހޮރާގައި ތަރައްގީކުރާ ”ޖާބިރު ހެޕީ ކްލަބް“ މިއަދުން ފެށިގެން ދިވެހި ރައްޔިތުންނަށް އެރަށުން މަރުހަބާ ކިޔާނެ ކަމަށެވެ. ޖާބިރު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި […]
ދެ ޑޯޒަށް ފަހު ދަތުރު ނުކުރެވޭތީ ރޮޒައިނާ ސަރުކާރަށް ފާޑު ކިއައިފި

ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ރަށްރަށަށް ދަތުރުނުކުރެވޭ ގޮތަށް އުސޫލުގައި ކަނޑައެޅުމާއި ގުޅިގެން އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް ސަރުކާރަށް ފަޑުކިއައިފި އެވެ. ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް ޖެހި ރަނގަޅު ވެފައިވާ މީހުންނަށް ދަތުރުކުރެވޭނެނަމަ ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާ ފަރާތްތަކަށްވެސް ދަތުރުކުރެވެން ވާނެކަމަށެވެ. އެހެން ނޫނީ ވެކްސިން ޖެހުމުގެ ބޭނުމެއް ނެތްކަމަށް ކަމަށެވެ. ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ލުއިތަކެއް ދިނުމަށް […]
އޮޑިޓާ ޖެނެރަލް މަގާމަށް ނިޔާޒީގެ ނަން ހުށަހަޅައިފި

ހުސްވެފައިވާ އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވުމަށް، ގ. އައިފަ، ހުސައިން ނިޔާޒީގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އޮޑިޓާ ޖެނަރަލްގެ މަގާމަށް ނިޔާޒީ އައްޔަންކުރަން މަޖިލީހުގެ ލަފައަކަށް އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ފޮނުއްވި ސިޓީ އިއްވާފަ އެވެ. އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވުމަށް ނިޔާޒީގެ ނަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވާފައި މިވަނީ، އޮޑިޓާ ޖެނެރަލްގެ މަގާމު މިދިޔަ މޭމަހު ހުސްވެފައިވަނިކޮށެވެ. އެސިސްޓަންޓް އޮޑިޓާ ޖެނެރަލްގެ މަޤާމުގައި މިހާރު […]
ހިޔާ ފްލެޓްގެ އަގު ކުޑަކުރާނަމަ ސަރުކާރަށް ބޮޑު ތަކްލީފެއް އުފުލަން ޖެހޭނެ: ރައީސް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގެ އަގު އިތުރަށް ކުޑަކުރަންވެއްޖެނަމ ދައުލަތުން ވަރަށް ބޮޑު ތަކުލީފެއް އުފުލަންޖެހޭނެ ކަމަށާ މިހާރުގެ އަގަށް އިތުރު ބަދަލެއް ގެނެވިދާނެކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ބޭއްވި ނީސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ އަގު މި ސަރުކާރުން ވަރަށް ބޮޑުތަން ކުޑަކޮށްދީފައިވާ ކަމަށެވެ. ”މިއަށްވުރެ ކުޑަކުރާކަމަށްވަންޏާ ވަރަށް ބޮޑު ތަކުލީފެއް ސަރުކާރުން އިތުރަށް އުފުލަންޖެހޭނެ. މިހާރުވެސް […]
އިންޑިއާއިން ކިޔަވަން ހުރިހާ ހަރަދަކާ އެކު 18 ސްކޮލާޝިޕެއްގެ ފުރުސަތު ހުޅުވާލައިފި

އަވައްޓެރި އިންޑިއާއިން މަތީތައުލީމު ހާސިލުކުރަން ހުރިހާ ހަރަދެއް ދޭ ގޮތަށް 18 ސްކޮލާޝިޕެއްގެ ފުރުސަތު ހަޔާއެޑިއުކޭޝަން މިންސްޓްރީން ހުޅުވާލައިފި އެވެ. މިނިސްޓްރީން ހުޅުވާލައިފައި ވަނީ ބެޗްލާސް އޮފް އޯޑިއޮލޮޖީ އެންޑް ސްޕީޗް ލޭންގުއޭޖް ޕެތޮލޮޖީ ކިޔަވަން ބޭނުންވާ 11 ފުރުސަތަކާއި ބެޗްލާސް އޮފް އޮކިއުޕޭޝަނަލް ތެރަޕީ ކިޔަވަން ބޭނުންވާ ހަތް ފުރުސަތަކަށެވެ. މި ފުރުސަތު ހުޅުވާލައިފައި ވަނީ އިންޑިއާގެ ދެ ކޮލެޖަކުން ނެވެ. އެއީ ނަސީމާ އިންސްޓިޓިއުޓް އޮޕް ސްޕީޗް އެންޑް ހިއަރިންގާއި […]
ނަޝީދަށް ހަމަލާ ދިން ގަޑީގައި އަރިހުގައި ހުރި ބޮޑީގާޑުގެ އޮޕަރޭޝަނެއް ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާގައި ޒަހަމްވި އެމަނިކުފާނުގެ ބޮޑީގާޑު އިލްހާމް އާދަމް ކަނދުރާގެ އޮޕަރޭޝަނެއް މާދަމާ ކުރުމަށް ތައްޔާރުވެއްޖެ އެވެ. ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޮމުގެ ހަމަލާއިން ރައީސް ނަޝީދު ސަލާމަތްކުރި އެމަނިކުފާނުގެ ބޮޑީގާޑު އިލްހާމް ސާރ ގެ ކަނދުރާގެ ޑިސްކު ހަލާކުވެފައިވާ ކަމަށެވެ. އެހެންކަމުން ކަނދުރާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން މާދަމާ އައިޖީއެމްއެޗްގައި އިލްހާމްގެ […]
ކްރިމިނަލް ކޯޓް ރިސެސް އަށް

އިއްޔެއިން ފެށިގެން އަންނަ މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް ރިސެސްއަށް ދިއުމަށް ނިންމާފައިވާކަން ކްރިމިނަލް ކޯޓުން ހާމަކޮށްފިއެވެ. ކްރިމިނަލް ކޯޓުން ބުނީ ރިސެސްގެ މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދާނީ ކޮންމެހެން ބާއްވަންޖެހޭ ހާއްސަ ޝަރީއަތްތަކުގެ އަޑުއެހުންތައް އެކަނިކަމަށެވެ. އެގޮތުން ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމަށް މަޖިލިސްތައް ބޭއްވުމާއި، ތަހްގީގުކުރާ އިދާރާތަކުން އެދިގެން ނެރެދޭ އަމުރުތައް ނެރުމުގެ މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް އެކޯޓުން ކުރަމުން ގެންދާނެ ކަމަށް ކްރިމިނަލް ކޯޓުން […]
ޓެކްސްތައް ބަހާލައިގެން ދެއްކޭނެ ލުއި ގޮތްތަކެއް ހަމަޖައްސައިފި

ޓެކްސް ނުދެއްކިފައިވާ ފަރާތްތަކަށް އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެން ޓެކްސް ދެއްކޭނެގޮތް ލުއި ގޮތްތަކެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަމަޖައްސައިފި އެވެ. މީރާއިން ބުނީ ޓެކްސް ދެއްކުމުގައި ލުއިތަކެއް ދީފައި މިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ޓެކްސް ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް އިތުރު ލުޔެއް ދިނުމުގެ ގޮތުންކަމަށެވެ. މީރާ އިން ދިން ލުއިތަކުގެ ތެރޭގައި އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، އޭގެ ކުރިން އިންސްޓޯލްމަންޓް އުސޫލުން ފައިސާ […]
ފެހެންދޫ ބަނދަރުގެ ބްރިޖް މަސައްކަތް ފަށައިފި

ބ.ފެހެންދޫ ބަނދަރު ތަރައްގައިކުރުމުގެ މަސްރޫއުގެ ދަށުން ތަރައްގީކުރުމުގެ ދަށުން ހަދ ބްރިޖްގެ މަސައްކަތް ފަށައިފިއެވެ. ފެހެންދޫ ބަނދަރުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެކްޓިން ކޮމްޕެނީ އެމްޓީސީސީން ބުނީ މި ބްރިޖްޖަކީ ބަދަރާއި ކަނެޓްކުރުމަށް އަޅާ ބްރިޖެއްކަމަށާ، މިހާރު ކުރިއަށްދަނި ކަނެކްޓިން ބްރިޖްގައި ސެލެބް އެޅުމުގެ މަސައްކަތް ކަމަށެވެ. އެކުންފުނިން ބުނީ ފެހެންދޫ ބަނދަރުގެ މަޝްރޫގެ 89 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. ފެހެންދޫ ބަނދަރުހެދުމުގެ މި މަޝްރޫއަކީ 45.1 ރުފިޔާގެ މަޝްރޫއެކެވެ. މި […]