ޖާބިރުގެ އާ ރިސޯޓްގެ ބައެއް އާއްމުންނަށް ހިލޭ ހުޅުވާލަނީ

Loading

Facebook
Twitter
WhatsApp

 

 

މަޝްހޫރު ވިޔަފާރި ވެރިޔާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު  އަބްދުﷲ ޖާބިރު އަލަށް ތަރައްގީކުރަމުން އަންނަ ވ. ބޮޑުމޮހޮރާގެ ވަކި ސަރަހައްދެއް މިއަދުން ފެށިގެން އާންމުންނަށް ދެވޭނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އެރަށުގައި ހުންނަވައިގެން ސޯޝަލް މީޑިއާގައި އިއްޔެ އާންމު ކުރެއްވި ވީޑިއޯ އެއްގައި ޖާބިރު ވިދާޅުވީ ބޮޑުމޮހޮރާގައި ތަރައްގީކުރާ ”ޖާބިރު ހެޕީ ކްލަބް“ މިއަދުން ފެށިގެން ދިވެހި ރައްޔިތުންނަށް އެރަށުން މަރުހަބާ ކިޔާނެ ކަމަށެވެ.

ޖާބިރު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވެފައިވާ ދަނޑިވަޅެއްގައި ބޮޑުމޮހޮރާ ދިވެހި ރައްޔިތުންނަށް ހުޅުވާލަނީ އެ ރަށުގެ ފޭސް އެކެއްގެ ގޮތުގައި ކަމަށެވެ.

އަދި  އެރަށަށް ދަތުރު ކުރެވޭނެ އުސޫލެއް ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ބޮޑުމޮހޮރާ އަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް އެއްވެސް ފީއަކާ ނުލައި އެ ރަށަށް ދަތުރު ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް ވެސް ޖާބިރު ވަނީ ނިންމަވާފަ އެވެ.
”މިފަދަ ބޮޑު ޕެންޑެމިކެއް ދާއިރު ދިވެހި ރާއްޖޭގެ ރައްޔިތުން ދަތުރުގޮސްލައި މަޖާކޮށްލާނެ ރަށެއްވެސް ނެތް. އެހެން ކަމުން ބޮޑު މޮހޮރާ ޑިވެލޮޕްމަންޓު ޕްރައިވެޓް ލިމިޓެޑުން ހުރިހާ ދިވެހި ރައްޔިތުންނަށް އާދެވޭ ގޮތަށް އެއްވެސް ފީއެއް ނެގުމަކާ ނުލައި އާދެވޭ ގޮތަށް ހުރިހާ ހިދުމަތެއް ހުންނަ ގޮތަށް އެކެއް ޖުލައި އިން ފެށިގެން ބޮޑު މޮހޮރާ ހުޅުވިފަ އޮންނަ ވާހަކަ ދަންނަވާލަން.“ ޖާބިރު ވިދާޅުވިއެވެ.
ބޮ ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އެ ރަށް ޖާބިރުގެ އަތުން ނަގާފަ އެވެ. ޖާބިރަށް ފަހުން ބޮޑުމޮހޮރާ ލިބުނީ އޭނާއަށް އެ ރަށް ދޭން ކޯޓުން ހުކުމްކުރުމާ ގުޅިގެނެވެ.

ވ.ބޮޑު މޮހޮރާއަކީ ހިތްގައިމު ބޮޑު ފަޅުރަށެކެވެ. މެރިން ރިސާޗު ސެންޓަރުގެ އެކިއެކި ބޭނުންކަށާއި ތަޙްލީލުތަކަށް އެރަށް ކުރިނއް ބޭނުންކުރިއެވެ.

އޭގެފަހުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010ވަނަ އަހަރު އެރަށްވަނީ މެރިން ކަލްޗަރގެ ދާއިރާއިން ތަރައްގީކުރުމަށް ހުޅުވާލިއެވެ.  އެހެންނަމަވެސް އޭގެފަހުން 2011ވަނަ އަހަރު އެރަށްވަނީ ރިސޯޓް ހަދަން ސަރުކާރުން އިއުލާން ކުރި  ރަށްރަކުގެ ތެރޭގައި ހިމަނައި އަލުން އިއުލާން ކުރިއެވެ.

އެ ރަށުގައި ރިސޯޓެއް ތަރައްގީކުރަން ޖާބިރަށް 2012 ވަނަ ދޫކުރިއެވެ. އެރަށް ދީފައިވަނީ ޖާބިރާއި އަނބިކަނބަލުން ދިޔާނާ ސައީދުގެ ހިއްސާ އޮންނަ މެރިން ޓެކްނޮލަޖީ މޯލްޑިވްސް އަށެވެ.

އޭގެފަހުން 2014ވަނަ އަހަރު ރައިސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ފިނޭންސް މިނިސްޓްރީންވަނީ ޖާބިރަށް މިރަށް ދޭން މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް އެކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭކަމުގެ ތުހުމަތުކޮށް އޭސީސީން އެކަން ހުއްޓުވިއެވެ.

މިމައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމާއެކު އެކޯޓުންވަނީ 2017ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 16ވަނަ ދުވަހު ޖާބިރާ އެއްކޮޅަށް ހުކުމްކޮށްފައެވެ. އެކޯޓުން ހުކުމްކުރީ ޖާބިރުގެ ހިއްސާ އޮންނަ މެރިން ޓެކްނޮލޮޖީއާ ރަށް ހވާލުކުރުމަށެވެ.

އެހެންނަމަވެސް ފަހުން ސުޕްރީމްކޯޓުންވަނީ ސިވިލް ކޯޓުން ކުރި ހުކުމްކުމް ބާތިލްކޮށް، އެމައްސަލަ ބެއްލެވި ގާޒީވެސް ޒިންމާތަކުން ދުރުކޮށްފައެވެ.
މިދިޔަ އަހަރުގެ ފެބުރުއަރީގައި ޓުއަރިޒަމް މިނިސްޓްރީން ބޮޑުމޮހޮރާ ޖާބޮރާ ހަވާލުކުރީ 36 މަސް ދުވަހުގެ ތެރޭގައި ރިސޯޓް ހަދާގޮތަށް ޖާބިރުގެ ބޮޑު ޙިއްސާއެއް އޮންނަ މެރިން ޓެކްނޮލޮޖީ މޯލްޑިވްސްއާ 50 އަހަރުދުވަހުގެ މުއްދަކަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް