އޮޑިޓާ ޖެނެރަލް މަގާމަށް ނިޔާޒީގެ ނަން ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp

 

ހުސްވެފައިވާ އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވުމަށް، ގ. އައިފަ، ހުސައިން ނިޔާޒީގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އޮޑިޓާ ޖެނަރަލްގެ މަގާމަށް ނިޔާޒީ އައްޔަންކުރަން މަޖިލީހުގެ ލަފައަކަށް އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ފޮނުއްވި ސިޓީ އިއްވާފަ އެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވުމަށް ނިޔާޒީގެ ނަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވާފައި މިވަނީ، އޮޑިޓާ ޖެނެރަލްގެ މަގާމު މިދިޔަ މޭމަހު ހުސްވެފައިވަނިކޮށެވެ.

އެސިސްޓަންޓް އޮޑިޓާ ޖެނެރަލްގެ މަޤާމުގައި މިހާރު ހުންނެވި ނިޔާޒީގެ ނަން މަޖިލީހަށް ހުށަހެޅުމުން، އެ ނަން ދިރާސާކުރެއްވުމަށް ވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައެވެ.

ރާއްޖޭގެ އެންމެ ސީނިއަރ އެއް ޗާޓާޑް އެކައުންޓެންޓްކަމަށްވާ ނިޔާޒީއަކީ އޮޑިޓް އޮފީހުގައި މަސައްކަތް ކުރައްވަމުން ގެންދަވާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ބޭފުޅެކެވެ.

އޮޑިޓް އޮފީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފައިނޭންޝަލް އޮޑިޓް ޑިވިޝަންގެ އެންމެ އިސްވެރިޔާގެ މަގާމު ވެސް މިވަގުތު އެންމެ އިސްކޮށް ހުންނެވީ ނިޔާޒީ އެވެ.

އޮޑިޓާ ޖެނަރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހަސަން ޒިޔަތުގެ މޭމަހުގެ 12 ވަނަ ދުވަހު އިސްތިއުފާދެއްވުމާއި ގުޅިގެނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް