ކަނޑުގައި އޮޔާދާ ހުސް އޮނަކާއި މި ސަރުކާރުގެ ސިޔާސަތާއި އެއްވެސް ތަފާތެއް ނެތް

ކަނޑުގައި އޮޔާދާ ހުސް އޮނަކާއި މި ސަރުކާރުގެ ސިޔާސަތާ އެއްވެސް ތަފާތެއްނެތްކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. އޮޔާދާ އޮނަކާއި މި ސަރުކާރާއި އެއްފަދަ ކުރައްވައި ސައީދުވަނީ ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓް އޭނާ ކުރެއްވީ އޮންލައިން ނޫހެއްގައި ޖަހާފައިވާ ދެ ހަބަރެއްގެ ސްކްރީން ޝޮޓަކާއެކުއެވެ. އޭގެއިން އެއް ހަބަރަކީ ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންގެ މުސާރަ ބޮޑުކުރުމާއި […]
އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދުމުގެ ސުންގަޑި އަކީ މި މަހު 17

ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް) އިން ދޫކުރަމުން އަންނަ ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅުމުގެ ސުންގަޑި މި މަހުގެ 17ވަނަ ދުވަހު ހަމަވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ. ބީއެމްއެލް އިން ބުނީ ވަކި އަދަދެއް ކަޑައަޅާފައިވާ އެ ލޯން ދޫކުރަމުން އަންނަނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން އެންމެ ފުރަތަމަ ހުށަހަޅާ ފަރާތްތަކަށް އިސްކަން ދީގެން ކަމަށެވެ. މީގެ އިތުރުން މިހާތަނަށް ބޭންކުން ބަލައިގެންފައިވާ ލޯން އެޕްލިކޭޝަންތަކުގެ އަދަދު […]
އިންކުއަރީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކުރާނަން: ރައީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގި ޕާލިމަންޓަރީ އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިހުރި މައްސަލަތައް ވީއެންމެ އަވަހަކަށް ހައްލުކުރައްވާނެ ކަމުގެ ޔަގީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ. މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ ރިޕޯޓްގައި ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ މިރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ބައްލަވާ، އެކަންކަމުގައި އިސްލާހުކުރަން ހުރި […]
އަބްދުﷲ ކަމާލުއްދީން ސިޔާސީ ޕާޓީއެއް އުފައްދަވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި އަދި ރައީސް ޔާމިންގެ ސަރުކާރާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އަބްދުﷲ ކަމާލުއްދީން (އޭކޭ) އިސްވެ ހުންނަވައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފިއެވެ. މައުމޫން ސަރުކާރުގައި ކެބިނެޓުގައި އެތައް އަހަރަކު މަސައްކަތް ކުރައްވާފައިވާ ކަމާލުއްދީން ވަނީ ޑީއާރުޕީގައި އުޅުއްވުމަށްފަހު 2012 ވަނަ އަހަރު ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގެންފަ އެވެ. އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ކުރެއްވުމަށް ފަހު މައުމޫން […]
ބޮމެއް ގޮއްވާލާނެ ކަމަށް ބުނި މައްސައިގައި ހައްޔަރުކުރި އެކަކު ދޫކޮށްލައިފި

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދިރިއުޅުއްވާ ރަސްމީ ގެކޮޅު ކަމަށްވާ މުލިއާގެ ގޮއްވާލާނެ ކަމުގެ އިންޒާރު ދިން މައްލައާ ގުޅިގެން ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި އެވެ. ފުލުހުން މައުލޫމާތުދޭ ގޮތުގައި ފުލުހުންގެ ހައްޔަރުގައި މިހާރުހުރީ ބޮންގޮއްވާލާނެ ކަމުގެ އިންޒާރު ދިން މީހާއެވެ. އޭނާއާއެކު ހުރި ދެވަނަ މީހާ ދޫކޮށްލީ މިވަގުތު ބަންދުގައި ބަހައްޓަން ނުފެންނާތީކަމަށް ފުލުހުން ބުނެއެވެ. މުލިއާގެ ކައިރިން ދިޔަ ދެ މީހަކު އެ މީހުން ގެންގުޅުނު […]
އަގު ދޭންޖެހޭ ޕާކިން ޒޯންތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މާލޭގައި އަގު ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ހާއްސަ ޖާގަތަކަށް އެދުމުގެ މުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ. މާލެ ސިޓީ ކައުންސިލުް ކުރި އިއުލާނެއްގައިވާ ގޮތުގައި މާލޭގެ 10 ސަރަހައްދަކުނ ް ޖުމްލަ 211 ޖާގައަށް އެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ހަތަރުފުރޮޅީ އުޅަނދުތަކުގެ ތެރެއިން ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ 350 ކިލޯގެ ޕިކަޕާއި، ކާރު އަދި ވޭނަށެވެ. އަގު ދީގެން ޕާކުކުރުމަށް ދޫކުރުމަށް ހަމަޖައްސާފައިވާ ސަރަހައްދުތައް: މއ. […]
ގަތަރު އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފި

ގަތަރު އެއާވޭސް އިން ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރުކޮށް ދުވާލަކު ހަތަރު ދަތުރުކުރަން ފަށައިފިއެވެ. ގަތަރު އެއާވޭސްއިން ބުނީ ދަތުރުތައް އިތުރުކުރީ ހޫނު މޫސުމާއި ދިމާކޮށް ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ކަމަށެވެ. ރާއްޖޭގެ ބޯޑަރު މިދިޔަ އަހަރުތެރޭ އަލުން ހުޅުވާލުމާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ. ރާއްޖޭގެ ބޯޑަރު ހުޅުވުމުން އެންމެފުރަތަމަ ރާއްޖެ އައިސްފައިވަނީ ވެސް މި އެއާލައިންގެ ބޯޓެކެވެ. މި އެއާލައިނުންވަ ވަނީ ބޯޑަރު […]
މެނޭޖިން ޑިރެކްޓަރުންނާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންގެ މުސާރަ ބޮޑުކޮށްފި

ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ންނާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ންގެ މުސާރަ ބޮޑު ކޮށްފިއެވެ. މި ވަޒީފާތަކުގެ މުސާރަ އަށް ބަދަލު އައިސް ބޮޑުވެފައި މި ވަނީ ފިނޭންސް މިނިސްޓްރީން ކުންފުނިތައް ގިންތިކޮށް ޕާފޯމަންސް ބަލަން ބަދަލުގެނެސް ހަދާފައިވާ އުސޫލާ ގުޅިގެންނެވެ. މި ބަދަލާއެކު ސަރުކާރު ކުންފުނިތަކުގެ އެންމެ ދަށް ކެޓަގަރީގެ ކުންފުންޏެއްގެ އެމްޑީގެ މިހާރުގެ މުސާރަ އަށް އެވްރެޖުކޮށް 10،000ރުފިޔާ އާއި 15،000 ގެ […]
މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓް ކެޑޭނެ

މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދު ދެ ގަޑިއިރަށް ކަރަންޓު ކަޑަން ޖެހިދާނެ ކަމަށް ކަރަންޓްގެ ހިދުމަތްދޭ ސްޓެލްކޯއިން ބުނެފި އެވެ. ސްޓެލްކޯއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އިންޓަކަނެކްޝަން މެދުވެރިކޮށް މާލެ އާއި ހުޅުމާލެ އަދި ހުޅުލެ، ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލަން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރަން މާދަމާ ކަރަންޓު ކަނޑާލަން ޖެހިދާނެ ކަމަށެވެ. ކަރަންޓު ކަނޑާނީ މާދަމާ ހެނދުނު 7:00 އިން 9:00 އަށް މާލޭގެ ބައެއް ސަރަހައްދުތަކުން ނެވެ. ސްޓެލްކޯއިން ބުނީ […]
ނަޝީދަށް ސަލާމަތީ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ހިމަނައިގެން އިންކުއަރީ ރިޕޯޓް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެ ދިން ބޮމުގެ ހަމާލާއާ ގުޅިގެން ހިންގި ޕާލިމަންޓަރީ އިންކުއަރީ ރިޕޯޓު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ކުރިއަށްގެންދިޔަ އިންކުއަރީ ރިޕޯޓް އެ ކޮމިޓީން ރޭ ފާސްކޮށްފި އެވެ. ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ބެލީ އެކަން ހިނގައިދިޔަ ގޮތާއި، އެކަމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ. ކޮމިޓީގެ ނާއިބު މުގައްރިރު އަދި ހެންވޭރު ހުޅަނގު […]