މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓް ކެޑޭނެ

Loading

Facebook
Twitter
WhatsApp

 

މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދު ދެ ގަޑިއިރަށް ކަރަންޓު ކަޑަން ޖެހިދާނެ ކަމަށް ކަރަންޓްގެ ހިދުމަތްދޭ ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އިންޓަކަނެކްޝަން މެދުވެރިކޮށް މާލެ އާއި ހުޅުމާލެ އަދި ހުޅުލެ، ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލަން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރަން މާދަމާ ކަރަންޓު ކަނޑާލަން ޖެހިދާނެ ކަމަށެވެ.

ކަރަންޓު ކަނޑާނީ މާދަމާ ހެނދުނު 7:00 އިން 9:00 އަށް މާލޭގެ ބައެއް ސަރަހައްދުތަކުން ނެވެ.

ސްޓެލްކޯއިން ބުނީ އެ މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓުގެ ކަނޑާ ހިސާބުތަކަށް އަލުން ހިދުމަތް ދޭނެ ކަމަށާއި އެ މަސައްކަތަކީ އިންޓަކަނެކްޝަން ޕްރޮޖެކްޓްގެ އަމަލީ ހުރިހާ މަސައްކަތެއް ނިންމާ، މާލޭގެ ސިސްޓަމާއި ގުޅާލުމަށްޓަކައި ކޮންމެހެން ވެސް ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.

ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ޕްރޮޖެކްޓަކީ މާލެ ސަރަހައްދަށް ޖަމާވާ މީހުންގެ އަދަދު އިތުރުވެ ކަރަންޓް ބޭނުންކުރުން އިތުރުވުމާއި ގުޅިގެން ދިމާވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލު ހޯދަން ހިންގާ ބޮޑު މަޝްރޫއެކެވެ.

އެ މަޝްރޫގެ ދަށުން މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގައި ބޮޑު ހަ ޓްރާންސްފޯމަރު ބަހައްޓަން ވަނީ ނިންމާފަ އެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރު ބަހައްޓާއިރު، ހުޅުލޭގައި އަށް އެމްވީއޭގެ ދެ ޓްރާންސްފޯމަރު ބަހައްޓުމަށް ވަނީ ހަމަޖައްސާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް