މެނޭޖިން ޑިރެކްޓަރުންނާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންގެ މުސާރަ ބޮޑުކޮށްފި

263

ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ންނާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ންގެ މުސާރަ ބޮޑު ކޮށްފިއެވެ.

މި ވަޒީފާތަކުގެ މުސާރަ އަށް ބަދަލު އައިސް ބޮޑުވެފައި މި ވަނީ ފިނޭންސް މިނިސްޓްރީން ކުންފުނިތައް ގިންތިކޮށް ޕާފޯމަންސް ބަލަން ބަދަލުގެނެސް ހަދާފައިވާ އުސޫލާ ގުޅިގެންނެވެ.
މި ބަދަލާއެކު ސަރުކާރު ކުންފުނިތަކުގެ އެންމެ ދަށް ކެޓަގަރީގެ ކުންފުންޏެއްގެ އެމްޑީގެ މިހާރުގެ މުސާރަ އަށް އެވްރެޖުކޮށް 10،000ރުފިޔާ  އާއި 15،000 ގެ އިތުރުވުމެއް އަންނާނެ އެވެ.

އަލަށް އެކުލަވާލި އުސޫލުގައިވާ ގޮތުން ޔުޓިލިޓީ ކުންފުނިތަކުގެ ތެރެއިން 111 ރަށަށް ވުރެ ގިނަ ރަށުގައި ކުންފުނީގެ ގޮފިތަށް ހިންގަމުންދާ ކުންފުނިތަކަށް “ހާޑްޝިޕް އެލަވަންސް” ގެ ގޮތުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ކޮންމެ މަހަކު 16،000 ރުފިޔާ ދެވިދާނެ އެވެ.
އަދި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަށް މި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 12،800ރުފިޔާ ދެވިދާނެ އެވެ.

އިޖުތިމާއީ ރައްކާތެރިކަމުގެ ހިދުމަތްދޭ ކުންފުނިތަކަށް “އިޖުތިމާއީ ރައްކާތެރިކަމުގެ ހާއްސަ އެލަވަންސް” ގެ ގޮތުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ކޮންމެ މަހަކު 12،300ރުފިޔާ ދެވިދާނެ އެވެ. އަދި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަށް މި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 9،840ރުފިޔާ ދެވިދާނެ އެވެ.

އެމްޑީ އާއި ޑީއެމްޑީގެ އަސާސީ މުސާރަ (ޔޫޓިލިޓީ / ޔޫޓިލިޓީ ނޫން ކުންފުނިތައް)

  • އޭ ކެޓަރީގެ ކުންފުނިތައް: އެމްޑީ، 52,260ރ. / ޑީއެމްޑީ، 41,808ރ
  • ބީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީ، 42,880 / ޑީއެމްޑީ، 34,304ރ
  • ސީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީ، 34,304ރ. / ޑީއެމްޑީ، 27,443ރ.
  • ޑީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީ، 33,000rރ. / ޑީއެމްޑީ، 26,000ރ.
  • އީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީ، 27,443ރ. / ޑީއެމްޑީ، 21,955ރ.

ނަމަވެސް، “ހާޑްޝިޕް އެލަވަންސާ” އި އިޖުތިމާއީ ރައްކާތެރިކަމުގެ ހާއްސަ އެލަވަންސް ކުންފުނީގެ ބޯޑުން ފާސްކޮށް ހަމަޖެއްސުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް ގެ ހުއްދަ ލިޔުމުން ލިބިގެންނެވެ.ފިނޭންސުން އަލަށް އެކުލަވާލި އުސޫލުގައިވާ ގޮތުން ކުންފުނިތަކުގެ ބޯޑު މެންބަރުގެ އިނާޔަތްތައް ދެން ދޭނީ އެއް އުސޫލެއްގެ ދަށުންނެވެ.

އ މި މި އުސޫލުގައި ވަނީ ކުންފުނުތައް ގިންތިކޮށް އެންމެ ކުޑަކޮށް އަސާސީ މުސާރަ ދެވޭނެ މިންވަރު ވެސް ކަނޑައަޅާފައިވެ އެވެ.

އަދި “ފައިނޭންޝަލް ޕަފޯމަންސް އެލަވަންސް” އެއް ދެވޭނެ ގޮތްވެސް ފިނޭންސް މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ.

މި އެލަވަންސް ދެވޭނީ ކުންފުނިތަކުގެ މާލީ ހިސާބުތައް ރިވިއު ކުރުމަށްފަހު ކުންފުނިތަކާއެކު ކުރެވޭ މަޝްވަރާ ތަކަށް ބިނާކޮށް ކަނޑައެޅޭ ޓާގެޓްތައް ހާސިލްވެފައި ވަނީ ކިހާ މިންވަރަކަށް ތޯ ބެލުމަށް ފަހު، ހާސިލްވެފައިވާ މިންވަރަށް ދެވޭ މާކްސް އަކުންނެވެ. އަދި ފާއިތުވި އަހަރުގެ ކުންފުނީގެ މާލީ ގާބިލްކަން ދިރާސާކޮށް މި ކެޓަގަރީގެ ދަށުން މާކްސް ދެވޭނެ އެވެ.

ފިނޭންސުން އެކުލަވާލި މި އުސޫލަށް ބަލާއިރު އެންމެ މަތީ ގިންތީގައި ހިމެނޭ ކުންފުންޏެއްގެ އެމްޑީއެއްގެ މުސާރަ 113،000 ރުފިޔާ އަށްވުރެ ބޮޑު ވާނެ އެވެ. އަދި އެންމެ ދަށް ކެޓަގަރީގައި ހިމެނޭ ކުންފުނީގެ އެމްޑީއަކަށް ވެސް ވެސް ޕާފޯމަންސަށް ބަލައި 80،000 ރުފިޔާ އަށްބޮޑުކުރެވޭނެއެވެ.

2 ހިޔާލުތައް

  1. ހާޑުވީމާ ހާޑު އެލޮވެންސް ވެސް ދޭންޖެހޭނެއެވެ. ހާޑުވެގެން ދައުލަތަށް އެތަންތަނުން ފައިދާ ނެރެންޏާ އޯކޭ. އެނޫނީ ކަރަޕްޝަންގެ ގޮތުގައި އެނަގާބައި ވެސް އޯކޭ. ދެން ކީބޭ ބުނާނީ. ކުރިއަށް ކުރިއަށް ބާރަށް.

  2. ތިލަފަތުގެ ހަމަހަމަކަން ކޮބައިތޯ ބޮޑުންބޭނުންވާހުރިހާކަމެއްކޮށްެވޭ ނިކަން އެއްމެއާދައިގެ ވަޒީފާތައްއަދާކުރާ މީހުންނަށްކޮށްމެވެސްމިންވަރެއްގެ މުސާރައިގެ ކުރިއެރުމެއްދީބަލަ ތިއީވެސްނަފުރަތުއުފެދޭނެކަމެއް އެއްވެސްހަމަހަމަކަމެއް ކަލޭމެންގެފުށަކުވެސްނެއް އިޚްލާޞްތެރިކަމެއްއަމުދުންނެއްކަން ތިޔަކަންކުރާގޮތުން ވަރަށްސާފު…

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ