ގަތަރު އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފި

Loading

Facebook
Twitter
WhatsApp

 

ގަތަރު އެއާވޭސް އިން ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރުކޮށް ދުވާލަކު ހަތަރު ދަތުރުކުރަން ފަށައިފިއެވެ.

ގަތަރު އެއާވޭސްއިން ބުނީ ދަތުރުތައް އިތުރުކުރީ ހޫނު މޫސުމާއި ދިމާކޮށް ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ކަމަށެވެ.

ރާއްޖޭގެ ބޯޑަރު މިދިޔަ އަހަރުތެރޭ އަލުން ހުޅުވާލުމާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވުމުން އެންމެފުރަތަމަ ރާއްޖެ އައިސްފައިވަނީ ވެސް މި އެއާލައިންގެ ބޯޓެކެވެ.

މި އެއާލައިނުންވަ ވަނީ ބޯޑަރު ހުޅުވިފަހުން މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 974 ދަތުރުކޮށްފައެވެ. މި ދަތުރުތަކުގައި ރާއްޖެއަށް 80250 ފަސިންޖަރުން ވަނީ އުފުލާފައެވެ.

ގަތަރު އެއާލައިންގެ ވެފައިވަނީ ޔޫރަޕްގެ ގައުމުތަކުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ ގެންނަ އެއްބަޔަކަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު 30 އެއަރލައިނަކުން ދަނީ ދަތުރުތައް ބާއްވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް