ބޮމެއް ގޮއްވާލާނެ ކަމަށް ބުނި މައްސައިގައި ހައްޔަރުކުރި އެކަކު ދޫކޮށްލައިފި

Loading

Facebook
Twitter
WhatsApp

 

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދިރިއުޅުއްވާ ރަސްމީ ގެކޮޅު ކަމަށްވާ މުލިއާގެ ގޮއްވާލާނެ ކަމުގެ އިންޒާރު ދިން  މައްލައާ ގުޅިގެން ހައްޔަރު ކުރި  ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި އެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި ފުލުހުންގެ ހައްޔަރުގައި މިހާރުހުރީ ބޮންގޮއްވާލާނެ ކަމުގެ އިންޒާރު ދިން މީހާއެވެ.  އޭނާއާއެކު ހުރި ދެވަނަ މީހާ  ދޫކޮށްލީ މިވަގުތު ބަންދުގައި ބަހައްޓަން ނުފެންނާތީކަމަށް ފުލުހުން ބުނެއެވެ.

މުލިއާގެ ކައިރިން ދިޔަ ދެ މީހަކު އެ މީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނު ބާއި ގުޅިގެން އެ ދެ މީހުން ހައްޔަރުކުރީ އިއްޔެގައެވެ.

އެމީހުންގެ އަތުގައި އޭރު ހުރީ ދަބަހަކާއި ދެ  ކޮތަޅެއްގެ އިތުރުން ކަރުދާސް ފޮއްޓެކެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް