ޓުއަރިޒަމް މިނިސްޓްރީގެ ޕީއެސް އިސްތިއުފާ ދެއްވައިފި

ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އައިޝަތު ސޫޒަން ހަނީފް ސަސްޕެންޑުކޮށްފައި ހުއްޓައި މަޤާމުން އިސްތިއޢުފާ ދެއްވައިފިއެވެ. ސޫޒަން މަގާމުން އިސްތިޢުފާ ދެއްވިއިރު،ސިވިލް ސާވިސް ކޮމިޝަނުން ވަނީ އެމިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު ހޯދުމަށް ވަނީ އިޢުލާނުކުރއްވައިފައެވެ. އެ އިޢުލާނުގައި ބުނެފައިވަނީ މި މަހުގެ 19 އާ ހަމައަށް އެ މަޤާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ސިވިލް ސާވިސް ކޮމިޝަނުން ސޫޒަން ސަސްޕެންޑުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 17ގައެވެ. ސޫޒަންގެ ސަސްޕެންޝަނާއި ގުޅޭގޮތުން ސީއެސްސީ އިން […]
ތުލުސްދޫއިން އަލުން ޓޫރިސްޓުންނަށް މަރުޙަބާ ކިޔައިފި

ގެސްޓު ހައުސްތަށް އަލުން ހުޅުވުމަކީ ލިބިލެއްވި ހިތް ހަމަޖެހުމެއް ކަމަށް ޝަހީމް ކޮވިޑް-19ގެ ސަބަބުން ގެސްޓު ހައުސްތައް ބަންދުކުރިތާ ގިނަ ދުވަސްތަކަކަށް ފަހު އަލުން ތުލުސްދޫ ޓޫރިސްޓުންނަށް ހުޅުވާލައިފި އެވެ. ތުލުސްދޫން އިއްޔެ ވަނީ އެ ރަށަށް ފުރަތަމަ އައި ދެ ޓޫރިސްޓުންނަށް މަރުހަބާ ކިޔައިފަ އެވެ. ތުލުސްދޫއަކީ ލޯކަލް ޓޫރިޒަމްގައި ވަރަށް ބޮޑަށް ކުރިއަރާފައިވާ ރަށެކެވެ. އަދި ގިނަ ޢަދަދެއްގެ ގެސްޓްހައުސްތަކެއް ހުންނަ ރަށެކެވެ. ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ޓޫރިސްޓުންނަށް ބަންދު ކުރުމަށްފަހު […]
ޓޫރިޒަމް ކުރިއަރުވަން ދޫކުރާ ބިމުގެ ކުލި ކުޑަކުރަނީ

ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއަރުވަން، އެ ސަރަހައްދުތަކުގައި ޓޫރިޒަމަށް ދޫކުރާ ބިމުން ނަގާ ކުލި ކުޑަ ކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީއާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓަރު ކަމުން އަލީ ވަހީދު އިސްތިއުފާ ދެއްވުމުން، މިހާރު އެ މިނިސްޓްރީގެ މަސައްކަތްތަކާ ހަވާލުވެވަޑައިގެން ހުންނެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒެވެ. މިރޭ ކުރެއްވި ޓްވީޓެއްގައި ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން ނުވަ ސަރަހައްދަކުން ޓޫރިޒަމަށް […]
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މައްޗަށް ދައުވާއެއް އުފުލައިފި

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ސޯލިހުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އުފުލައިފި އެވެ. ޑރ. ސޯލިހުގެ މައްޗަށް ދައުވާކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނެއް ކަމަށްވާ އެސެޓް ރިކަރަވީ ކޮމިޝަނުން ވަކި ރަށްތަކަކާ ގުޅޭ ތަހުގީގު ކުރިއަށް ގެންދާކަން އަންގާފައިވަނިކޮށް އެ މައުލޫމާތު އެނގިހުރެ، އެފަދަ ތަހުގީގެއް ކުރިއަށް ނުދާ ކަމަށް ބުނެ ދެ ފަރާތަކަށް ސިޓީ ފޮނުވުމާއި އިތުރު ފަޅެއްގެ ސަބް […]
ޓޫރިޒަމް މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރުވެސް މަގާމުން ވަކިކޮށްފި

ޓޫރިޒަމް މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހައްސާން ފުއާދުވެސް މަގާމުން ވަކިކޮށްފިއެވެ. ހައްސާން މަގާމުން ވަކިކޮށްފައި މިވަނީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރައިގެ އަމަލުތަކެއް ކުރީގެ މިނިސްޓަރު އަލީ ވަހީދު ހިންގަވާފައިވާ ކަމުގެ ޝަކުވާ އިއްޔެ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވުމުން، އޭނާ މިއަދު މަގާމުން ވަކިކޮށްފައި ވަނިކޮށެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ވިދާޅުވީ، ހައްސާން ވަކިކުރީ މިނިސްޓަރު އަލީ ވަހީދުވެސް ވަކިކުރި މައްސަލައާ ގުޅިގެން […]