އެބޯލާގެ ނުރައްކަލާ ގުޅޭގޮތުން ދުނިޔެއަށް އިންޒާރުދީފި

އެފްރިކާގެ ބައެއް ސަރަހައްދުތަކުގައި ފެތުރެމުންދާ އެބޯލާ ވައިރަހުގެ ނުރައްކާ ކުޑަނުކުރުމަށް އިލްތިމާސްކޮށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ސީރިއަސް އިންޒާރެއް ނެރެފިއެވެ. ސިއްހީ މާހިރުން ކަންބޮޑުވުން ފާޅުކުރައްވާ ގޮތުގައި، މި ބަލިޖެހިފައިވާ އެންމެ މީހެއްގެ ފަރާތުންވެސް ބައިނަލްއަގުވާމީ ފެންވަރުގައި ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން، މިކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އަވަހަށް އެޅުން މުހިންމެވެ.ޖެނީވާގައި ހުންނަ ޑަބްލިޔު.އެޗް.އޯގެ މައި މަރުކަޒުގައި ވާހަކަދައްކަވަމުން، އެފްރިކާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑައިރެކްޓަރު މުހައްމަދު ޔައުގޫބު ޖަނާބީ ވިދާޅުވީ، […]
އިރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ކާމިޔާބުކުރީ ހެއްޔެވެ ؟

އީރާނުގެ ނިއުކްލިއަރ މަޝްރޫއު ހިނގަމުންދާގޮތް ބަލާ ފާސްކުރާނެ އެއްވެސް މަގެއް ނުފެންނަކަމަށް އައި އޭ އީ އޭ އިން ބުނޭއެމެރިކާ ސިފައިންގެތެރޭގައި އިންޓެލިޖެންސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކޮށް އަދި އޭގެފަހުން ޔުނައިޓެޑް ނޭޝަންސްގެ ވެޕަން އިންސްޕެކްޓަރެއްގެ މަގާމު ފުރާފައިވާ ސްކޮޓް ރިޓަރ އޭނާގެ ޑަބްލިޔޫ ބީ އޯ ރިޕޯރޓުގައި ބުނެފައި ވެއެވެ. އީރާނުގައި މިހާރު ނިއުކްލިއަރ ހަތިޔާރު އެބަ ހުރިކަމަށް އެގައުމުގެ ސުޕްރީމް ލީޑަރ އާޔަތުﷲ މުޖުތަބާ ޚާމަނާއިގެ އޮފީހުން އިއުލާންކުރުމުގެ ސަބަބުން މެދުއިރުމަތީގެ ބާރުތަކުގެ […]
އިސްރާއީލުން ޣައްޒާގައި ހިންގާ އުދުވާނަށް މަގުފަހިކޮށްދޭ ކަމުގެ ތުހުމަތު 51 ގައުމަކަށް

އަލްޖަޒީރާއިން ކުރިއަށްގެންދިޔަ ބޮޑު ތަހުގީގަކުން ހާމަވި ގޮތުގައި، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަކީ ”ނަސްލު ނައްތާލުމުގެ އަމަލަކަށް ވުމުގެ ފުރުސަތު އޮތް ކަމަށް“ ބައިނަލްއަގުވާމީ އަދުލުގެ ކޯޓު (އައި.ސީ.ޖޭ) އިން އިންޒާރު ދީފައި ވަނިކޮށް، މަދުވެގެން 51 ގައުމަކާއި ސަރަހައްދަކުން ވަނީ އިސްރާއީލަށް އަސްކަރީ ސާމާނު ފޯރުކޮށްދީފައެވެ. މޭ 23 ގައި ޝާއިއުކުރި މި ތަހުގީގުގައި 2022 އާއި 2025 އާ ދެމެދު އިސްރާއީލުގެ ކަސްޓަމްސް އަދި އިމްޕޯޓް ޑޭޓާ ދިރާސާކޮށްފައިވެއެވެ. މި ހޯދުންތަކުން ދައްކާ […]
އެމެރިކާއާއި އީރާނުގެ މަޝްވަރާތައް ހަނގުރާމަ ހުއްޓުމަކާ ކައިރިއަށް

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމަ ހުއްޓުވޭނެ މަގެއް ހޯދުމަށް ޕާކިސްތާނުގެ އިސްނެގުމާއެކު އެމެރިކާއާއެކު ކުރެވޭ މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ދާދި އަވަހަށް އިއުލާން ކުރެވިދާނެކަމަށް އީރާނުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކުރުމާގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ހެޔޮ ބަދަލެއް އަތުވެއްޖެއެވެ. ދުނިޔޭގެ ބާޒާރުގައި 102 ޑޮލަރަށް ފީފާއެއްގެ އަގު އުފުލުމަށްފަހު އީރާނުގެ ހާމަކުރާ ގުޅިގެން 96 ޑޮލަރަށް ފީފާއެއްގެ އަގު ވަނީ ދަށްވެފައެވެ. ހަނގުރާމައިގެ ސަބަބުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާގުޅިގެން 14 މިލިއަން ފީފާ […]
އީރާނުން އަނެއްކާވެސް އެމެރިކާ ބިރުގަންނަވާލައިފި!

އެމެރިކާ އާއި އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކަށް ފަހު، އީރާނުން އެ ގައުމުގެ އަސްކަރީ އިންފްރާސްޓްރަކްޗާގެ ބައެއް ބައިތައް ހަލުވިކަމާއެކު އާރާސްތުކޮށް، ޑްރޯން އުފެއްދުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށް ސީ.އެން.އެން އާ ހަވާލާދީ އެން.ޑީ.ޓީ.ވީ އިން ރިޕޯޓްކޮށްފިއެވެ. އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުން ގަބޫލުކުރާ ގޮތުގައި، ކުރިން އަންދާޒާކުރި ވަރަށް ވުރެ މާ އަވަހަށް އީރާނުން އަންނަނީ ހާލަތު ބަދަލުކުރަމުންނެވެ. މީގެ ސަބަބުން މެދުއިރުމަތީގައި އަލުން ނުތަނަވަސްކަން އުފެދިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. ރިޕޯޓްތައް ބުނާ […]
ހައްޖުވެރިންނަށްޓަކައި ވިޔަފާރި ކުރާތަންތައް ތައްޔާރުވެފައި ހުރި މިންވަރު ބަލަން އިންސްޕެކްޝަންތަކެއް

ހައްޖުވުމަށްޓަކައި ސައޫދީއަރަބިއްޔާއަށްދާ ހައްޖުވެރިންނަށްޓަކައި ވިޔަފާރި ކުރާތަންތައް ތައްޔާރުވެފައި ހުރި މިންވަރު ބެލުމަށް ބޮޑެތި ކޮމާޝަލް ވިޔަފާރިތަކާއި ރީޓެއިލް އައުތްލެޓްތައް އިންސްޕެކްޓް ކުރުމުގެ ޚާއްސަ މަސައްކަތް ތަކެއް ކޮށްފައިވާ ކަމަށް އެގައުމުގެ މިނިސްޓްރީ އޮފް ކޮމާސް އިން އިއުލާން ކޮށްފިއެވެ. މިގޮތުން ނިމުނު ޒުލްގައިދާ މަހުގެތެރޭގައި 42،791އިންސްޕެކްޝަން ކޮށްފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ. މިފަދަ އިންސްޕެކްޝަން ތަކުގެ ބޭނުމަކީ މުދަލުގެ ސަޕްލައި ފުދޭވަރަށް ލިބެމުންދާނެކަން ޔަގީން ކުރުމާއި މުދަލުގެ ފެންވަރު ބަލާ ފާސްކުރުމެވެ. މައްކާ އަދި މަދީނާގެ ބޮޑެތި […]
އިއްތިހާދުގެ ރެނދުއަޅަނީ: ޓްރަމްޕާއި ނަތަންޔާހޫގެ މެދުގައި ދެބަސްވުންތަކެއް!

އެމެރިކާއާއި އީރާނާ ދެކޮޅަށް މިހާރު ކުރިއަށްދާ ހަނގުރާމައިގެ މިސްރާބާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ޔަހޫދީ ބެންޖަމިން ނަތަންޔާހޫއާ ދެމެދު ވަރަށް ބޮޑު ހިޔާލުތަފާތުވުންތަކެއް އުފެދިއްޖެއެވެ. މި ދެ މީހުންގެ މެދުގައި ފޯނުން ކުރެވުނު އެއް ގަޑިއިރުގެ ހޫނު މަޝްވަރާތަކާއި ފިނި ބަހުސަކަށްފަހު، ހަނގުރާމައިގައި ދެ ގައުމުގެ މެދުގައި އޮތް ބަދަހި ގުޅުމަށް ބުރޫއަރާފައިވާ މިންވަރު ވަނީ ހާމަވެފައެވެ. ޑިޕްލޮމެޓިކް މަސްދަރުތަކުން ކަށަވަރުކޮށްދޭ ރިޕޯޓްތަކަށް ބަލާއިރު، މި މަޝްވަރާތަކަށް ފަހު ނަތަންޔާހޫ ހުރީ […]
ތައިލަންޑަށް ވިސާނެތި އެތެރެ ވެވޭ ގައުމުތަކުގެ އަދަދުން 90 އަށް ވުރެ ގިނަ ގައުމު އުނިކޮށްފި

ވިސާނެތި ތައިލަންޑަށް އެތެރެ ވެވޭ ގައުމުތަކުގެ އަދަދުން 90 އަށް ވުރެ ގިނަ ގައުމު އުނިކޮށްފި އެވެ. މި ބަދަލާއި އެކު ތިރީސް ދުވަހަށް ވުރެ ގިނަ ދުވަހު ތައިލަންޑްގައި މަޑުކުރަން ބޭނުންވާ މީހުން ނިސްބަތްވާ ގައުމުތައް ވަނީ ވަރަށް ބޮޑަށް މަދު ކޮށްފައެވެ.ކުރިން އޮތްގޮތުން 93 ގައުމަކަށް ނިސްބަތްވާ ރައްޔިތުންނަށް، 60 ދުވަހުގެ ފްރީ ވިސާ އައީ ދެމުންނެވެ.މިއީ ކޮވިޑް ޕެންޑަމިކަށްފަހު އެގައުމުގެ އިގްތިސާދަށް ލިބުނު ހީނަރުކަން ފޫބެއްދުމަށްޓަކައި 2024ވަނައަހަރުގެ ޖުލައިމަހު އެޅި ފިޔަވަޅެކެވެ. ނަމަވެސް […]
އީރާނުން ޓްރަމްޕަށް އަނެއްކާވެސް ވަރުގަދަ އިންޒާރެއް!

މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، އީރާނުގެ އަސްކަރިއްޔާއިން އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. އީރާނުން ބުނެފައިވަނީ ދެން ދޭ ކޮންމެ ހަމަލާއަކަށް ރައްދުދޭނީ ”އާ އުކުޅުތަކާއި ވަސީލަތްތައް“ ބޭނުންކޮށްގެން ކަމަށެވެ. މި ނުތަނަވަސްކަމުގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅި ސަރަހައްދުގެ މަސްރަހު ގޯސްވެ، ދުނިޔޭގެ އިގްތިސާދަށް އަންނަނީ ބޮޑެތި ލޮޅުންތަކެއް އަރަމުންނެވެ.މި އިންޒާރު އައިސްފައިވަނީ، އީރާނާއެކު ސިއްރު ”ސީރިއަސް މަޝްވަރާތަކެއް“ ކުރިއަށްދާތީ، ރޭވިފައިވާ ހަމަލާތައް ކެންސަލް ކުރިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. […]
އެމެރިކާ، މުސްލިމުންނަށް ބިރުވެރި ތަނަކަށް ވަނީ!

އެމެރިކާގެ ސެން ޑިއޭގޯގައި ހުންނަ އިސްލާމީ މަރުކަޒަކަށް ބަޔަކު ވަދެ ބަޑިން ހަމަލާދީ ތިން މީހަކު މަރާލައިފިއެވެ. ނަފްރަތުގެ ކުށެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދާ މި ހާދިސާއާ ގުޅިގެން، އެމެރިކާގެ މުސްލިމް މުޖުތަމައުތަކަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. މި ހަމަލާ ދީފައިވަނީ ހޯމަ ދުވަހު، ސެން ޑިއޭގޯގެ މަޝްހޫރު އިސްލާމީ މަރުކަޒު ކަމަށްވާ ”އިސްލާމިކް ސެންޓަރ އޮފް ސެން ޑިއޭގޯ“ ގައެވެ. މި މަރުކަޒަކީ މިސްކިތަކާއި ސްކޫލެއް ހިމެނޭ ތަނެކެވެ. ކަމާބެހޭ ފަރާތްތަކުން ބުނި […]