ރައްކާތެރިކަން ބޭނުންވާނަމަ އިސްރާއީލާއެކު ސިޔާސީ ގުޅުން ގާއިމުކުރަން ޓްރަމްޕްގެ އިންޒާރު

އަރަބި މުސްލިމް ގައުމުތަކާއި ޕާކިސްތާން ފަދަ އިސްލާމީ ގައުމުތަކުން ސަލާމަތާ ރައްކާތެރިކަން ބޭނުންވާނަމަ އެއްވެސް ޝަރުތަކާނުލައި އިސްރާއީލާއެކު ސިޔާސީ ގުޅުން ގާއިމްކުރުމަށް އެމެރިކާގެ ރައީސް ކުރެއްވިއަމުރާގުޅިގެން އަނެއްކާވެސް ހަނގުރާމަހުއްޓިދާނެ ކަމުގެ އުންމީދު ނެތިގެން ހިނގައްޖެއެވެ. އެމެރިކާ ރައީސްގެ ބާރުގަދަ އަމުރުފުޅަށް އަމަލުނުކުރެވޭކަމަށް ސައޫދީ އެރޭބިއާއި ގަތަރް އަދި އޮމާނާއި ޕާކިސްތާނާއި ކުވޭތުންވެސް ވަނީ ބުނެފައެވެ. އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައި އީރާނަށް ލިބިފައިވާ ގެއްލުންތައް ފޫބެއްދުމަށްޓަކައި 300 ބިލިއަން ޑޮލަރ އީރާނަށް ދިނުމާބެހޭ […]
މަޝްވަރާ ކުރެވެމުންދާ ފަހުމުނާމާ އާއި ބެހޭ އަޕްޑޭޓް

އެމެރިކާއާއި އީރާނާއި ދެމެދު މި ދެދުވަހު ވަނީ ޕާސިއަން ކަނޑުގެ ސަރަހައްދުގަ ހަމަލަތަކެއް ބަދަލު ކޮށްފައެވެ. އެކަން ހިގާދިޔަ ގޮތް މި ދެ ދުވަހު ވަރައްފޯރިގައި ދެކެވުނު ނަމަވެސް އެކަން ކުރުކޮށް ދަންނަވާލާނަމެވެ. ފުރަތަމަ ރޭގައި އެމެރިކާއިން ޓޭންކަރެއް ޗެކްކުރަން އުޅުނު އައިއާރުޖީސީގެ ކުޑަ ދެބޯޓަކަށް ހަމަލަދީ އީރާނުގެ 4 ސިފައިން ޝަހީދުކޮށްލީއެވެ. އަދި ޖެހިގެން އައިރޭ އެމެރިކާގެ 4 މަނަވަރު ހޮރުމުޒް ކަނޑުއޮޅި ހުރަސްކުރަން މަސަތްކަތް ކުރީއެވެ. ނަމަވެސް މި މަނަވަރުތަކަށް ސީދާކޮށް ނުވަތަ މަނަވަރުތަކުގެ […]
ޓްރަމްޕްގެ އިންޒާރާއެކު އެމެރިކާ-އީރާންގެ އެއްބަސްވުންތައް ނުރައްކަލަށް!

ފާރިސީ ކަނޑުއޮޅީގައި އިންޒާރުތަކާއި، މިސައިލް ހަމަލާތައް ހުއްޓުވުމާއި، އަދި ނުތަނަވަސް ޑިޕްލޮމެޓިކް މަޝްވަރާތައް ކުރިއަށްދާއިރު، އެމެރިކާއާއި އީރާނާ ދެމެދު އޮތް ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. ދެ ގައުމުން އަދިވެސް ސުލްހައިގެ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް، މަސްރަހު ދަނީ ދުވަހުން ދުވަހަށް ނުރައްކާވަމުންނެވެ. ކުޑަވެސް ކުށެއް ކުރެވިއްޖެނަމަ، މުޅި ސަރަހައްދު އަލުން ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.މި ނުތަނަވަސްކަން އިތުރުވެފައިވަނީ، އޭޕްރިލް 8 […]
އޮމާނަށް ޓްރަމްޕް ދިން އިންޒާރާއެކު ގަލްފުގެ ސަރަހައްދަށް ސިހުން ލިބިއްޖެ

އީރާނާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ކޮންޓްރޯލް ކުރުމުގައި ބައިވެރިވެއްޖެ ނަމަ، އޮމާން ”ގޮއްވާލާނެ“ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދިން ވަރުގަދަ އިންޒާރާއެކު، މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެ ނުރައްކާތެރި ފައްތަރަކަށް ގޮސްފިއެވެ.ވައިޓް ހައުސްގައި ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ޓްރަމްޕް މިފަދަ ބަހުގެ ހަމަލާއެއް ދިނީ، ދުނިޔޭގެ އެންމެ މުހިންމު އެއް ކަނޑުގެ މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރު ބެލެހެއްޓުމުގައި އީރާނާއި އޮމާނުން ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭކަމުގެ […]
ހުރުމުޒު ކަނޑުއޮޅިއާބެހޭގޮތުން މުސްތަގްބަލްގައި އީރާނާއި އޮމާނުގެ ތަސައްވުރު

ހޮރްމުޒް ކަނޑުއޮޅި ބައިނަލް އަގްވާމީ ދަތުރުތަކަށް މިނިވަންކަމާއެކު ހުޅުވާލުމުގައި އެ ކަނޑުއޮޅި ހުރަސްކުރަންބޭނުންވާ ކޮންމެ އުޅަނދަކުން އެއްމިލިއަން ޑޮލަރަށްވުރެން ގިނައިން ޓޯލް ފީ ދައްކަންޖެހޭނެކަމުގެ ޚަބަރު މީޑިއާތަކުގައި ދައުރު ވާން ފަށައިފިއެވެ. އިންޝޫރެންސް ޖާރނަލުން ބުނެފައިވާގޮތުގައި ބައެއް އުޅަނދުފަހަރުން 2 މިލިއަން ޑޮލަރގެ ޓޯލް ފީއެއްވެސް ވަނީ ދައްކަން ޖެހިފައެވެ. މިހާރު ހިނގަމުންދާ ހަނގުރާމަ ފެށުމުގެކުރިން ދުވާލަކު އެވްރެޖްގޮތެއްގައި 135 އުޅަނދު އެ ކަނޑުއޮޅި ހުރަސްކުރާކަމަށް ވެއެވެ. އެހެންނަމަވެސް މިހިނގާ މޭމަހުގެ 20 އަދި 21 ވަނަދުވަހު […]
ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ

ދެކުނު ސޫދާނުގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ހޮސްޕިޓަލުތައް ސުންނާފަތިކޮށްލުމާ ގުޅިގެން، އެތައް ލައްކަ ބަޔަކު އިންސާނީ ބޮޑު ކާރިސާއެއްގެ ތެރެއަށް ވެއްޓިއްޖެއެވެ. އެހީދޭ ޖަމާއަތްތަކުން އިންޒާރުދޭ ގޮތުގައި، ދުނިޔޭގެ އެންމެ ޒުވާން ޤައުމުން ބޭހާއި، ސިއްޚީ ޚިދުމަތާއި، އުންމީދު މިވަނީ ހުސްވާން ކައިރިވެފައެވެ.މެޑެސިން ސަން ފްރޮންޓިއަރސް (އެމް.އެސް.އެފް) އިން ހާމަކުރި ގޮތުގައި، މިއަހަރުގެ ކުރީކޮޅު ލަންކިއަންގައި ހުންނަ އެ ޖަމާއަތުގެ ހޮސްޕިޓަލަށް ދިން ބޮންބުގެ ހަމަލާތަކާއެކު، އެ ސަރަހައްދުގެ 250,000 އެއްހާ މީހުންނަށް ސިއްޚީ ޚިދުމަތް ފޯރުކޮށްދެމުންދިޔަ […]
އެއްބަސްވުންތަކުގެ ނިވާފަތްގަނޑުގައި އިސްރާއީލުގެ ހީލަތްތެރިކަން!

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ދެން ކަން ހިނގަނީ ކިހިނެއް ހެއްޔެވެ؟ ދުނިޔޭގެ ގިނަ ބަޔަކަށް ”ހަނގުރާމަ ހުއްޓާލުން“ މާނަކުރެވެނީ ހަމަލާ ބަދަލުކުރުން ހުއްޓި، އަމާންކަން ގާއިމުވާން ފެށުން ކަމުގައެވެ. ނަމަވެސް، އަލްޖަޒީރާއިން ކުރިއަށް ގެންދިޔަ އާ ތަހުގީގަކުން ދައްކާ ގޮތުގައި ގައްޒާ، ދެކުނު ލުބުނާން އަދި ދެކުނު ސޫރިޔާގެ ބިމުގެ ހަގީގަތް މިއަށްވުރެ މާ ބޮޑަށްވެސް އޮޅުންބޮޅުން ބޮޑެވެ.މި ތަހުގީގުން ހާމަވާ ގޮތުގައި، މި ސަރަހައްދުތަކުގައި އިސްރާއީލުގެ އަސްކަރީ ބާރު ހިނގާ ސަރަހައްދު މިހާރު ގާތްގަނޑަކަށް […]
އެމެރިކާ ސިފައިން އަނެއްކާވެސް އީރާނަށް ހަމަލާތަކެއް ދީފި

އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ދެކުނުގެ ބައެއްހިސާބުތަކަށް އަނެއްކާވެސް ހަމަލާތަކެއް ދީފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފިއެވެ. އެފަރާތުން ބުނެފައިވާ ގޮތުގައި ދެކުނު އީރާނުގައިވާ މިސައިލް ސައިޓްތަކާއި އަދި ކަނޑުގައި މައިން ހަރުކުރުމަށް މަސައްކަތް ކުރަމުން ދިޔަ ބޯޓުތަކަށް އަމާޒުކޮށް ހަމަލާދިނީ ”އޮޕަރޭޝަން ފްރީޑަމް“ ގެ ދަށުން އަމިއްލަ ދިފާއުގައެވެ. ސެންޓްރަލް ކޮމާންޑްގެ ތަރުޖަމާނަކު ބުނީ މިހާރު އަމަލު ކުރަމުންދާ ”ސީޒްފަޔާ“ ނުވަތަ ހަމަލާތައް މެދު ކަނޑާލުމުގެ އެއްބަސްވުމަށް އަމަލު ކުރަމުން ދިއުމާއި އެކުވެސް އަމިއްލަ ފައުޖް […]
އިންޑިއާއަކީ ނަރަކައެއް ކަމަށް ޓްރަމްޕް ބުނެފި

އިންޑިއާގެ ނިއުދިއްލީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ އިންޑިއާއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ހުތުރު ބަސްމަގާ ބެހޭގޮތުން ސުވާލުކުރުމުން ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. މި ސުވާލު އަމާޒުވީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅުވައި، އިންޑިއާއަކީ ވަރަށް ދަށު ދަރަޖައިގެ ”ނަރަކައެއް“ ކަމަށް ސިފަކޮށްފައިވާ ޕޯސްޓަކާ ގުޅިގެންނެވެ.މި ހާދިސާ ހިނގާފައިވަނީ ރޫބިއޯ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރާއެކު ހުންނަވަނިކޮށެވެ. ނޫސްވެރިއަކު […]
ޖަޕާނާއި ޗައިނާއިން އެމެރިކާގައި ކޮށްފައިވާ އިންވެސްޓްމެންޓްތައް އަނބުރާ ނަގަނީ

ޖަޕާނުގެ ޖޯގްރަފީއާއި ކުރިއެރުމުގެ ތެރެއިން ގިނަ އަހަރުތަކެއްވަންދެން ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރއަށް ބަރޯސާވުން ނޫން އެހެން ގޮތެއް ނެތިފައިވުމާއެކު އަދި އެމެރިކާ ޑޮލަރަކީ އެންމެބޮޑަށް އިތުބާރުކުރެވޭ ފައިސާ ކަމަށްވެސް ވެފައި އެމެރިކާގައި އިންވެސްޓްކުރުމުން ލިބެމުންދިޔަ ފައިދާއާއި އޭގެ ނަތީޖާވެސް ރަނގަޅުވުމާއެކު އެމެރިކާއިން ވިއްކަމުންދިޔަ އެތައް ބިލިއަން ޑޮލަރެއްގެ ޓްރެޝަރީ ބޮންޑް ގަނެފައިވާ ގައުމުތަކުގެތެރޭގައި ޗައިނާ އަދި ޖަޕާން ހިމެނެއެވެ. ނަމަވެސް އެމެރިކާގެ އިގްތިސާދަށް ކުއްލިއަކަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދާން ފެށުމާއި އަދި މިހާރު އީރާނާ […]