އެމެރިކާއާއި އީރާނުގެ ހަމަލާތައް ހުއްޓާލަން އަނެއްކާވެސް އެއްބަސްވެއްޖެ

އެމެރިކާއާއި އީރާނުން ކުރަމުން ގެންދިޔަ ހަނގުރާމަ ވަގުތީގޮތުން 60 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށާއި އެ މުއްދަތުގެ ތެރޭގައި ދާއިމީ ސުލްހައަކަށް މަގުފަހިކުރުމުގެ މަގްސަދުގައި ސުވިޒަރލޭންޑުގައި ވެފައިވާ އެއްބަސްވުމުގައި ހޮރްމުޒް ކަނޑުއޮޅިން ބައިނަލް އަގްވާމީ ދަތުރުތައް ކުރުން އީރާނުން ތަރުޖަމާކުރާ ގޮތާ ޚިލާފަށް ސިންގަޕޯރ ދިދައިގާ ދުއްވާ އެމް. ވީ އެވަރ ލަވްލީ އީރާނުގެ ހުއްދަ ހޯދުމަކާނުލައި މިދިޔަ ބުރާސްފަތި ދުވަހު ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުން ދަނިކޮށް އީރާނުން ހަމަލާ ދިނުމާގުޅިގެން އެމެރިކާއާއި އީރާނުން ބަދަލުކުރަން ފެށި ހަމަލާތަކަށް […]

ސިހުންގެނުވި މި ސަބަބާ ހުރެ 1،300 މީހުން މަރުވެއްޖެ!

ޔޫރަޕުގެ ތާރީޚުގައި ވެސް އައި އެންމެ ގަދަ ހޫނު ރާޅުތަކުގެ ތެރެއިން ހޫނު ރާޅަކާ އެ ބައްރު މިހާރު ކުރިމަތިލަމުންދާއިރު، ރެކޯޑް މިންވަރަކަށް ހޫނުމިން މައްޗަށް ގޮސް 1،300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން ސިއްހީ ނިޒާމުތަކަށް ބާރުބޮޑުވެ، ތަންތަނުގައި އަލިފާން ރޯވުމުގެ ބިރުވެރިކަން އިތުރުވެ، އެތައް މިލިއަން ބައެއްގެ އާންމު ދިރިއުޅުމަށް ވަނީ ބުރޫއަރާފައެވެ. ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން ޑަބްލިއު.އެމް.އޯ އިން ބުނާ ގޮތުގައި، ޖޫން 21 އިން ފެށިގެން ކުރިމަތިވެފައިވާ […]

އެމެރިކާ އާއި އީރާން ސުވިޒަރލޭންޑުގައި ބައްދަލުކުރުމުގެ ތެރެއިން

އެމެރިކާއާއިން އީރާނާ ދެކޮޅަށް ކުރަމުން ގެންދިޔަ ހަނގުރާމަ 60 ދުވަހުގެ މުއްދަތަކަށް ހުއްޓާލުމާއި އަދި އެއަށްފަހު މެދުއިރުމައްޗަށް ދާއިމީ ސުލްހައެއް ގެނައުމަށްޓަކައި ޕާކިސްތާނާއި ގަތަރުން އިސްނެގުމާއެކު ސުވިޒަރލޭންޑްގައި އެމެރިކާއާއި އީރާނުން ބޭއްވި މަޝްވަރާ ބައްދަލުވުންތައް ފެށުމުގެ ކުރިންވެސް ވަނީ ނާކާމިޔާބީގެ ނިޝާންތައް ވަނީ ފެނިފައެވެ. އެ ބައްދަލު ކުރެއްވުމުގައި އީރާނުގެ ޚާރިޖާވަޒީރު ޕާކިސްތާނުގެ ބޮޑުވަޒީރު ސަލާންގަލާންކުރެއްވުމަށްފަހު އެ މަޝްވަރާތަކުގައި ބައިވެރިވެރިވެ ވަޑައިގެންނެވި އެމެރިކާގެ މަންދޫބު ނައިބުރައީސް ޖޭ ޑީ ވޭންސް ފެންނަކަމަށްވެސް ނުހައްދަވާ ވަޑައިގަތުމުގެ ސަބަބަކީ ކޮބައިތޯ […]

އެއް ހަފުތާ: ބާރުގަދަ އެތައް ބިންހެލުމެއް، މިވަނީ ކިހިނެއް؟

ވޭތުވެދިޔަ ހަފުތާގައި ދުނިޔޭގެ އެކި ސަރަހައްދުތަކަށް އައި ބާރުގަދަ ބިންހެލުންތަކަކާ ގުޅިގެން އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދި، ބިމުގެ އަޑީގެ ހަރަކާތްތައް އިތުރުވަނީތޯ ސުވާލު އުފެދިއްޖެއެވެ. އެންމެ ބާރުގަދަ އަދި އެންމެ ބޮޑު ގެއްލުންތަކެއް ލިބުނު ބިންހެލުންތައް އައީ ވެނެޒުއޭލާއަށެވެ. މީގެ އިތުރުން ޖަޕާން، ފިލިޕީންސް، އަލަސްކާ އަދި ކެލިފޯނިއާ ކައިރިއަށް ވެސް ބާރުގަދަ ލޮޅުންތަކެއް އައުމާ ގުޅިގެން، ސައިންސްވެރިން ދަނީ ދުނިޔޭގެ ބިންހެލުންތަކުގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުންނެވެ. ބިންހެލުންތައް އިތުރުވެފައިވަނީ 2026 ޖޫން 22 […]

ސުލްހައިގެ 60 ދުވަސް އަންނަނީ އަނެއްކާވެސް ބަނަވަމުން

މިދިޔަ ހަފުތާގައި މެދުއިރުމަތީގެ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލަން އެމެރިކާއާއި އީރާނުން އެއްބަސްވުމާ ގުޅިގެން ގަލްފު ސަރަހައްދުގައި ތާށިވެފާއޮތް ބޯޓުފަހަރުގެ ފަޅުވެރިން މިނިވަންކުރުމަށްޓަކައި ޔުނައިޓެޑް ނޭޝަންސް އިން ކުރަމުން ދިޔަ މަސައްކަތުގެ ތެރޭން މިދިޔަ ބުރާސްފަތިދުވަހު ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި ސިންގަޕޯރގައި ރަޖިސްޓަރީ ކޮށްފައިވާ ބޯޓަކަށް އީރާނުން ހަމަލާދީފިކަމަށްބުނާ ޚަބަރެއް ރޮއިޓާރސް އިން ވަނީ އިއްޔެ ހާމަކޮށްފައެވެ. އީރާނުން ދިން ހަމަލާގެ ވާހަކަ ތަފްސީލަކާ ނުލައި އެމެރިކާގެ އޮފިޝަލަކު ވަނީ ސީ އެން އެން އަށް ކިޔާދީފައެވެ. […]

”އެންމެންވެސް ކަލޭދެކެ ފޫހިވޭ“: ދެ ”ބެސްޓީސް“ ދެމެދު ހިނގި ހޫނު ކޯޅުމުގެ އައު ތަފްސީލެއް!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެމެދު އޮތް ނުތަނަވަސް ގުޅުމުގެ ތަފްސީލުތައް އާ ފޮތަކުން ހާމަވެއްޖެއެވެ. މި ފޮތުގައި ޓްރަމްޕްގެ ދެވަނަ ދައުރުގައި މި ދެ ބޭފުޅުންގެ މެދުގައި ހިނގާފައިވާ ބައެއް ހޫނު ޒުވާބުތަކުގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. ނިއުޔޯކް ޓައިމްސްގެ ރިޕޯޓަރުން ކަމަށްވާ މެގީ ހެބަރމަން އަދި ޖޮނަތަން ސްވޯން ލިޔެފައިވާ ފޮތުގައިވާ ގޮތުން، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހިނގި ފޯނު ކޯލެއްގައި ޓްރަމްޕް ވަނީ ނަތަންޔާހޫއަށް ވަރަށް […]

އެއްބަސްވުމާ ޚިލާފުވެ، އެމެރިކާއިން އީރާނަށް ބޮން އަޅައިފި!

އެމެރިކާއާއި އީރާނާ ދެމެދު ގާއިމުކޮށްފައިވާ ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އާ ގޮންޖެހުންތަކެއް ކުރިމަތިވެއްޖެއެވެ. ދެ ގައުމުން ބަދަލުކުރި އަސްކަރީ ހަމަލާތަކާއެކު، ސަރަހައްދީ ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު މިވަނީ ބޮޑުވެފައެވެ. އީރާނުގެ މިސައިލް، ޑްރޯން އަދި އައްސޭރިފަށުގެ ރާޑަރު މަރުކަޒުތަކަށް އެމެރިކާއިން ދިން ވައިގެ ހަމަލާތައް އީރާނުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އީރާނުން ބުނާ ގޮތުގައި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި، މި އަހަރުގެ ކުރީކޮޅު ދެ ގައުމުގެ ދެމެދުގައި ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ […]

ފްރާންސުން އެބޯލާބަލީގެ ފުރަތަމަ ކޭސް ފެނިއްޖެ

އެފްރިކާގެ ބައެއް ގައުމު ތަކުގައި މިހާރު ބާރަށް ފެތުރެމުންދާ ނުރައްކާތެރި އެބޯލާ ބަލީގެ ފުރަތަމަ ކޭސް ފްރާންސުން ފެނިއްޖެ ކަމަށް ޚަބަރު ލިބެއެވެ. ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހިންގުނު ހިއުމެނިޓޭރިއަން މިޝަން އެއްގައި މަސައްކަތް ކުރުމަށްފަހު ގައުމަށް ދިޔަ ޑޮކްޓަރެއް ކަމަށް ވެއެވެ. ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ފްރާންސްގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޑޮކްޓަރު މަސައްކަތް ކުރީ ބާރަށް ވައިރަސް ފެތުރެމުންދާ ސަރަހައްދެއްގައެވެ. އަދި އޭނާ ބައްޔަށް ޕޮޒިޓިވް […]

ޓްރަމްޕު، އީރާނާއި އަނެއްކާވެސް ހަނގުރާމަކުރުމަށް ފައިސާ ހޯދަނީ؟

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ހިންގާ އަސްކަރީ ކެމްޕޭނަށް އެހީތެރިވުމަށް، އިތުރު 87.6 ބިލިއަން ޑޮލަރުގެ ހަރަދު ހަމަޖައްސައިދިނުމަށް ވައިޓް ހައުސްއިން އެމެރިކާގެ ކޮންގްރެސްގައި އެދިއްޖެއެވެ. މި ހުށަހެޅުން ރަސްމީކޮށް ހުށަހެޅީ ޖޫން 24 ވަނަ ދުވަހު އޮފީސް އޮފް މެނޭޖްމަންޓް އެންޑް ބަޖެޓް އޯ.އެމް.ބީ އިންނެވެ. އޯ.އެމް.ބީގެ ޑިރެކްޓަރު ރަސަލް ވޯޓް ވަނީ، މިއީ އަސްކަރީ އަދި ގައުމީ އިސްކަންދޭ ކަންކަމަށް ބޭނުންވާ ކުއްލި ފަންޑިންގް ޕެކޭޖެއްގެ ގޮތުގައި ސިފަކުރައްވައި، ގާނޫނު ހަދާ […]

ވެނެޒުއެލާއަށް ބާރުގަދަ ދެ ބިންހެލުން އައިސް ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ވެނެޒުއެލާގެ ވެރިރަށް ކަރާކަސްގެ ހުޅަނގަށް ބާރުގަދަ 2ބިންހެލުން އައިސް، ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓި، މަދުވެގެން 32 މީހުން މަރުވެއްޖެ އެވެ. މިހާދިސާގައި އިތުރު އެތައް ސަތޭކަ ބަޔަކަށް ވަނީ ބޮޑެތި އަނިޔާތައް ލިބިފައެވެ. އަދި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށް ދަނީ ބެލެމުންނެވެ. އެމެރިކާގެ ޖިޔޮލޮޖިކަލް ސާވޭއިން ހާމަކުރި ގޮތުގައި ފުރަތަމަ އައި ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ބިމުގެ 22 ކިލޯމީޓަރު އަޑިން،ރިކްޓަރ […]