ވެނެޒުއޭލާއަށް ބާރުގަދަ ދެ ބިންހެލުމެއް އައިސްފި!

ވެނެޒުއޭލާއަށް ފުލުފުލުން އައި ބާރުގަދަ ދެ ބިންހެލުމެއްގައި އެ ގައުމުގެ ވެރިރަށް ކަރަކަސްގެ ގިނަ އިމާރާތްތަކެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި، ފުރަތަމަ ބިންހެލުން އައީ ރިކްޓަރ މިންގަނޑުން 7.2 ގެ ބާރުމިނުގައެވެ. މި ބިންހެލުން އައިސްފައިވަނީ ކަރަކަސްގެ ހުޅަނގުން ގާތްގަނޑަކަށް 168 ކިލޯމީޓަރު ދުރުގައި އޮންނަ އައްސޭރިފަށުގެ ރަށެއް ކަމަށްވާ މޮރޯން […]

ހޮރްމުޒް ކަނޑުއޮޅީގައި ތާށިވެފައި ތިބި 11،000 ފަޅުވެރިން ބޭރުކުރަން ފަށައިފި!

މި އަހަރުގެ ކުރީކޮޅު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަން ފެށި ހަނގުރާމައާ ގުޅިގެން، ހޮރްމުޒް ކަނޑުއޮޅީގައި ތާށިވެފައި ތިބި 11،000 އަށްވުރެ ގިނަ ފަޅުވެރިން އެ ސަރަހައްދުން ބޭރުކުރުމުގެ ބޮޑު އޮޕަރޭޝަނެއް އދ. ގެ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންއިން ފަށައިފިއެވެ. މި އޮޕަރޭޝަން ފަށާފައިވަނީ މަސްތަކަކަށް ދެމިގެންދިޔަ ހަމަނުޖެހުންތައް ނިމުމަކަށް ގެނެސް، ދުނިޔޭގެ އެންމެ މުހިންމު އެއް ޝިޕިންގ ރޫޓަށް ހަމަޖެހުން ގެނައުމުގެ މަގްސަދުގައި އެމެރިކާ އާއި އީރާނާ ދެމެދު ދާދިފަހުން ސޮއިކުރި ފަހުމުނާމާއަށް […]

އަލީބާބާ އަކީ ”ޗައިނާގެ އަސްކަރީ ކުންފުންޏެއްތަ؟

ޗައިނާގެ އީ-ކޮމާސްގެ ބޮޑު ކުންފުނި އަލީބާބާ އަކީ ”ޗައިނާގެ އަސްކަރީ ކުންފުންޏެއް“ ކަމަށް ލޭބަލް ކުރުމާ ގުޅިގެން، އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓާ ދެކޮޅަށް އެ ކުންފުނިން ދައުވާ އުފުލައިފިއެވެ. މިއީ ޓެކްނޮލޮޖީ އާއި ގައުމީ ސަލާމަތާ ގުޅޭ ކަންބޮޑުވުންތަކާ މެދު ވޮޝިންޓަނާއި ބެއިޖިންއާ ދެމެދު އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ދިޔަ ކަމެކެވެ. ކެލިފޯނިއާގެ ސެން ހޯޒޭގެ ފެޑަރަލް ކޯޓަކަށް ހުށަހެޅި މި ދައުވާގައި، ޗައިނާގެ އަސްކަރިއްޔާއާ ގުޅުން އޮތް ކަމަށް ބުނާ ކުންފުނިތަކުގެ ބްލެކްލިސްޓެއްގައި އަލީބާބާ […]

އޮސްޓްރޭލިޔާގެ ބަންކަރެއްގައި ފޮރުވާފައި ހުރި 2.7 ޓަނުގެ ކޮކެއިން ފުލުހުން އަތުލައިގެންފި

އޮސްޓްރޭލިޔާގައި ބިމު އަޑީގައި ހަދާފައިވާ ބަންކަރެއްގައި ފޮރުވާފައި ހުރި 2.7 ޓަނުގެ ކޮކެއިން ފުލުހުން އަތުލައިގެންފިއެވެ.މިއީ އޮސްޓްރޭއިން މިހާތަނަށް ފުލުހުން އަތުލައިގަތް އެންމެ ގިނަ ޑްރަގް ކަމަށް ވެއެވެ.މިދިޔަ ހުކުރު ދުވަހު ފުލުހުން އަތުލައިގަތް ޑްރަގްގެ މަގުމަތީ އަގު 816 މިލިއަން އޮސްޓްރޭލިޔާ ޑޮލަރަށް އަރައެވެ. 3 ޝިޕިންގ ކޮންޓެއިނަރުގައި ރައްކާކޮށްފައި ހުރި ޑްރަގް ފެނުނީ ”ފޯލްސް“ ތަޅުމެއް އަޅައި އޭގެ ދަށުގައި ފޮރުވާފައި ހުއްޓާ ކަމަށް ވެއެވެ. މިއޮޕަރޭޝަންއާއި ގުޅިގެން 21 އަހަރާއި 25 އަހަރުގެ […]

އިސްރާއީލާއި މިޞްރާ ދެމެދު ހަނގުރާމައެއް ފެށެނީ؟

ކުރިއަށް އޮތް 15 އަހަރު ތެރޭގައި އިސްރާއީލުން މިޞްރާ ދެކޮޅަށް ހަނގުރާމައަކަށް ދާންޖެހިދާނެ ކަމަށް ޒަޔަނިސްޓް ހަރަކާތްތެރިއަކު ބުނުމާ ގުޅިގެން، މެދުއިރުމަތީގެ ޖިއޯޕޮލިޓިކްސްގެ މުސްތަޤުބަލާ މެދު ބަހުސްތަކެއް ވަނީ ފެށިފައެވެ. ހޭރޫޓް ސެންޓަރުގެ ޗީފް އެގްޒެކެޓިވް އަދި އިސްރާއީލުގެ ނޭޝަނަލިސްޓް ހަރަކާތުގެ އިސް ބޭފުޅެއް ކަމަށްވާ އަމިއަދު ކޯހެން މި މޭރުމުން ވާހަކަދެއްކެވީ ގުދުސްގައި ބޭއްވި ޖޫވިޝް ނިއުސް ސިންޑިކޭޓް (ޖޭ.އެން.އެސް) އިންޓަނޭޝަނަލް ޕޮލިސީ ސަމިޓުގައެވެ. އިސްރާއީލުގެ ދިގު މުއްދަތުގެ ސަލާމަތީ ތަޞައްވުރާ ބެހޭގޮތުން ވާހަކަދައްކަވަމުން ކޯހެން […]

ފިޔަވަޅުތަކަށްލުއިދީ، އެމެރިކާއިން އީރާނުގެ 12 ބިލިއަން ޑޮލަރު ދޫކޮށްލައިފި

އެމެރިކާއާއި އީރާނާ ދެމެދު އޮތް ގުޅުމަށް ބޮޑު ކުރިއެރުމެއް ލިބިފައި މިވަނީ، ހިފަހައްޓާފައިވާ އީރާނުގެ 12 ބިލިއަން ޑޮލަރުގެ އެސެޓްތައް ދޫކޮށްލުމަށާއި، އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުމަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ލުޔެއް ދިނުމަށް ދެ ގައުމުގެ ދެމެދުގައި އިބްތިދާއީ އެއްބަސްވުމަކަށް އާދެވުމާ ގުޅިގެންނެވެ. މި ކުރިއެރުންތައް އައިސްފައިވަނީ ސުވިޒަލޭންޑުގައި ބޭއްވުނު މަތީ ފަންތީގެ މަޝްވަރާތަކަށް ފަހުގައެވެ. މި ބައްދަލުވުންތަކުގައި ދެ ގައުމުގެ އިސްވެރިން ބައްދަލުކުރެއްވީ މަސްރަހު ފިނިކުރުމަށާއި، ފުޅާ ދާއިރާއެއްގައި އެއްބަސްވުމަކަށް އައުމަށް […]

ޓީޖެޓީ ސަރަހައްދުން ދެ ދުވަހު ތެރޭ 19 ޓަނުގެ ކުނި ނަގައިފި

މާލެ ސިޓީގެ ހުޅަނގު-ދެކުނު ފަރާތު، ޓީޖެޓީ ސަރަހައްދާއި އިންވެގެން އޮތް ބޮޑުތަކުރުފާނު މަގުގެ ސަރަހައްދު ސާފު ކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ. މާލެ ސިޓީ ކައުންސިލުން ބުނީ ޓީޖެޓީ ސަރަހައްދު ސާފު ކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ފެށި މި މަސައްކަތުގެ ދަށުން، އިއްޔެ މެންދުރު ފަހުގެ ނިޔަލަށް 19 ޓަނުގެ ކުނި ވަނީ އެ ސަރަހައްދުންނަގައި އުކާލާފައިވާ ކަމަށެވެ. މާލެ ސިޓީ ކައުންސިލްގެ ވޭސްޓް ސެކްޝަނާއި ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުން އިސްނަގައިގެން […]

އިސްރާއީލުގެ ދެން އޮތް އަމާޒަކީ ތުރުކީ ބާ؟

އިސްރާއީލުގެ ސިޔާސީ އަދި ސަލާމަތީ ދާއިރާތަކުގެ ތެރޭގައި ކުރެވެމުންދާ ބަހުސްތަކަކާއެކު، ތުރުކީއާ މެދު އެގައުމުން ދެކޭ ގޮތް ބަދަލުވަމުން އެބަދެއެވެ. ނުފޫޒުގަދަ ބައެއް ފަރާތްތަކުން މިހާރު އަންކާރާ ސިފަކުރަނީ އީރާނާ އެއްފަދަ، ދުރު މުސްތަގުބަލެއްގައި ކުރިމަތިވެދާނެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައެވެ. މި ބަހުސް އިތުރަށް ހޫނުވެގެން ދިޔައީ، އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް މި އަހަރުގެ ކުރީކޮޅު ”ތުރުކީއަކީ އާ އީރާނު“ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. ބެނެޓް ވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން […]

އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު އިސްރާއީލަށް އިންޒާރު ދެއްވައިފި

އީރާނުގެ ގުދުސް ފޯސްގެ ބާރުގަދަ ކޮމާންޑަރު އިސްމާޢީލް ގާއިނީ، އިޒްރާއިލުގެ އުދްވާން ތަކަށްފަހު ޙިޒްބުالله އާއި ޣައްޒާއާ ޙަވާލާދެއްވައި ޖޫން 19 ގައި ނެރުއްވި ބަޔާނެއްގައި އިސްރާއީލަށް އިންޒާރުދެއްވައިފިއެވެ. ”ޙިޒްބުالله ގެ އަތުގައި ’މިރުޞާދު‘ ޑްރޯނު އެބަހުރި ކަމަށް ބުނުމުން ކަލޭމެން ސަމާލުކަމެއް ނުދީ، މަޅީގައި ބެދުނީއެވެ“ އީރާނުން ފޯރުކޮށްދީފައިވާ ’މިރުޞާދު-1‘ މަރުކާގެ ޑްރޯންތަކަށް އިޝާރާތް ކުރައްވައި ގާއިނީ ވިދާޅުވިއެވެ. މީގެ އިތުރުން ޣައްޒާގައި ”ތޫފާނެއް“ އެބައޮތް ކަމަށް ވިދާޅުވެ އޭނާ އިންޒާރުދެއްވިއެވެ. ”ކަލޭމެންގެ ސިޔާސީ ވެރިން […]

ޔޯގާއިން ހޯދިދާނެ މުހިންމު ފައިދާއެއް

މިއަދު،21 ޖޫން އަކީ ބައިންލް އަގްވާމީ ގޮތުން ފާހަގަކުރާ އިންޓަރނޭޝަނަލް ޔޯގާޑޭ އެވެ.ޔޯގާ، ނުވަތަ ހަށިގަޑު ހަމަޖެހުމަކަށް ގެނެސްދޭ ޚާއްސަ ކަސްރަތު ތަކުން ލިބޭ ވަރަށް ގިނަ ފައިދާތައް ހުރެއެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ”ސްޓްރެސް“ އަދި ”އެންގްޒަޔަޓީ“ އާއި ދުރުކޮށްދޭ، ނޭވާލުމުގެ ޚާއްސަ ގޮތްތަކެކެވެ. ހާސްކަމާއި ކަންބޮޑުވުން ނުވަތަ ”ސްޓްރެސް“ އަދި ”އެންގްޒަޔަޓީ“ އަކީ އަޅުގަނޑުމެން އެންމެންގެވެސް ދިރިއުޅުމުގައި ކުރިމަތިވާ ކަމެކެވެ. ނޭވާލުން ވަކި ގޮތަކަށް ކޮންޓްރޯލް ކޮށްގެން ސްޓްރެސް އަދި އެންގްޒަޔަޓީ މެނޭޖް […]