ޔޯގާއިން ހޯދިދާނެ މުހިންމު ފައިދާއެއް

Loading

Facebook
Twitter
WhatsApp

މިއަދު،21 ޖޫން އަކީ ބައިންލް އަގްވާމީ ގޮތުން ފާހަގަކުރާ އިންޓަރނޭޝަނަލް ޔޯގާޑޭ އެވެ.
ޔޯގާ، ނުވަތަ ހަށިގަޑު ހަމަޖެހުމަކަށް ގެނެސްދޭ ޚާއްސަ ކަސްރަތު ތަކުން ލިބޭ ވަރަށް ގިނަ ފައިދާތައް ހުރެއެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ”ސްޓްރެސް“ އަދި ”އެންގްޒަޔަޓީ“ އާއި ދުރުކޮށްދޭ، ނޭވާލުމުގެ ޚާއްސަ ގޮތްތަކެކެވެ.


ހާސްކަމާއި ކަންބޮޑުވުން ނުވަތަ ”ސްޓްރެސް“ އަދި ”އެންގްޒަޔަޓީ“ އަކީ އަޅުގަނޑުމެން އެންމެންގެވެސް ދިރިއުޅުމުގައި ކުރިމަތިވާ ކަމެކެވެ. ނޭވާލުން ވަކި ގޮތަކަށް ކޮންޓްރޯލް ކޮށްގެން ސްޓްރެސް އަދި އެންގްޒަޔަޓީ މެނޭޖް ކުރެވޭ ފަދަ ހާލަތަކަށް މީހާ ގެންގޮސްދެއެވެ. ކަންބޮޑުވި ނުވަތަ ސްޓްރެސްވާން މެދުވެރިވި ސަބަބަބު ، ޔޯގާ ކަސްރަތު ކޮށްގެން ފިލުވައެއްނުދޭނެއެވެ. ނަމަވެސް އެކަމާއި ކުރިމަތިލާ، ވިސްނުންތެރި ގޮތެއްގައި އެކަމެއް ހައްލުކުރުމަށް މަސައްކަތް ކުރުމުގެ ކުޅަދާނަކަން ހަށިގަނޑަށާއި ސިކުނޑިއަށް ލިއްބާދެއެވެ.
ސްޓްރެސްވާ ކޮންމެ ފަހަރަކު އަޅުގަނޑުމެންނަށް ފުންކޮން ނޭވާލުމަށް އިރުޝާދު ލިބެއެވެ. ނޭވާ ލުމާ ސިކުނޑި ހަމަޖެހުމާއި ހުރީ ކޮން ގުޅުމެއް ހެއްޔެވެ؟
ސްޓްރެސްވުމަކީ ހަމައެކަނި ނަފްސާނީ ތަޖްރިބާއެއް ނޫނެވެ. ސްޓްރެސް ވުމަކީ ނަފްސާނީ ކަމަކަށް ވުމާއި އެއްވަރަށް މުޅި ހަށިގަނޑާއިވެސް ގުޅިފައިވާ ކަމެކެވެ.
ނުރައްކަލެއްގެ ސިގްނަލް ސިކުނޑި އަށް ލިބުމާއި އެކު މުޅި ހަށިގަނޑު ”ރަހުމުކުރުމުގެ“ ހާލަތަކަށް ދާކަމަށް ވެއެވެ. މިގޮތުން ނޭވާކުރުވެ ރަގަޅަށް ނިންމުންތައް ނުނިންމޭފަދަ ހާލަކަށް ހަށިގަނޑު ގެންދަނީ އެވެ. މިއީ ވަރަށް އޮޅުން ބޮޅުން ބޮޑު ހާލަތެކެވެ.
ޔޯގާގެ ބައިތަކުގެ ތެރެއިން ”ޕްރާނަޔާމާ“ ނުވަތަ ނޭވާލުން ކޮންޓްރޯލް ކުރާ ކަސްރަތު ތަކުން މިކަމަށް އެހީތެރި ވެދެއެވެ.
ކޮންޓްރޯލް ކޮށްގެން ލަސްލަހުން ފުންކޮން ނޭވާ އެތެރެޔަށް ދަމާލުމަށްފަހު ހިފަހައްޓާލައި ހަމަ އެހާ މަޑުމަޑުން ބޭރަށް ނޭވާލާން ފެށުމުން، އެމީހަކަށް އެކުރިމަތިވި ނުރައްކަލެއް ފިލައިފި ކަމުގެ ސިގްނަލް ސިކުނޑިއަށް ލިބެއެވެ. ހަގީގަތުގައި މައްސަލަ އޭރުވެސް ފިލާނުދެއެވެ. ނަމަވެސް ނޭވާ ކޮންޓްރޯލް ކުރަން ފެށުމުން މައްސަލަ އެހާބޮޑު ކަމަކަށް ނުވެއެވެ. އަދި ވިސްނުންތެރިކަމާއި އެކު އެކަމަކަށް ނުރިމަތިލުމުގެ ކުޅަދާނަކަން ހަށިގަނޑަށާއި ސިކުނޑިއަށް ލިބެއެވެ. ”ޕެނިކް“ ގެ ހާލަކު ފިލާދެއެވެ.
ތިބާ އެންމެ ފަހުން މިހާލަތަށް ދިޔަ ފަހަރު ހަނދާނަށް ގެންނަވާށެވެ.އެއީ ވަޒީފާގެ އިންޓަރވިއުއަކަށް ދިޔަ ދުވަސްތޯ، އިމްތިހާނަކަށް ދިޔަދުވަސްތޯ، މުހިންމު ޕްރެސެންޓޭޝަން އެއްދޭން ޖެހުނު ދުވަސްތޯ އަދި ނޫނީ މެޑިކަލް ރިޕޯޓަކަށް މަޑުކޮށްގެން ހުރި ދުވަހެއްތޯއެވެ. އަމިއްލަ ނޭވާ އަށް އައި ކުއްލި ބަދަލް ހަނދާނަށް ގެންނަވާށެވެ.ވަގުތުން ނޭވާ ކުރުވެ މީހާހާސްވާ ގޮތް ވިގޮތް ހަނދާން ކުރައްވާށެވެ.
އާދަކޮށް ނޭވާލުން ކޮންޓްރޯލް ކުރާ ކަސްރަތު ކުރާނަމަ ހާސްކަމާއި ދުރުކުރުވާ، މީހާ އަބަދުވެސް ހަމަޖެހިފައި ހުރުމުގެ ފުރުސަތު ފަހި ކޮށްދެއެވެ. ހިމޭނުން ތަނެއްގައި އިނދެ އާދަކޮށް މިކަސްރަތު ގަވާއިދުން ކުރާނަމަ ކުރިން ދެންނެވިފަދަ ”ނުރައްކަލެއް“ ކުރިމަތިވި ނަމަވެސް މީހާ ހާސްވެ ގޮތް ހުސްވާ ހަމަޔަކަށް ނުދާނެ އެވެ.
މިކަސްރަތު ކުރާނީ ކިހިނެއް؟
”ޕްރާނަޔާމާ“ ކަސްރަތު ކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ ހިމޭނުން ތަނެއްގައި އިނދެ، ވަރަށް ލަސްލަހުން ނޭފަތުން ފުންކޮން އެތެރެޔަށް ނޭވާލުމެވެ.އަދި ބޭރަށް ނޭވާލާއިރު ، އެތެރެޔަށް ނޭވާލީވަރަށް ވުރެ ދިކޮށްލަންޖެހޭނެއެވެ.
ދެވަނަ ގޮތަކީ ”ބޮކްސް ބްރީދިންގ“ ކިޔާ ގޮތެވެ. މިގޮތަށް މިކަސްރަތު ކުރާއިރު ނޭވާލުމުގައި ހިޔާލީ ގޮޅިއެއް ކުރަހާނީ އެވެ. މިސާލަކަށް އެތެރެޔަށް ނޭވާލާއިރު ހަތަރަކާ ހަމަޔަށް ގުނާފައި އެއީ ގޮޅީގެ އެއްފަރާތްކަމަށް ބަލައި، ދެން ހަތަރަކާ ހަމަޔަށް ގުނަންދެން ނޭވާ ހިފެހެއްޓުމަށްފަހު އެއީ ގޮޅީގެ ދެވަނަ ސައިޑް ކަމަށް ބަލާނީއެވެ. ދެން ބޭރަށް ނޭވާލާއިރުވެސް ހަތަރަކާހަމަޔަށް ގުނާށެވެ.އެއީ ގޮޅީގެ ތިންވަނަ ސައިޑް އެވެ. އަނެއްކާވެސް ހަތަރަކާ ހަމަޔަށް ގުނަމުން ނޭވާ ހިހައްޓާލާނީ އެވެ.އެއީ ގޮޅީގެ ހަތަރުވަނަ ސައިޑެވެ. މިގޮތަށް ކޮންޓްރޯލް ކޮށްގެން ވަކި ރިދަމް އަކަށް ނޭވާލާން ފެށުމުން ސިކުނޑިން ހާސްކަން ފިލުވާ ހަށިގަނޑަށް ވެސް ހިމޭންކަން ގެނުވާނެއެވެ. މިގޮތަށް މިކަސްރަތު ފަހަރަކު ފަސްވަރަކަށް މިނެޓް ވަންދެން ކުރާށެވެ. އަދި ގުނާ އަދަދުވެސް ގިނަ ދުވަސްވާވަރަކަށް ހަތަރަކުން ފަހަކަށް، ފަހަކުން ހަޔަކަށް މިގޮތަށް އިތުރު ލުރަމުން ގެންދެވިދާނެއެވެ.
މިކަސްރަތުގެ އެންމެ ބޮޑުފައިދާއަކީ ތިމާއަށް ސްޓްރެސް ކުރިމަތިކުރުވި މައްސަލަ އޮތް ގޮތަށް އޮތްނަމަވެސް ތިމާ އެކަމާ ކުރިމަތިލުމަށް ތައްޔާރު ކުރުވުމެވެ. އެހެން ކަމުން އެގްޒޭމް ހޯލް ތަކުގެ ބޭރުގައިވެސް ސްޓޫޑަންޓުން ”ޕްރާނަޔާމާ“ ކަސްރަތު ކުރާތަން ފެންނާނެއެވެ.ކޯޕޮރޭޓް ލީޑަރުންވެސް ހައި ސްޓޭކް ބައްދަލް ވުންތަކަށް ވަނުމުގެ ކުރިން ނޭވާ ކޮންޓްރޯލް ކުރުމުގެ ކަސްރަތު ކުރެއެވެ.މިކަސްރަތުގެ ބޭނުމަކީ ކޮންމެހެން މީހާ ރިލެކްސް ވެގެން ގޮސް ތަނެއްގެ ބީޗެއްގައި އޮންނަ ކަމުގެ އިހުސާސް ގެނައުމެއް ނޫނެވެ. ގޯލް އަކީ މީހާ ސްޓެޑީ، އަމިއްލަ ނަފްސްގެ މައްޗަށް އަމިއްލަ ކޮންޓްރޯލް އޮންނަ މީހަކަށް ވުމެވެ.

ޔޯގާ، ނުވަތަ ހަށިގަޑު ހަމަޖެހުމަކަށް ގެނެސްދޭ ޚާއްސަ ކަސްރަތު ތަކަކީ އެހެން ކަލްޗާ ތަކަކަށް ނިސްބަތްވާ ބަޔަކު ކުރާ ކަމަކަށް ވާތީ އެކަން ކޮންމެހެން ”ހަރާމް“ ކަމަކަށް ހަދައި ޔޯގާ އާއި ދުރުވާކަށް ނުޖެހެއެވެ.
ފުޓްބޯޅަވެސް އެއީ ކަސްރަތެކެވެ.ހަމަ އެހެން ކަލްޗަރުތަކުގެ ހާދަ ބަޔަކު ކުޅޭ ކުޅިވަރެކެވެ.އެކަމަކު ރާއްޖޭގައި އެންމެ މަތީ ވެރިން ފެށިގެން އެންމެންވެސް ފުޓްބޯޅަވެސް އެބަކުޅެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް